ޙުސައިން އިބުނު ޢަލީ
الحسين ابن علي
Native nameالحسين ابن علي
އުފަން ތާރީޚް(625-10-10)10 އޮކްޓޯބަރ 625
(3 Sha'aban AH 4)[1]
Medinah, Hijaz
އަވަހާރަވީ ތާރީޚް10 އޮކްޓޯބަރ 680 (55 އަހަރުގައި)
(10 Muharram AH 61)
Karbala, Umayyad section of Mesopotamia
މަރުވާން މެދުވެރިވި ސަބަބުކަރުބަލާ ހަނގުރާމައިގައި ޝަހީދު ކުރުން
ވަޅުލެވިފައިވަނީHis Shrine at Karbala, Karbala Governorate, Iraq
32°36′59″N 44°1′56.29″E / 32.61639°N 44.0323028°E / 32.61639; 44.0323028
ރެސިޑެންސްMedinah, Hejaz
މަޝްހޫރުވެފައިވަނީbeing a grandson of the Islamic Prophet Muhammad,The Battle of Karbala, Shi‘ite Imam
Title
ދައުރުAC 670–680
ކުރިން(As Shi'ite Imam) Hasan ibn Ali
ފަހުން(As Shi'ite Imam) Ali Zayn al-Abidin
އިދިކޮޅުYazid ibn Muawiyah
އަނބިކަނބަލުންShahr Banu bint Yazdegerd III (last Sassanid Emperor of Persia)
Umme Rubāb
Umme Laylā
Umm Ishaq bint Talhah
ކުދިން[7]
ގާތްތިމާގެ މީހުންFamily tree of Husayn ibn Ali


ޙުސައިން އިބުނު ޢަލީ އިބުނު އަބީ ތާލިބް (10 އޮކްޓޯބަރ 625 - 10 އޮކްޓޯބަރ 680) (3 ޝައުބާން 4 - 10 މުހައްރަމް 61) ނުވަތަ ޙުސައިންގެފާނު  އަކީ މުސްލިމުންގެ ރަސޫލާ މުޙައްމަދުގެފާނުގެ ކާފަދަރިކަލުން އަދި މުސްލިމުންގެ 4 ވަނަ ޚަލީފާ (ޝީއީންގެ ފުރަތަމަ އިމާމް) ޢަލީގެފާނާއި، މުހައްމަދުގެފާނުގެ ދަރިކަލުން ފާތިމަތުގެފާނުގެ ދަރިކަލުންނެވެ. އަހްލް ބައިތު، އަދި އަހްލް ކިސާ ގައި ހިމެނުމުގެ އިތުރުން ޝީއީންގެ 3 ވަނަ އިމާމްކަމުގައި ވުމުން، ޙުސައިންގެފާނަކީ މުސްލިމުންގެ މެދުގައި މުހިއްމު ބޭކަލެކެވެ. 

ޙުސައިންގެފާނު އިމާމަކަށް ކަނޑައެޅުނީ އެކަލޭގެފާނުގެ ބޭބޭފުޅު ޙަސަންގެފާނު މީލާދީން 670 (ހިޖުރައިން 50) ގައި އަވަހާރަވުމުންނެވެ. ކޫފާގައި، ޙުސައިންގެ ފާނަށް ބައިއަތު ހިފެވުނަސް، ބޭބޭފުޅު ޙަސަންގެފާނާއި މުއާވިޔަތު 1 އާ ދެމެދު ވެފައިވާ ސުލްހަނާމާ އަށް އަމަލްކުރުން ލާޒިމްކަމަށާއި، މުއާވިޔަތު އަވަހާރަވަންދެން އެކަން ދެމި އޮންނާނެކަމަށް ޙުސައިންގެފާނު ވިދާޅުވިއެވެ. ނަމަވެސް ފަހުން މުއާވިޔަތުގެ ދަރިކަލުން ޔަޒީދު 1 އަށް ވެރިކަން ހަވާލުކުރުމަށް ޙުސައިންގެފާނު ދެކޮޅު ހެއްދެވިއެވެ. އަދި އެ ކަމަކީ ޙަސަންގެފާނާއި މުއާވިޔަތުގެ ސުލްހަނާމާއާ ޚިލާފުވުން ކަމުގައި ދެކެވަޑައިގަތެވެ. 

މީލާދީން 680 ގައި މުއާވިޔަތު އަވަހާރަވުމުން އޭނާގެ ދަރިކަލުން ޔަޒީދަށް އުމަވީ ދައުލަތުގެ ވެރިކަން ނަގުލުކުރުމުން ޔަޒީދަށް ބައިއަތު ހިފުމަށް ޙުސައިންގެފާނު އިންކާރު ކުރެއްވިއެވެ. އަދި ޙުސައިންގެފާނު ދެކެވަޑައިގަތީ ވެރިކަން ނަގުލުވާން ވާނީ މުޙައްމަދުގެފާނުގެ ދަރިކޮޅުން ކަމުގައިވާތީ، ވެރިކަން ވާރުތަވާނީ އެކަލޭގެފާނަށް ކަމުގައެވެ. އެހެންކަމުން، ހިޖުރައިން 60 ވަނަ އަހަރު އެކަލޭގެފާނުގެ އަމިއްލަ ވަޒަން، މަދީނާ، ދޫކުރައްވައި މައްކާއަށް ހިޖުރަ ކުރެއްވިއެވެ. މައްކާގައި ހުންނަވަނިކޮށް ކޫފާގެ އަހުލުވެރިން އެކަލޭގެފާނަށް ބައިއަތު ހިފައި ސިޓީއެއް ފޮނުއްވުމުން އެކަލޭގެފާނު ކޫފާއަށް ދަތުރުކުރެއްވުމަށް ފުރާވަޑައިގަތެވެ. ދަތުރުކުރައްވަމުން ދަނިކޮށް ކޫފާއާ ކައިރީގައިވާ ކަރުބަލާ އެވެ ކިޔުނު ހިސާބުން ޔަޒީދުގެ ސިފައިން އެކަލޭގެފާނުގެ ގާފިލާ ހުއްޓުވިއެވެ. އަދި 10 އޮކްޓޯބަރ 680 (10 މުޙައްރަމް 61) ގައި އެ މައިދާނުގައި ކުރެވުނު ކަރުބަލާ ހަނގުރާމައިގައި ޙުސައިންގެފާނު ޝަހީދުކޮށް ބޮލާއި ކަނދުރާ ވަކިކުރިއެވެ. އެކަލޭގެފާނު ޝަހީދުކުރީ ޝިމްރު ބުނު ޒިލްޖޫޝާނެވެ. މި ހަނގުރާމައިގައި އެކަލޭގެފާނުގެ އާއިލާގެ ގިނަ ބަޔަކާއި އެކަލޭގެފާނުގެ އަސްހާބުން ޝަހީދުކުރެވުނެވެ. ޙުސައިންގެފާނު ޝަހީދުކުރުމާ ދެކޮޅުވެރިވެ ފާޅުކުރި ރުޅިވެރިކަން ވެގެންދިޔައީ އުމަވީ ދައުލަތުގެ އިތުބާރު ގެއްލި އެންމެ ފަހުން އުމަވީންގެ ވެރިކަން ނިމުމަކަށް ގެނުވި ސަބަބަށެވެ. އުމަވީންގެ ވެރިކަން ބަދަލުކޮށްލީ އައްބާސީންނެވެ. 


ޙުސައިންގެފާނު ޝީއީ މުސްލިމުންގެ މެދުގައި ނަންހިނގާފައި ވަނީ އުމަވީ ހަލީފާ ޔަޒީދަށް ބެހެއްޓި ދެކޮޅުވެރިކަމުގެ ސަބަބުންނެވެ. އެކަލޭގެފާނު ދެކެވަޑައިގައތީ އުމަވީ ދައުލަތް އިންސާފުން އެއްކިބާވެއްޖެ ކަމުގައެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ ދަރިންނާއި، އަސްހާބުން ޝަހީދުކުރިކަމުގެ ހަނދާނުގައި ކޮންމެ އަހަރެއްގެ މުޙައްރަމް މަސް ފާހަގަ ކުރެއެވެ. އެކަލޭގެފާނު ޝަހީދުކުރި ދުވަސް (10 މުޙައްރަމް، އާޝޫރާދުވަސް) ހިތާމައިގެ ދުވަހުގެ ގޮތުގައި ޝީއީން ފާހަގަ ކުރެތެވެ. އަދި ކަރުބަލާގައި އެކަލޭގެފާނު ދެއްކެވި ސާބިތުކަން އެއީ ޝީއީ ހަރަކާތަށް ލެވުނު ބާރެކެވެ. 

ޙުސައިންގެފާނުގެ މަންމާފުޅަކީ ފާތިމަތުގެފާނެވެ. މައިފުށުގެ ކާފާފުޅަކީ މުޙައްމަދުގެފާނެވެ. އަދި މާމާފުޅަކީ ޚަދީޖަތުގެފާނެވެ. ބަފާފުށުގެ ކާފަ އަކީ އަބޫ ތާލިބެވެ. މާމައަކީ ފާތިމާ ބިންތް އަސަދެވެ. ޙުސައިންގެފާނާއި ހަސަންގެގެ ފާނަކީ މުޙައްމަދުގެފާނުގެ އުފަންދަރިން ފަދައިން ލޯބިފުޅުވެވަޑައިގެން ގެންގުޅުއްވި ދެ ދަރިންނެވެ. އަދި ރަސޫލާ ހަދީސްކުރެއްވި އެވެ. "ކޮންމެ މައެއްގެ ދަރިންގެ ނަސަބު ގުޅިފައިވަނީ އެ ދަރިންގެ ބަފައިންނާ އެވެ. ފާތިމަތުގެފާނުގެ ދަރިން ފިޔަވައެވެ. އެކުދިންގެ ބަފައިކަލުންނަކީ އަހުރެނެވެ. އަދި ނަސަބު ގުޅެނީ އަހުރެންނާއި އެވެ." އެހެންކަމުން ފާތިމަތުގެފާނުގެ ދަރިންނަކީ އެކަލޭގެފާނުގެ ދަރިންނެވެ. އަހުލު ބައިތުން ނެވެ.

  • ޢަލީ ޒައިނުލްޢާބިދީން (ހ. 36)، ސަކީނާ (ހ. 38)، (މަންމަ: ޝަހްރްބާނޫ) 
  • ޢަލީ އަލްއަކްބަރު (ހ. 42)، ފަތިމާ އައްސުޣަރާ (ހ. 45)، (މަންމަ: ލައިލާ) 
  • ސުކައިނާ (ހ. 56)، ޢަލީ އަލްއަސްގަރް (ހ. 60)، (މަންމަ: ރުބާބް) 

އުފަންވެވަޑައިގަތުމާއި ޅަފަތުގެ ދައުރު

އުނިއިތުރު ގެންނަވާ
ޙުސައިންގެފާނުގެ ޒިޔާރަތުގެ މައި ދޮރޯށި. ކަރުބަލާ، އިރާޤް.
1300 އަހަރު ކުރިން ޙުސައިންގެފާނު ލިޔުއްވި މުސްހަފެއް

ޙުސައިންގެފާނު އުފަންވެވަޑައިގަތީ 10 އޮކްޓޯބަރ 625 (3 ޝައުބާން 4) ގައެވެ. ޙުސައިންގެފާއި ޙަސަންގެފާނަކީ ކީރިތި ރަސޫލާގެ އާއިލާގެ ތެރެއިން ރަސޫލާގެ ހަޔާތްޕުޅުގައި އަދި ސުވަރުގެ ވަޑައިގަތުމަށް ފަހުވެސް ދިރިތިއްބެވި ބޭފުޅުންނެވެ. މި ދެބޭފުޅުންދެކެ މުޙައްމަދުގެފާނު ލޯބިފުޅުވެވަޑައިގެން މިންވަރު އަންގައިދޭ އެތައް ވާހަކަތަކެއް ބަޔާންވެގެން ވެއެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "ތިމަންކަލޭގެފާނާއި، މި ދެބެއިންނާއި، މި ދެބެންގެ ބައްޕާފުޅާއި މަންމާފުޅުދެކެ ލޯބިވީހާ ބަޔަކު ގިިޔާމަތް ދުވަހުން ވާހުށީ ތިމަންކަލޭގެފާނާ އެކީގައެވެ." މީގެ އިތުރުން މުޙައްމަދުގެފާނުގެ ކާފަދަރިން ތުއްޕުޅު އިރު އެކަލޭގެފާނުގެ ކަކޫފުޅުމައްޗަށާއި، ކޮނޑުފުޅު މައްޗަށް، އަދި ސަޖިދަ ކުރައްވާއިރު ބުރިކަށިފުޅު މައްޗަށް އަރުއްވާ ކަމަށް ރިވާވެގެން ވެއެވެ. 

މުބާހަލާ ހާދިސާ

އުނިއިތުރު ގެންނަވާ

ސަލާމްލެއްވި އީސާގެފާނާ މެދު މުސްލިމުން ގަބޫލުކުރާ ގޮތާއި ސަލީބީންގެ މެދުގައި ގަބޫލުކުރެވޭ ގޮތް ތަފާތު ވުމުގެ ސަބަބުން، އެކަމާ މަޝްވަރާކުރުމަށް ނަޖްރާންގެ ގާފިލާއެއް ހިޖުރައިން 10 ވަނަ އަހަރު (މ 631/632) ގައި މުޙައްމަދުގެފާނުގެ އަރިހަށް އައެވެ. އަދި މުޙައްމަދުގެފާނުގެ ރިވާ އެމީހުން ގަބޫލެއް ނުކުރިއެވެ. އަދި ކިއެއްތަ، އެމީހުން ގަބޫލުކުރީ އެމީހުންގެ މެދުގައި ކިޔެމުން އަންނަ އީސާއީ ސިޔަރަތު ތެދު ކަމުގައެވެ. އެހެންކަމުން މި ކަމުގައި ﷲ ގެ ވަހީ ބަސްފުޅުގައި ވާ ފަދައިން، މުޙައްމަދުގެފާނު އިރުޝާދު ދެއްވީ، ދެބައިމީހުންގެ ރިވާގެ ތެރެއިން ކުށް ރިވާއެއް ގަބޫލުކުރާ ބަޔަކާއި އެބައެއްގެ އާއިލާގެ މައްޗަށް މާތްރަސްކަލާނގެ ލައުނަތް އެދި ދުއާއެއް ކުރެއްވުމަށެވެ. 

"ފަހެ، ކަލޭގެފާނަށް علم ގެ ތެރެއިން (عيسى ގެފާނާމެދު) އައި އެއްޗެއްގެ ފަހުން، އެކަލޭގެފާނާ މެދުގައި ކަލޭގެފާނާ ޖަދަލުކުރި (نصارى އިންގެ) މީހުންނަށް ވިދާޅުވާށެވެ! އަހަރެމެންގެ ދަރިންނަށާއި، ތިޔަބައިމީހުންގެ ދަރިންނަށް އަދި، އަހަރެމެންގެ އަންހެނުންނަށާއި، ތިޔަބައިމީހުންގެ އަންހެނުންނަށް އަދި، އަހަރެމެންގެ އަމިއްލަ نفس ތަކަށާއި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް، އަހަރެމެން ގޮވައި އެއްކުރަމާ އަންނާށެެވެ! ދެން، ދޮގުވެރިންގެ މައްޗަށް اللَّه ގެ لعنة ލެއްވުމަށްއެދި، އަހަރެމެން دعاء ކޮށް ابتهال ކުރާނީއެވެ." (3:61) 

އިސްލާމީ ތާރީހް އިލްމުވރިން ބަޔާންކުރާ ގޮތުގައި ރަސޫލާގެ ދުއާފުޅުގައި ހިމެނިގެން ވަނީ އެކަލޭގެފާނާއި، ފާތިމަތުގެފާނާއި، ޙަސަންގެފާނާއި، ޙުސައިންގެފާނެވެ. 


ޙުސައިންގެފާނު ޝަހީދުކުރުން

އުނިއިތުރު ގެންނަވާ

ތަފްސީލު: ކަރުބަލާ ހަނގުރާމަ

ޙުސައިންގެފާނު ޝަހީދުވި ހާދިސާ ދައްކައިދޭ ކުރެހުމެއް. މެދުގައި ހުދު އަހެއްގައި އައްބާސް ބުން ޢަލީ
ކޫފާއަށް ކުރެއްވި ދަތުރުގައި ޙުސައިންގެފާނުގެ ގާފިލާ ކޫފާއާ ދެދުވަހުގެ މުއްދަތަށް ކައިރި ވެފައި ވަނިކޮށް އުބައިދުﷲ ބިން ޒިޔާދުގެ ލަޝްކަރާ ބައްދަލް ވިއެވެ. މި ލަޝްކަރާ މުހާތަބު ކުރައްވައި ޙުސައިންގެފާނު ކޫފާއަށް ވަޑައިގަންނަވަނީ ކޫފާގެ ރައްޔިތުންގެ ދައުވަތަށް ކަމުގައި ދަންނަވައި، ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅު ވަނީ ލަޝްކަރުގެ އެހީއާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި އެމީހުން ޙުސައިންގެފާނަށް ތާއިދުކުރެތޯ ސުވާލުކުރިއެވެ.ނަމަވެސް އެ ލަޝްކަރު އެކަލޭގެފާނަށް ތާއިދުނުކުރާކަމުގައި ޖަވާބު ދިނެވެ. އެހެންކަމުން އެހިސާބުން މަދީނާއަށް އެނބުރި ދިއުމަށް ޙުސައިންގެފާނު ހިޔާލު ކުރެއްވި އެވެ. ނަމަވެސް ޙުސައިންގެފާނު އެނބުރި މަދީނާއަށް ދިއުމަށް އެ ހުރަސްއަޅައި އެބިމުގައި މަޑުކޮށްގެން ތިބުމަށް އަމުރުކުރިއެވެ. އަދި ފެން ލިބޭނެ މަގު ބަންދު ކުރިއެވެ. 

ލަޝްކަރުގެ ވެރިޔާ އުމަރު އިބްނު ސައުދު، ކޫފާގެ ގަވަރުނަރު ޒިޔާދުގެ ލަފާގެ މަތިން ޙުސައިންގެފާނަށް ހުށަހެޅުއްވީ އުމަވީ ހަލީފާ ޔަޒީދަށް ބައިއަތު ހިފުމަށެވެ. މިކަމާ އެކަލޭގެފާނު އެއްބަސްވެވަޑައި ނުގަތުމުން ހަނގުރާމަ އިއުލާނު ކުރިއެވެ. 

ކަރުބަލާ ހަނގުރާމަ ކުރެވުނީ ހިޖުރައިން 61 ވަނަ އަހަރުގެ މުހައްރަމް މަހުގެ 10 ވަނަ ދުވަހު (10 އޮކްޓޯބަރ 680 މ.) ކަރުބަލާ (މިހާރުގެ އިރާގް) ގައެވެ. ހަނގުރާމަ ކުރެވުނީ ޙުސައިންގެފާނުގެ ތިމާގެ މީހުން އަދި ތަބާވީ މީހުންނާ ދެކޮޅަށެވެ. ހަނގުރާމައިގެ އަނެއް ކޮޅަކީ އުމަވީ ދައުލަތުގެ ޔަޒީދުގެ ލަޝްކަރެވެ. ޙުސައިންގެފާނާއި އާއިލާގެ އަދި ތަބާވީ ވަރަށް ގިނަ ބަޔަކު މި ހަނގުރާމައިގައި ޝަހީދު ވިއެވެ. މި ހަނގުރާމައިގައި ޝަހީދުވި ހާޝިމް ވަންހައިގެ ބޭފުޅުންނަކީ، ޢަލީގެފާނުގެ ދަރީންނާއި، ޙަސަންގެފާނުގެ ދަރިންނާއި، ޙުސައިންގެފާނުގެ ދަރިންނާއި، ޢަބްދުﷲ ބުން ޖައުފަރުގެ ދަރިންނާއި، އަގީލް ބުނު އަބޫ ތާލިބްގެ ދަރިންނާއި މުސްލިމް ބުން އަގީލްގެ ދަރިންނެވެ. ޙުސައިންގެފާނާ އެކު ހާޝިމް ވަންހައިން ޖުމުލަ 72 ބޭފުޅުން ހަނގުރާމައިގައި ޝަހީދު ކުރެވުނެވެ.

ޝަހީދުކުރުމަށް ފަހު

އުނިއިތުރު ގެންނަވާ

ޙުސައިންގެފާނާއި ލަޝްކަރުގެ ސިފައިން ޝަހީދުކުރުމަށް ފަހު، ފޭލިގެތައް ލޫޓުވައި، އަންހެނުންގެ ގަހަނާތައް އަތުލިއެވެ. އަދި ޢަލީ ޒައިނުލް އާބިދީން އާލާސްކަންފުޅާ އޮންނެވި ފޭލިގެ ހަލާކުކޮށްލައި އެކަލޭގެފާނު ޝަހީދުކުރުމަށް އުޅުނެވެ. ނަމަވެސް އެކަލޭގެފާނުގެ ބޮޑުދައިތާ ޒައިނަބްގެފާނުގެ އާދޭހަށް އެކަލޭގެފާނު ޝަހީދުނުކޮށް ދޫކޮށްލީކަމުގައި ބުނެވެއެވެ. އަދި ހުސައިންގެފާނުގެ އާއިލާގެ ދިރިތިބިހާ ބަޔަކު ރަހީނުކޮށް، ޔަޒީދާ ބައްދަލްކުރުމަށް ދިމިސްޤަށް ގެންދިޔައެވެ. ރަހީނުން ދޫކޮށްލީ އަހަރަކަށް ވުރެ ގިނަ ދުވަހު ހައްޔަރުކޮށްފައި ބޭތިބުމަށް ފަހު އެވެ.

ފަސްދާނުލުން 

އުނިއިތުރު ގެންނަވާ

އާޝޫރާ ދުވަހުގެ މެންދުރު ފަހު، އިބްނު ސައާދު، ޙުސައިންގެފާނުގެ އިސްތަށިފުޅު އިބްން ޒިޔާދަށް ފޮނުވިއެވެ. އިބްނު ސައާދުގެ ލަޝްކަރު ކަރުބަލާއިން އެނބުރި ދިއުމުން، ބަނޫ އަސްއަދު ގަބީލާގެ މީހުން އައިސް މަރުވެފައިވާ މީހުންތައް ވަޅުލިއެވެ. ޙުސައިންގެފާނު ފިޔަވާ އެއްވެސް މީހެއްގެ މަހާނަ ފާހަގަ ވާނެ ގޮތެއް ނަހަދައެވެ. ޙުސައިންގެފާނުގެ މަހާނައިގައި ގަހެއް އިންދާފައި ހުއްޓެވެ. އޭގެ ފަހުން ޙުސައިންގެފާނުގެ ދަރިކަލުން ޢަލީ ކަރުބަލާއަށް ގޮސް ޙުސައިންގެފާނުގެ މަހާނަ ފާހަގަކުރިއެވެ.

ބުނެވޭގޮތުގައި ޙުސައިންގެ އިސްތަށިފުޅު ދިމިސްޤުން ފަހުން ގެނެސް އެކަލޭގެފާނުގެ ހަށިގަނޑު ފަސްދާނުލެވިފައިވާ މަހާނައިގައި އަލުން ފަސްދާނުލީއެވެ. ނަމަވެސް އެކަލޭގެފާނުގެ އިސްތަށިފުޅު ފަސްދާނުލެވިފައިވާ ތަނަކާމެދު ހިލާފު އުފެދިފައި ވެއެވެ. ބައެއް ރިވާގައި ވާގޮތުން އެކަލޭގެފާނުގެ އިސްތަށިފުޅު ފުރަތަމަ ފަސްދާނުލެވުނީ ދިނިސްޤުގެ އުމައްޔަދު މިސްކިތު ފާރެއްގެ ތެރޭގައެވެ. އަދި މި ތަނަށް ގިނަ ބަޔަކު ޒިޔާރަތް ކުރާތީ އައްބާސީ ހަލީފާ މުޤްތަދިރު ބިﷲ ގެ ޒަމާނުގައި މި އިސްތަށިފުޅު ސިއްރުން އަޝްގަލަން (މިހާރުގެ އިޒްރޭލުގެ ސަރަހައްދެއް) އަށް ގެންގޮސް ފަސްދާނުލެވުނެވެ. އޭގެ ފަހުން ފާތިމީ ހިލާފަތުގައި، އަބްދުލް މާޖިދުގެ ހަލީފާކަމުަގއި ހ. 8 ޖުމާދުއްސާނީ 548 (މ. 30 އޮގަސްޓް 1153) ގައި މި އިސްތަށިފުޅު މިސްރުގެ ގާހިރާއަށް ގެނެސް އަލުން ފަސްދާނުލެވުނު ކަމުގައި ވެސް ބުނެއެވެ. 

ފައިލު:Place of head Imam Husain Yezid mosque,Damascus.JPG
ފައިލު:Cave of Patriarchs mimbar.jpg

ޢަރަބިބަހުން: الأخـدود

ޢަރަބިބަހުން: الأخـدود

  1. Shabbar, S.M.R. (1997). Story of the Holy Ka’aba (Media notes). Muhammadi Trust of Great Britain. Retrieved 23 May 2017.
  2. Nakash, Yitzhak (1 January 1993). "An Attempt To Trace the Origin of the Rituals of Āshurā¸". Die Welt des Islams. 33 (2): 161–181. doi:10.1163/157006093X00063. Retrieved 19 July 2016.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 al-Qarashi, Baqir Shareef (2007). The life of Imam Husain (Media notes). Qum: Ansariyan Publications. p. 58.
  4. Tirmidhi, Vol. II, p. 221 ; تاريخ الخلفاء، ص189 [History of the Caliphs]
  5. A Brief History of The Fourteen Infallibles (Media notes). Qum: Ansariyan Publications. 2004. p. 95.
  6. Kitab al-Irshad (Media notes). p. 198.
  7. S. Manzoor Rizvi. The Sunshine Book. books.google.com (Media notes). ISBN 1312600942.