ފ.އަތޮޅު ތަޢުލީމީ މަރުކަޒަކީ 1986 ވަނަ އަހަރު ހުޅުވުނު ސުކޫލް އެކެވެ.

ފ.އަތޮޅު ތައުލީމީ މަރުކަޒު
ނަން

ފ.އަތޮޅު ތައުލީމީ މަރުކަޒު

ޤައުމު

ދިވެހިރާއްޖެ

ހިންގަން ފެށުނީ

1986

ފެންވަރު

ޕްރައިމަރީ، ސާނަވީ، މަތީ ސާނަވީ

ކުލަ

ނޫ

މޮޓޯ


( ހޭލާށެވެ. އަދި ހޭލުންތެރިކަން ގެންނާށެވެ)

ފ.އަތޮޅު ތަޢުލީމީ މަރުކަޒު ޢިމާރާތްކޮށް އެތަނުގައި ރަސްމީ ގޮތުން ކިޔަވައިދޭން ފެށިފައިވަނީ 20 ފެބްރުއަރީ 1986 ން ފެށިގެންނެވެ.ފ.އަތޮޅު ތައުލީމީ މަރުކަޒު ހުޅުވައިދެއްވީ އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ މުޙައްމަދު ޒާހިރު ޙުސައިން އެވެ. އޭރު އެ މަރުކަޒުގައިތިބީ މުޅިއެކު 03 މުދައްރިސުންނެވެ. ކިޔަވައިދެނީ ގްރޭޑް 5 ގެ ފެންވަރަށެވެ. މި މަރުކަޒުގައި ގްރޭޑް 7 ގެ ފެންވަރަށް ކިޔަވައިދޭން ފަށާފައިވަނީ 1992 ވަނަ އަހަރުގައެވެ.

ސާނަވީ ތައުލީމް ތަޢާރަފްކުރުން

އުނިއިތުރު ގެންނަވާ

ތަޢުލީމީ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުން ދިއުމާއިއެކު 1996 ވަނަ އަހަރު މިމަރުކަޒުގައި ގްރޭޑް 8 އުފައްދައި ކޮމާރސް ސްޓްރީމަށް ކިޔަވައިދޭން ފެށުނެވެ. 1998ވަނަ އަހަރު ގްރޭޑް 10 ށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލް ހަދާފައިވަނީ 1999 ވަނަ އަހަރު 07 ކުދިންނެވެ. 2000 ވަނައަހަރުން ފެށިގެން ސައިންސް ސްޓްރީމަށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި މިހާރު 02 ސްޓްރީމަށް ކިޔަވައިދެމުން ދެއެވެ. މިމަރުކަޒުގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް ކޮމްޕިއުޓަރުގެ ތަޢުލީމު ހޯދައިދިނުމުގެ ގޮތުން ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 11 ކޮމްޕިއުޓަރ ސިސްޓަމް ހޯދައި ތަޢުލީމީ މަރުކަޒަށް ހަދިޔާ ކޮށްފައި ވެއެވެ.

 
ފ.އަތޮޅު ތަޢުލީމީ މަރުކަޒު.

ސާނަވީ ތަޢުލީމް ފެށިގެން އައީ ކޮމާރސް ސްޓްރީމުން ކަމަށް ވިޔަސް އޭގެ ފަހުން ސައިންސް ސްޓްރީމް 2000 ވަނަ އަހަރުގައި ތަޢާރަފް ކުރެވިފައި ވެއެވެ. މިމަރުކަޒުން މިހާރު ލިބެން ހުރި ޚިދުމަތްތަތަކަށް ބަލާއިރު، ލައިބްރަރީ، ޓީޗިންގ ރިސޯސް ސެންޓަރު، ސައިންސް ލެބް، އަދި ކޮމްޕިއުޓަރު ލެބްގެ ޚިދުމަތް ފާހަގަ ކޮށްލެވެއެވެ. 2009 ވަނަ އަހަރު މިސްކޫލުގައި 477 ދަރިވަރުންނަށް ކިޔަވައި ދިނުމަށް 42 މުދައްރިސުން ހަރަކާތްތެރިވެފައި ވެއެވެ.

މަތީ ސާނަވީ ތައުލީމް ތަޢާރަފްކުރުން

އުނިއިތުރު ގެންނަވާ

ސާނަވީ ތައުލީމު ފެށުނުތާ 11 އަހަރު ފަހުން 2008 ވަނަ އަހަރު މިމަރުކަޒުގައި މަތީ ސާނަވީ އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.

ލިބެންހުރި ޚިދުމަތްތައް

އުނިއިތުރު ގެންނަވާ
  • ލައިބްރަރީ ( ޢަބުދުﷲ އިސްމާޢީލް ހަދާނީ ލައިބްރަރީ)
  • ޓީޗިންގ ރިސޯސް ސެންޓަރ
  • ސައިންސް ލެބް
  • ކޮމްޕިއުޓަރ ލެބް
  • ޗައިލްޑް ފްރެންޑްލީ ކްލާސް ރޫމް

ލިބިފައިވާ ކާމިޔާބީތައް

އުނިއިތުރު ގެންނަވާ

ފ.އަތޮޅު ތަޢުލީމީ މަރުކަޒަށް ތައުލީމީ ގޮތުން ލިބިފައިވާ ކާމިޔާބީތައް ރަން އަކުރަކުން ފަވާލެވޭނެ އަހަރަކީ 2008 ވަނަ އަހަރު އެވެ. އެއަހަރު ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވެ ކުދިންގެ ތެރެއިން 3 ކުއްޖަކު ދިވެހިރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނިގެން ދިޔައެވެ. އަދި 4 ކުއްޖަކު ފިޝަރީޒް ސައިންސް އިން ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނިގެން ދިޔައެވެ.

  • ދިވެހިރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު 3 ކުދިންނަކީ:-
  • ޙުސައިން ރަޝީދު - ދޭލިޔާމާގެ - ދިވެހިރާއްޖޭގެ ގަދަ ދިހައެއްގައި 4 ވަނަ
  • ޖަލާލާ ޢަބުދުލް ގާދިރު - އެއްގަލި - ދިވެހިރާއްޖޭގެ ގަދަ ދިހައެއްގައި 6 ވަނަ
  • ޝަހުދާ ޢަބުދުއްރަޝީދު - ދިވެހިރާއްޖޭގެ ގަދަ ދިހައެއްގައި 8 ވަނަ
  • އޭޕީ ސްކޯ އިމްޕްރޫމަންޓް އެވޯޑް - 2006
  • ބްރިލިއަންސް އިން މޯލްޑިވްސް އެވޯޑް - 4 ދަރިވަރަކު ދުނިޔޭގެ ގަދަ ދިހައެއްގައި ހިމުނުމުން - 2008
    • ހަފިއްޔާ އިބްރާހީމް - ދުނިޔޭގެ ގަދަ ދިހައެއްގެ 4 ވަނަ
    • ޙުސައިން ރަޝީދު - ދުނިޔޭގެ ގަދަ ދިހައެއްގެ 6 ވަނަ
    • ޖަލާލާ ޢަބުދުލް ގާދިރު - ދުނިޔޭގެ ގަދަ ދިހައެއްގެ 7 ވަނަ
    • ޝަހުދާ ޢަބުދުއް ރަޝީދު - ދުނިޔޭގެ ގަދަ ދިހައެއްގެ 8 ވަނަ
  • އެޗީވްމަންޓް އެވޯޑް - 5 މާއްދާއިން ބައިވެރިވި ކުދިންގެ ފާސްވި ނިސްބަތް 60 އިންސައްތަ މަތިވުން - 2008
  • އޭޕީ ސްކޯ 25 ޕޮއިންޓަށްވުރެ މަތިވުމުން ލިބުނު އެވޯޑް - 2008
  • ސާނަވީ ތައުލީމު ހާޞިލްކުރާ އަދަދު 100-300 އާއި ދެމެދުގެ ކެޓަގަރީން 2 ވަނަ ސްކޫލް - 2008