ގޮނު އާއިލާ (އިނގިރޭސި ބަހުން: Ostraciidae)ނުވަތަ (އިނގިރޭސި ބަހުން: Boxfish) އަކީ މޫދުގައި އުޅޭ މަސްމަހާ މެހީގެ ތެރޭގައި ހިމެނޭ އާއިލާ އެކެވެ. މިއީ ކޮލި އާއިލާ (މަސް) ގެ މަސްތަކާއި ވަރަށް އެއްގޮތް މަހުގެ ބާވަތެކެވެ. ގޮނުގެ އެންމެ ޚާޢްޞަ އެއް ސިފަޔަކީ އޭގެ ހަންގަނޑުގައި މާމުއި ހަތާ ގެ ސިފަޔަށް ލެވިފައިހުންނަ ލައްގަނޑު ތަކެވެ. ގޮނުގެ އާޢިލާ ގެ މަސްތަކުގެ ތެރޭގައި ދިވެހިންގެ ތެރޭގައި މަޝްހޫރު ގޮނު އަދި ކަށި ގޮނު ހިމެނެއެވެ. ދިވެހި ރާއްޖޭގެ ކަނޑު ފަޅުތަކުގައި އުޅޭކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެންޑް އެގްރިކަލްޗަރުގެ މެރިން ރިސާޗް ސެކްޝަނުން ނެރެފައިވާ ދިވެހިރާއްޖޭގައި އުޅޭ މަހުގެ މަޢުލޫމާތު މިފޮތުގައި ބަޔާންކޮށްފައިވާ ގޮނުގެ ވައްތަރުތައް ތިރީގައި މިވަނީ އެވެ.

ގޮނުގެ ވައްތަރެއް

ގޮނު އާއިލާގެ މަސްތައް ނުވަތަ ވައްތަރުތައް ދުނިޔޭގެ ހުރިހާ ހިސާބެއްގެ ކަނޑުތަކުގައި ވެސް އުޅެއެވެ. މިއީ އާންމުކޮށް ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ.