- އޮގަސްޓް 1 - 1962 :- ވޯރާވިޔަފާރި ވެރިން ރާއްޖޭގައި ވިޔަފާރިކުރުން ހުއްޓުވާލުން
- އޮގަސްޓް 2 - 1980 :- ސަރުކާރު މުއައްޒަފުންގެ ކްލަބް ދިވެހި ނާދީ ހުޅުވުން
- އޮގަސްޓް 5 - 1952 :- ދިވެހި އަންހެނުންނަށް އޮފީސްތަކަށް ވަޒީފާއަށް ނިކުމެ އުޅުމުގެ ހުއްދަ ލިބި އެންމެ ފުރަތަމަ ކާތިބާއަކު ސަރުކާރު އޮފީހަކަށް ލެއްވުން
- އޮގަސްޓް 6 - 1945 :- ސަރުކާރު އޮފީސް ތަކުގައި ދިދަ ނަގަން ފެށުމުގެ ގޮތުން މުލީއާގޭގައި ގައުމީ ދިދަ ފުރަތަމަ ފަހަރަށް ނެގުން
- އޮގަސްޓް 13 - 1973 :- ރައްޔިތުން މަޖުލީހުގެ 39 ވޯޓްގެ އަޣްލަބިއްޔަތުން އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެވަނަ ފަހަރަށް ހޮވުން
- އޮގަސްޓް 20 - 1982 :- އައްޑު އަތޮޅުގައި ހުކުރު ނުކުރާތާ 7 އަހަރު ފަހުން އަލުން ހުކުރު ކުރަން ފެށުން
- އޮގަސްޓް 26 - 1585 :- ބޮޑު ތަކުރުފާނު، އަވަހާރަވުން
- އޮގަސްޓް 27 - 1982 :- މާފަންނު ޒިޔާރަތް މިސްކިތް ހުޅުވުން