މިއީ ވެސް އިންސާނާގެ ހަށިގަނޑުގައި ހިމެނެ ގުނަވަނެކެވެ. ހުންކޮށި ނުވަތަ (އިނގިރޭސި ބަހުން: Spleen) އަކީ އެތެރެހަށީގެ ގުނަވަނެކެވެ. ހުންކޮށީގެ ވަޒީފާ އަކީ ދުވަސް ރަތް ސެލްތައް ނައްތާލުމާއި، ލޭ ހިފަހައްޓައިދޭ ރިޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. ހުންކޮށްޓަކީ ދިފާޢީ ނިޒާމްގެ ބައެއް ކަމުގައިވާ ރެޓިކިއުލޯ އިންޑޯތީލިއަލް ނިޒާމް ގައި ހިމެނޭ ވަރަށް މުހިއްމު ގުނަވަނެކެވެ. ބުނެވޭގޮތުގައި ހުންކޮށި ނެތުމަކީ ނުވަތަ ނުހުރުމަކީ ތަފާތު އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅިގެން ދިއުމަށް ވަރަށް ބޮޑަށް މަގުފަހި ކުރުވާ ކަމެކެވެ.

ހުންކޮށި
Spleen
Laparoscopic view of a horse's spleen (the purple and grey mottled organ)
Latin splen, lien
Gray's subject #278 1282
Artery Splenic artery
Vein Splenic vein
Nerve Splenic plexus
Precursor Mesenchyme of dorsal mesogastrium
MeSH Spleen
Dorlands/Elsevier s_19/12750780

ހުންކޮށި ހުންނަތަން

އުނިއިތުރު ގެންނަވާ

ހުންކޮށި ހުންނަނީ ހަށިގަނޑުގެ ވާތް ފަރާތުން ކުރިމަތިން އެއްއަރިމައްޗެއްގައެވެ. ހުންކޮށި ހުންނަނީ މައިދާގެ ފަންޑަސް އާއި، ޑައަފްރަމް އާއި ދެމެދުގައެވެ. ހުންކޮށީގެ އެންމެ ދިގު ނާރެސް ހުންނަނީ ވާތް ފަރާތުގެ 10 ވަނަ ކަށިގަނޑާއި (މޭމަތީގެ ކަށިތައް) އެއް ހަމައެއްގައެވެ.

ހުންކޮށީގެ ބައްޓަން

އުނިއިތުރު ގެންނަވާ

ހުންކޮށި އިންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. ހުންކޮށީގެ މެދުތެރެ (ހަށިގަނޑުގެ އެތެރެ) އާ ވީ ފަރާތުގެ ނިމުން ނުވަތަ ކޮޅު ހުންނަނީ ހިމަކޮށެވެ. އަރިމަތީ (ހަށިގަނޑުގެ އަރިމައްޗަށް)ވީ ފަރާތުގެ ނިމުން ހުންނަނީ ފުޅާކޮށެވެ. ހުންކޮށީގެ މަތީ ބޯޑަރުގައި އަރިމަތީ ފަރާތުން ނިމޭ ހިސާބުގައި ގޮށެއް ލެވިފައި އިދެއެވެ. އަދި މިގޮށުގެ ސަބަބުން ހުންކޮށިން ނިކުތުމެއް ނުވަތަ ޕްރޯޖެކްޝަން އެއް އުފެދިފައި އިދެއެވެ. މިއުފުލުމަށް ނުވަތަ ނުވަތަ ނިކުމެފައިވާ ނިކުތުމަށް ކިޔަނީ ހުންކޮށީގެ އޭންގަލް އެވެ. ހުންކޮށީގެ ތިރީ ބޯޑަރު ހުންނަނީ ވަށްކޮށް އަދި އޮމާންކޮށެވެ.

ހުންކޮށީގައި ދެކޮޅު، ދެބޯޑަރު އަދި ދެފަރާތް ވެއެވެ. އެއީ މެދުތެރެއާވީ ކޮޅު އަރިމައްޗާވީކޮޅު، ތިރީ ބޯޑަރު، މަތީ ބޯޑަރު، ޑައަފްރަމް އާއި ދިމާވާ ފަރާތް، އަދި އެތެރެހައްޓާ ކުރިމަތިވާ ފަރާތެވެ.

ހުންކޮށީގެ ސައިޒް

އުނިއިތުރު ގެންނަވާ

ހުންކޮށީގެ ސައިޒަށް ބަލާއިރު އޭގެ ބޯމިނުގައި 1 އިންޗި، ފުޅާ މިނުގައި 3 އިންޗި، އަދި ދިގުމިނުގައި 5 އިންޗި ހުރެއެވެ. ހުންކޮށީގެ ބަރުދަނުގައި އެވްރެޖް ގޮތެއްގައި 150 ގްރާމް ހުރެއެވެ.

ހުންކޮއްޓާއި ވިދިފައިވާ ހަށިގަނޑުގެ ބައިތައް

އުނިއިތުރު ގެންނަވާ

ހުންކޮށީގެ ދެފަރާތް ވެއެވެ. އެއީ ޑައަފްރަމް އާއި ޖެހިފައިވާ ފަރާތާއި އަދި އެތެރެހަށީގެ ގުނަވަންތަކުގައި ޖެހޭގޮތަށް އިންނަ ފަރާތެވެ. ޑައަފްރަމްއާއި ޖެހިފައިވާ ފަރާތް ހުންނަނީ އޮމާންކޮށެވެ. މި ފަރާތް ޖެހޭނީ ޑައަފްރަމް ގައެވެ. އެހެން ކަމުން ޑައަފްރަމް އަކީ ހުންކޮށި ވާތް ފަރާތު ފުއްޕާމޭ، 9،10، 11 ވަނަ ކަށިގަނޑު އަދި އެކަށިތަކުގެ ދޭތެރޭގައިވާ މަސްތަކާއި ވަކިކޮށްދޭ ހުރަހެކެވެ.

އެތެރެހައްޓާއި ކުރިމަތިވާ ގޮތަށް އިންނަ ފަރާތް ހުންނަނީ ސީދާ އެތެރެހަށީގެ ގުނަވަންތަކުގައި ޖެހޭގޮތަށް އުފެދިފައެވެ. އެހެންކަމުން ހުންކޮށި ޖެހޭ ކޮންމެ ގުނަވަނަކަށް ހުންކޮށީގައި ޚާއްޞަ އަޑިކޮޅެއް ނުވަތަ އިމްޕްރެޝަން އެއް އުފެދިފައި ހުރެއެވެ. މިގޮތުން ހުންކޮށީގައި ޖެހިފައި ހުންނަ އެތެރެ ހަށީގެ ގުނަވަންތަކަކީ މައިދާ، ވާތު ގުރުދާ، ޗިސްމޭގެ ނިގޫ، އަދި ހުރަސް ފަލަ ގޮހޮރު އަދި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭ ހިސާބުގެ ކަނެވެ. މިއިން ކޮންމެ ތަނެއް ހުންކޮށީގައި ޖެހިފައިވާ ތަނަށް ކުރިން ބުނި އިމްޕްރެޝަން އުފެދިފައި ހުރެއެވެ.

ހުންކޮށި ހިފެހެއްޓިފައި ހުންނަނީ އެތެރެހަށީގެ އެހެން ގުނަވަންތަކާއި ފާލަން އަޅައިދޭ އެއްސުން ތަކެއްގެ ސަބަބުންނެވެ. މިގޮތުން ހުންކޮށި އާއި ގުރުދާ ގުޅުވައިދޭ އެއްސުމަށް ކިޔަނީ ލިއެނޯ ރީނަލް ލިގަމެންޓް އެވެ. އަދި ހުންކޮށި އާއި މައިދާ ގުޅުވައިދޭ އެއްސުމަށް ކިޔަނީ ގެސްޓްރޯ ސްޕްލެނިކް ލިގަމެންޓް އެވެ.


ހުންކޮށްޓަށް ލޭފޯރުކޮށްދިނުން

އުނިއިތުރު ގެންނަވާ

ހުންކޮށްޓަށް ލޭފޯރުވައިދެނީ ހުންކޮށި އާޓަރީ އަދި ހުންކޮށި ވެއިން އިންނެވެ. ހުންކޮށި އާޓަރީ އަކީ އެއޯޓާ އިން އުފެދިފައިވާ ސިލިއެކް ޓްރަންކް އިންނެވެ.ހުންކޮށި އަދާކޮށްދޭ ވަޒީފާ

އުނިއިތުރު ގެންނަވާ

ހަށިގަނޑު ބަލިތަކުން ދިފާޢުކުރުން

އުނިއިތުރު ގެންނަވާ

ހަށިގަނޑު ތަފާތު ބަލިތަކުން ދިފާޢު ކުރުމުގައި ހުންކޮށި މުހިއްމު ދައުރެއް އަދާކުރެއެވެ. މިގޮތުން ބަލިތަކާއި ދެކޮޅަށް ހަނގުރާމަ ކުރާނެ ވަރަށް ގިނަ ބާވަތްތަކުގެ ސެލްތައް ހުންކޮށީގެ ތެރޭގައި އުފެދެއެވެ. މިގޮތުން ހުންކޮށިން އުފައްދާ ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި ޝާމިލްވާ ސެލްތަކުގެ ތެރޭގައި މެކްރޯފޭޖް، ޕްލާޒްމާ ސެލް، ލިމްފަސައިޓް، ފަދަ ސެލްތައް ހިމެނެއެވެ. އެހެންކަމުން ހުންކޮށި ނަގާފައިވާނަމަ ބެކްޓީރިއާ ފަދަ ޖަރާސީމް ތަކުން ޖެހޭ ބަލިތަކަށް ފަސޭހައިން ހުށަހެޅި ހަށިގަނޑަށް ނުރައްކާ ކުރުވައެވެ.

ލޭގެ ސެލްތައް އުފެއްދުން

އުނިއިތުރު ގެންނަވާ

ހުންކޮށީގެ ތެރޭގައި ލޭގެ ބައެއް ވައްތަރުގެ ސެލްތައް އުފައްދައެވެ. މިގޮތުން ކުޑަކުދިންގެ ހަށިގަނޑުގައި ހުންކޮށީގެ ތެރޭގައި ލޭގެ ރަތް ސެލް އުފައްދާއިރު، ބޮޑެތި މީހުންގެ ހަށިގަނޑުގައި ލޭގެ ހުދު ސެލް ގެ ވައްތަރެއް ކަމުގައިވާ ލިމްފަސައިޓް އުފައްދައެވެ. މީގެ އިތުރުން ބޮޑެތި މީހުންގެ ހަށިގަނޑުގައި ކަށީގެ މަދު ފިޔަވައި ލޭގެ ސެލްތައް އުފައްދާ މައިގަނޑު ތަނަކީ ވެސް ހުންކޮށި އެވެ.

ދުވަސްވީ ލޭގެ ސެލްތައް ނައްތާލުން

އުނިއިތުރު ގެންނަވާ

ލޭގެ ތެރޭގައި ހުންނަ ދުވަސްވީ ލޭގެ ސެލްތައް ހުންކޮށީގައި ހުންނަ ބައެއް ވައްތަރުގެ ސެލްތަކުން ހަލާކުކޮށް ނައްތައިލައެވެ. ހުންކޮށީގެ މަސައްކަތް ހަލުވިވެ، ހުންކޮށިން މާގިނައިން ޕްލޭޓްލިޓް ތައް ހަލާކު ކުރަން ފަށައިފިނަމަ ލޭހިލުމުގެ ބައްޔެއް ކަމަށްވާ ތްރަމްބަސައިޓިކް ޕާޕިއުރާ ފެންމަތި ކުރުވައެވެ.

ލޭ ގުދަންކުރުން

އުނިއިތުރު ގެންނަވާ

ހުންކޮއްޓާމެދު ބެލެވެނީ ލޭގެ އުފުލައިދޭ ރިޒާވަރެއްގެ ގޮތުގައެވެ. ސަބަބަކީ ހުންކޮށީގައިވާ ކުދިކުދި ހޮޅިތަކުގެ ތެރޭގައި ލޭ ގިނައަދަދަކަށް ޖަމާކޮށް ރައްކާކޮށްދޭތީ އެވެ. ލޭހިލުން ކުރިމަތިވުން ފަދަ ޙާލަތްތަކުގައި ހުންކޮއްޓަށް ބާރުފޯރުވާ ނާރު ހީވާގިވުމުން ހުންކޮށީގެ މަޑުމަސްތައް ކޮންޓްރެކްޓްވެ، މިދެންނެވި ކުދިކުދި ހޮޅިތަކުގައި ހުރި ލޭތައް ލޭގެ އާރުގެ ތެރެއަށް ފޮނުވާލައެވެ. ނަމަވެސް މިއީ އިންސާނުންނަށް މާބޭނުންތެރި ކަމަކަށް ނުވެއެވެ. އެއީ އިންސާނެއްގެ ހުންކޮށީގެ ގިނަވެގެން އެއްފަހަރާ ރައްކާކުރެވޭނީ އެންމެ 200 މިލިލީޓަރުގެ ލޭކަމަށްވާތީ އެވެ. އަދި ހުންކޮށީގެ ކެޕްސޫލް ކޮންޓްރެކްޓްވަނީ ވަރަށް ކުޑަކޮށް ވަރަށް މަޑުން ކަމަށްވާތީ އެވެ.

ހުންކޮށީގެ ބަލިތައް

އުނިއިތުރު ގެންނަވާ
 • ހުންކޮށި ބޮޑުވުން
 • ހުންކޮށި ފަޅައިގެންދިއުން
 • ހުންކޮށި ނުހުރުން


ހުންކޮށި ނެގުން

އުނިއިތުރު ގެންނަވާ

ހުންކޮށި ނަގަންޖެހޭ ބައެއް ޙާލަތްތައް

އުނިއިތުރު ގެންނަވާ
 • ހުންކޮށި ފަޅައިގެން ދިއުން
 • އުފެދުމުގައި ޖެހިފައިހުރި ހިމަލިޓިކް އެނީމިޔާ
 • އެހެން އޮޕަރޭޝަނެއްގެ ތެރޭގައި ހުންކޮށި ނެގުން
 • ހުންކޮށީގައި ސިސްޓް ނުވަތަ އެބްސެސް އުފެދުން
 • ހުންކޮށްޓަށް ކެންސަރު ޖެހުން

ހުންކޮށި ނެގުމަށްފަހު ކުރިމަތިވެދާނެ ބައެއް ކަންތައްތައް

އުނިއިތުރު ގެންނަވާ
 • އޮޕަރޭޝަނަށްފަހު ހުންއައުން
 • ހޮނޑުލުން އަދި އުކުޑި ކޮއްޓުން
 • ޑައަފްރަމްގެ ދަށުގައި ލޭޖަމާވުން
 • އިންފެކްޝަން އަށަގަތުން
 • އޮޕަރޭޝަންގެ ތެރޭގައި އެތެރެހަށީގެ އެހެން ގުނަވަނަކަށް ގެއްލުންވުން

ނަންދީފައިވާ ގޮތް

އުނިއިތުރު ގެންނަވާ

އަދިވެސް ބައްލަވާ ލައްވާ

އުނިއިތުރު ގެންނަވާ

އިތުރު ފޮޓޯތައް

އުނިއިތުރު ގެންނަވާ


އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ