ޙަސަން ޢުގައިލް

ޕީއެޗްޑީ ހައްދަވާފައިވާ ފުރަތަމަ ދިވެހި

ޑރ ޙަސަން ޢުގައިލް އަކީ ހިސާބު ޢިލްމުގެ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އުގައިލް އަކީ ހިސާބުން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ދިވެހި ބޭފުޅާ އެވެ.އަދި ފުރަތަމަ ދިވެހި ޕްރޮފެސަރު ވެސް މެއެވެ. އޭނާ އަކީ އިގިރޭސި ވިލާތުގެ ބްރެޑްފޯރޑް ޔުނިވަސިޓީގެ ސްކޫލް އޮފް އިންފޯމެޓިކްސް ގައި މަސައްކަތްކުރައްވާ ހިސާބު ޢިލްމު ވެރިއެއްގެ އިތުރުން ކޮމްޕިއުޓަރ ސައިންޓިސްޓެކެވެ. 2010 ވަނަ އަހަރު ހަސަން އުގައިލް އަކީ އިގިރޭސި ވިލާތުގެ ބްރެޑްފޯރޑް ޔުނިވަސިޓީގައި މަސައްކަތް ކުރެއްވި އެންމެ ހަނގު ޕްރޮފެސަރު އެވެ. (އުމުރުން 39 އަހަރުގައި)

ޙަޔާތުގެ ކުރީކޮޅު

އުނިއިތުރު ގެންނަވާ

ޑރ ޙަސަން ޢުގައިލް އުފަންވެ ވަޑައިގަތީ އައްޑު އަތޮޅު ހިތަދޫ އަށެވެ. ފަށާ ތައުލީމީ މަރުޙަލާގައި ތަޢުލީމް ޙާޞިލްކޮށްފައިވަނީ ހިތަދޫ ނޫރާނީ ސުކޫލުންނެވެ. 1987 ވަނަ އަހަރު މާލެ ވަޑައިގަތް އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސުކޫލުން ސާނަވީ ތަޢުލީމް ޙާޞިލް ކުރެއްވި އެވެ. އެއަށްފަހު ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން އިން މަތީ ސާނަވީ ތަޢުލީމު އުގުނިފައި ވެއެވެ. 1992 ވަނަ އަހަރު ބްރިޓިޝް ކައުންސިލް އިން ދެއްވި ސްކޮލަރޝިޕެއްގައި އިގިރޭސި ވިލާތަށް ކިޔަވަން ދިއުމުގެ ފުރުޞަތު ޑރ ޙަސަން ޢުގައިލް ލިބުނެވެ. ޑރ ޙަސަން ޢުގައިލް މިހާރު ދިރިއުޅުއްވަނީ އަނބިކަނބަލުން އާމިނަތު މުނާ އަދި ދެދަރިން ނޫޙު ޢުގައިލް އަދި ނީނާ ޢުގައިލް އާއެކު އިގިރޭސި ވިލާތުގައެވެ.

ތަޢުލީމީ ދައުރު

އުނިއިތުރު ގެންނަވާ

1995 ވަނަ އަހަރު ޑރ ޙަސަން ޢުގައިލް ހިސާބުން އެންމެ މަތީ ދަރަޖައިގައި ފާސްވެ، ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވިއެވެ. 1996 ވަނަ އަހަރު ޕޯސްޓް ގްރެޖުއޭޓް ސަރޓިފިކޭޓް އިން އެޑިޔުކޭޝަން ޙާޞިލް ކުރެއްވި އެވެ. މި ދެ ސެޓްފިކެޓް ވެސް ޙާޞިލްކޮށްފައިވަނީ ލަންޑަންގެ ކިންގްސް ކޮލެޖު އިންނެވެ. 2000 ވަނަ އަހަރު ލީޑްސް ޔުނިވަސިޓީގެ ޑިޕާޓްމަންޓް އޮފް އެޕްލައިޑް މެތެމެޓިކްސްގައި ޖިއޮމެޓްރިކް ޑިޒައިން އިން ޕީއެޗްޑީ ޙާޞިލްކުރެއްވި އެވެ. އެއަށްފަހު ސެޕްޓެމްބަރު 2002 އާއި ހަމައަށް ލީޑްސް ޔުނިވަސިޓީގައި ޕޯސްޓް ޑޮކްޓަރަލް ރިސާރޗް ފެލޯ އެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. 2002 ވަނަ އަހަރު ގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރެޑްފޯރޑް ޔުނިވަސިޓީގެ ސުކޫލް އޮފް އިންފޯމެޓިކްސް އާއި ލެކްޗަރަރ އެއްގެ ހައިސިއްޔަތުން ގުޅިލެއްވި އެވެ. 2005 ގައި އެތާގެ ސީނިއަރ ލެކްޗަރަރ އަކަށް ބަދަލު ކުރެވުނެވެ. މިހާރު ޑރ ޙަސަން ޢުގައިލް އަކީ ޑިސްޓްރިބިއުޓެޑް ވާރޗުއަލް އެންވައިރޮމަންޓްސް ރިސާރޗްގެ އެންމެ އިސް މީހެއްގެ ގޮތުން މަަސައްކަތްކުރައްވާ ފަރާތެވެ.

އިގިރޭސި ވިލާތަށް ވަޑައިގަތީ 1992 ވަނަ އަހަރު ބްރިޓިޝް ކައުންސިލް އިން ދެއްވި ސްކޮލަރޝިޕެއްގައެވެ. އިގިރޭސި ވިލާތުގެ ކިންގްސް ކޮލެޖްގައި ފުރަތަމަ ޑިގްރީ ޙާޞިލްކުރުމަށްފަހު ހެއްދެވި ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ކޯހުން ހޯދި ފުރިހަމަ ނަތީޖާގެ ސަބަބުން އަނެއްކާވެސް އިތުރު ސްކޮލަރޝިޕެއް ލިބިވަޑައިގަތެވެ. އެއީ އިގިރޭސި ވިލާތުގައި ބޭރުކުދިންގެ ތެރެއިން އެންމެ މޮޅު 40 ކުދިންގެ ތެރޭގައި ހިމެނިގެންނެވެ. އެއަށްފަހު ލީޑްސް ޔުނިވަސިޓީގައި ޕީއެޗްޑީ ހެއްދެވިއރު ވެސް އުގައިލް ވިދާލި އެވެ. އޭގެ ސަބަބުން ޕީއެޗްޑީ ނިމުމާއެކު ލީޑްސް ޔުނިވަސިޓީ އިން އޭނާގެ ޕީއެޗްޑީ ސްޕަވައިޒަރު މެދުވެރިވެގެން ވަޒީފާލިބުނެވެ. އޭނާއާއެކު 3 އަހަރު މަސައްކަތް ކުރެއްވި އެވެ.

  • 1986 : ފަށާ އަދި މެދުމަދަރުސީ ތަޢުލީމް - ނޫރާނީ ސްކޫލް - ސ.ހިތަދޫ - ދިވެހިރާއްޖެ
  • 1987 - 1990 : ސާނަވީ ތަޢުލީމް - އީޕީއެސް - މާލެ - ދިވެހިރާއްޖެ
  • 1990 - 1992 : އެސްއެސްސީ - މާލެ - ދިވެހިރާއްޖެ
  • 1992 - 1995 : ބެޗްލާރސް ޑިގްރީ - ކިންގްސް ކޮލެޖް - ލަންޑަން - އިގިރޭސި ވިލާތް
  • 1996 : ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް - ކިންގްސް ކޮލެޖް - ލަންޑަން - އިގިރޭސި ވިލާތް
  • 2000 : ޕީއެޗްޑީ - ޖިއޮމެޓްރިކް ޑިޒައިން - ޑިޕާޓްމަންޓް އޮފް އެޕްލައިޑް މެތެމެޓިކްސް - ލީޑްސް ޔުނިވަސިޓީ
  • 2010 : އެކްސެލެންސް އިން ނޮލެޖް ޓްރާންސްފަރ އެވޯޑް - ބްރެޑްފޯރޑް ޔުނިވަސިޓީ - އިގިރޭސި ވިލާތް

ޢުގައިލްގެ މަސައްކަތް

އުނިއިތުރު ގެންނަވާ

ޑރ ޙަސަން ޢުގައިލް ރިސާރޗްތަކުގައި ޝައުގުވެރިކަން ދެއްވާފައިވަނީ ޖިއޮމެޓްރިކް ޑިޒައިން، ކޮމްޕިއުޓަރ ބޭސްޑް ފިޒިކަލް އެނަލިސިސް އެންޑް އޮޕްޓިމައިސޭޝަން ފަދަ ދާއިރާތަކަށެވެ. ޖިއޮމެޓްރިކް ޑިޒައިންގެ ތެރޭގައި ހިމެނޭ ޕާޝަލް ޑިފެރެންޝަލް އީކްއޭޝަން މެތޮޑް ލީޑްސް ޔުނިވަސިޓީގައި ޑރ ޙަސަން ޢުގައިލް ވަނީ ޑިވެލޮޕް ކޮށްފައެވެ. މީގެ އިތުރުން ބައިހާރމޮނިލް ބޭޒިއަރ ސާރފޭސް ފޯރ ބައުންޑަރީ ބޭސްޑް ސްމޫތް ސާރފޭސް ޑިޒައިން ވެސް ޑރ ޙަސަން ޢުގައިލް ވަނީ ޑިވެލޮޕްކޮށްފައެވެ. ޑރ ޙަސަން ޢުގައިލް އިންޖިނޭރިންގ ފިޒިކަލް ސައިންސް ރިސާރޗް ކައުންސިލްގެ މެންބަރެއް ވެސް މެއެވެ. މިހާރު ވެސް ޑރ ޙަސަން ޢުގައިލް ގެންދަވަނީ ތަފާތު ރިސާރޗްތައް ހައްދަވައި ތަފާތު މީހުންގެ ޕީއެޗްޑީ ތީސެސިސް ތައް ބަލަހައްޓަވަމުންނެވެ.

  • 2000 - ސެޕްޓެމްބަރު2002 : ޕޯސްޓް ޑޮކްޓޯރަލް ރިސާރޗް ފެލޯ - ލީޑްސް ޔުނިވަސިޓީ - އިގިރޭސި ވިލާތް
  • ސެޕްޓެމްބަރު 2002 : ލެކްޗަރަރ - ސުކޫލް އޮފް އިންފޯމެޓިކްސް - ބްރެޑްފޯރޑް ޔުނިވަސޓީ - އިގިރޭސި ވިލާތް
  • 2002 : ސީނިއަރ ލެކްޗަރަރ - ސުކޫލް އޮފް އިންފޯމެޓިކްސް - ބްރެޑްފޯރޑް ޔުނިވަސޓީ - އިގިރޭސި ވިލާތް
  • 2009 : ޕްރޮފެސަރ - ސުކޫލް އޮފް އިންފޯމެޓިކްސް - ބްރެޑްފޯރޑް ޔުނިވަސޓީ - އިގިރޭސި ވިލާތް
  • 2010 : ރިސާރޗް ޕްރޮފެސަރ - ސުކޫލް އޮފް އިންފޯމެޓިކްސް - ބްރެޑްފޯރޑް ޔުނިވަސޓީ - އިގިރޭސި ވިލާތް

ޙިއްޞާވާ ބައެއް މަޝްރޫޢުތައް

އުނިއިތުރު ގެންނަވާ
  • ސަރަހައްދީ އިން ބެލެހެއްޓުމަށް އެހީވެދޭނެ ލައި ޑިޓެކްޝަން ޓެކްނޮލޮޖީ އިގިރޭސި ސަރުކާރަށް އީޖާދުކޮށްދެއްވުން
  • ދޮގުހަދާ ވަގުތު މީހާގެ ލޯކައިރީގެ ފިނިހޫނުމިނަށް 0.15 ޑިގްރީގެ ބަދަލެއް އަންނަކަން ހޯއްދެވުން
  • އެމެރިކާގެ ޖައްވީ އިދާރާ ނާސާގައި މަސައްކަތްކުރެއްވުން
  • ޖައްވީ މިޝަންތައް ރޭވުމަށާއި ނުރައްކާތެރި ދޯދިތަކުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އެހީވެދޭނެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރެއްވުން
  • ސިންގަޕޫރުގައި ވާޗުއަލް މާހައުލެއް ބިނާކުރެއްވުމަށް އެގައުމުން ހިންގާ 1 ބިލިޔަން ޑޮލަރުގެ ކޯ-ސްޕޭސް މަޝްރޫޢުގައި ބައިވެރިވެލެއްވުން
  • ގޭމް ކޮޕީކުރުމުގެ ސަބަބުން ގޭމް އުފައްދާ ފަރާތްތަކަށް ލިބިދާނެ ގެއްލުން ހޯދައިދޭ ޓެކްނޮލޮޖީއެއް ހޯއްދެވުމުގެ މަސައްކަތްކުރެއްވުން
  • އެކުއަޕޯނިކްސް ޕްރޮޖެކްޓެއް އަދި މުރަކައިގެ ދިރާސާތަކެއް ދިވެހިރާއްޖޭގައި ކުރެއްވުން
  • ސައިންސް އަކީ ކޮންއެއްޗެއްކަން އޮޅުންފިލުވައިދިނުމަށް ރޭޑިޔޯ/ޓީވީ ޕްރޮގްރާމްތަކެއް ގެނެސްދިނުން
  • ޖިއޮމެޓްރިކް ޑިޒައިންގެ ތެރޭގައި ހިމެނޭ ޕާޝަލް ޑިފެރެންޝަލް އީކްއޭޝަން މެތޮޑް ލީޑްސް ޔުނިވަސިޓީގައި ޑިވެލޮޕްކުރެއްވުން
  • ބައިހާރމޮނިލް ބޭޒިއަރ ސާރފޭސް ފޯރ ބައުންޑަރީ ބޭސްޑް ސްމޫތް ސާރފޭސް ޑިޒައިން ޑިވެލޮޕްކުރެއްވުން

ޢުގައިލް ތަގްރީރުކުރައްވާފައިވާ ބައްދަލުވުންތައް

އުނިއިތުރު ގެންނަވާ
  • ނޭޝަނަލް ސެންޓަރ ފޯރ ސައިންޓިފިކް ރިސާރޗް ޑިމޮކްރިޓޯސް – 2006 ވަނަ އަހަރު ގްރީކްގެ އެތެންސްގައި
  • ނޭޓޯ އެޑްވާންސްޑް ރިސާރޗް ވޯކްޝޮޕް - 2006 ވަނަ އަހަރު ބަލްގޭރިޔާގެ ވެލިންގްރާޑް ގައި
  • ސިއާމް ކޮންފަރެންސް އޮން އޮޕްޓިމައިސޭޝަން - 2005 ވަނަ އަހަރު ސްޓޮކްހޯމް ގައި
  • 25 ޔިއާރސް އޮފް ކޮމްޕިއުޓަރ ގްރެފިކްސް އެޓް ބާތު - 2004 ވަނަ އަހަރު އިގިރޭސި ވިލާތުގެ ބާތު ޔުނިވަސިޓީގައި
  • ޑަގްސްތަލް ސެމިނަރ އޮން ޖިއޮމެޓްރިކް މޮޑެލިންގ - 2002 ވަނަ އަހަރު ޖަރުމަނުގައި