ގުރުދާ ގައި ވައިކޮތަޅު ހެދުން
ގުރުދާގައި ވައިކޮތަޅު ހެދުން (އިނގިރޭސި ބަހުން: polycystic kidney) އަކީ އުފެދުމުގައި އާދަޔާ ޚިލާފަށް ގުރުދާގައި ވައިކޮތަޅު ހެދިފައި ހުރުމެވެ. އެގޮތުން ދެ ގުރުދާގައި އާދަޔާ ޚިލާފަށް ގިނައިން ވައިކޮތަޅު ނުވަތަ ސިސްޓް އުފެދެއެވެ. މިބަލި ޖެހުމުން ފުރަމޭ،ޗިސްމޭ، ސިކުނޑި، އަދި ހިތް އަށް އަސަރު ފޯރައެވެ. ގުރުދާ ވައިކޮތަޅު ހެދުން މިބަލީގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ.