• އެންޑަކްރިން ނިޒާމް ގައި ހިމެނޭ އެކިއެކި އެންޑަކްރިން ގްލޭންޑް ތަކުން ތަފާތު 30 ހޯރމޯން ލޭގެ ތެރެއަށް ދޫކުރެއެވެ.
  • ފެހި އޮށެއްގެ ބައްޓަމަށް ސިކުނޑިގެ ދަށުގައި އިންނަ ޕިޓޫއިޓަރީ ގްލޭންޑް އަކީ ތަފާތު އެހެން އެންޑަކްރިން ގްލޭންޑްގެ ތަކުގެ މަސައްކަތް ކޮންޓްރޯލްކުރާ ގްލޭންޑް އެކެވެ. މި ގްލޭންޑުން ތަފާތު 5 ހޯރމޯނެއް ދޫކުރެއެވެ.
  • ތައިރޮއިޑް ގްލޭންޑް އަކީ ކޮކާ ބައްޓަމަށް އިންނަ ގްލޭންޑް އެކެވެ. މިގްލޭންޑްގެ ބަރުދަން އައުންސަކަށްވުރެ މަދުވާނެއެވެ.
  • ޗިސްމޭ އަކީ ވެސް އެންޑަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެކެވެ. ހަށިގަނޑުގައި ހަކުރު ކޮންޓްރޯލް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ އިންސިޔުލިން ދޫކުރަނީ ޗިސްމޭގައި ހިމެނޭ ވަކި ވައްތަރެއްގެ ސެލްތަކަކުންނެވެ.
  • ތައިމަސް އަކީ ވެސް އެންޑަކްރިން ގްލޭންޑް އެކެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ މަސައްކަތް ހިންގައި ހަރުދަނާ ކުރުމުގައި މިގްލޭންޑް މުހިއްމު ދައުރެއް އަދާކުރެއެވެ.