ކޮލި އާއިލާ (ސައިންޓިފިކް ނަން: Monacanthidae)ނުވަތަ (އިނގިރޭސި ބަހުން: Filefish) އަކީ މޫދުގައި އުޅޭ މަސްމަހާ މެހީގެ ތެރޭގައި ހިމެނޭ އާއިލާ އެކެވެ. ފަތިރޮނޑު އާއިލާގައި ތަފާތު 26 ޖިންސްއަކުން 107 ވައްތަރުގެ ފަތިރޮނޑު އެކުލެވިގެން ވެއެވެ. ފަތިރޮނޑު އާއިލާގެ މަސްތައް ހިންދު ކަނޑާއި، ޕެސިފިކް ކަނޑޫ އަދި އެޓްލާންޓިކް ކަނޑުގެ ހިސާބުތަކުން ވެސް ފެންނަ ކަމަށް ވެއެވެ.

ފަތިރޮނޑުގެ ވައްތަރެއް

ދިވެހި ރާއްޖޭގެ ކަނޑު ފަޅުތަކުގައި އުޅޭކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެންޑް އެގްރިކަލްޗަރުގެ މެރިން ރިސާޗް ސެކްޝަނުން ނެރެފައިވާ ދިވެހިރާއްޖޭގައި އުޅޭ މަހުގެ މަޢުލޫމާތު މިފޮތުގައި ބަޔާންކޮށްފައިވަނީ 5 ވައްތަރެއްގެ ފަތިރޮނޑެވެ.