މޮނަސައިޓް ނުވަތަ (އިނގިރޭސި ބަހުން: Monocyte) އަކީ ދިފާޢީ ނިޒާމްގައި ހިމެނޭ ލޭގެ ހުދު ސެލްގެ ވައްތަރެކެވެ. ލޭގެ ހުދު ސެލްތަކުގެ 40-20 އިންސައްތަ ހިއްޞާކުރަނީ މޮނަސައިޓް ތަކެވެ. ލޭގެ ޒަރީޢާއިން އުފަންވާ އިންފެކްޝަން އަށަގަންނަތާ 12-8 ގަޑިއިރުގެ ތެރޭގައި އިންފެކްޝަން އަށަގަތް ހިސާބަށް މޮނަސައިޓް ވާޞިލް ވެއެވެެ.


ދިރިހުންނަ މުއްދަތު

އުނިއިތުރު ގެންނަވާ

މޮނަސައިޓްތައް އެވްރެޖްގޮތެއްގައި ލޭގައި ހޭދަކުރަނީ 20-10ގަޑިއިރާއި ދެމެދުގެ ވަގުތެން ވަންދެނެވެ. އެއަށްފަހު ޓިޝޫތަކަށް ވާސިލްވެ، މެކްރަފޭޖްތަކަށް ބަދަލުވެއެވެ. މެކްރަފޭޖްތައް މަސްތަކުން ފެށިގެން ގޮސް އަހަރުތައް ފާއިތުވަންދެންވެސް ދިރިދެމިހުރެއެވެ.

މޮނަސައިޓްގެ ވަޒީފާ

އުނިއިތުރު ގެންނަވާ
  • މޮނަސައިޓް ތައް ޓިޝޫތަކަށް ވަނުމަށްފަހު ބޮޑުވެ، މެކްރަފޭޖް( Macrophage)ތަކަށް ބަދަލުވެއެވެ. މެކްރަފޭޖް ދިރިހުންނަ މުއްދަތުގައި ގާތްގަނޑަކަށް 100ވަރަކަށް ބެކްޓީރިއާ ދިރުވާލައެވެ. ހަމަމިހެން ހަށިގަނޑުގައި މަރުވެ، ހަލާކުވެ، ނުވަތަ ދުވަސްވެފައިވާ ސެލްތައް ނައްތާލައެވެ.


  • މެކްރަފޭޖް ފުރަމޭ، ހުންކޮށި،ފުއްޕާމޭ، ކުޑަ ގޮހޮރު ފަދަ ގުނަވަންތަކާއި، އަދި ހަންގަޑުއާއި،ލިމްފްގޮށް ތަކުގައި ވެސް ހުރެއެވެ. މިގޮތަށް ހަށިގަނޑުގެ އެކި ހިސާބުތަކުގައި މެކްރަފޭޖް ފެތުރިފައިވާ ނިޒާމަށް ކިޔަނީ ރެޓިކިއުލޯ އިންޑޯތީލިއަލް ސިސްޓަމް(RES ) އެވެ.


  • ހަށިގަނޑަށް ވަންނަ ބެކްޓީރިއާ ފަދަ ޖަރާސީމްތައް އަތުލައި މަރާލުން ނުވަތަ ނައްތާލުމުގައި ނޫޓްރަފިލްތަކާއި، މޮނަސައިޓްތައް އެކިގޮތްތައް ބޭނުންކުރެއެވެ. ފުރަތަމަ ނޫޓްރަފިލްތައް ލޭގެމަގުން އެއްކިބާވެ، ކުދިލޭހޮޅި( Capillaries ) ތަކުގެ އެތެރޭގައިވާ ތެތް ދުލިފަށަލައިގެ ބަތާނަ(Endothelium)ގައި ޖަމާވެ، ހަރުލައެވެ. މިގޮތަށް ހަރުލުމަށް ކިޔަނީ މާރޖިނޭޝަން( Margination) އެވެ. އެއަށްފަހު ލޭހޮޅީގެ ހަނިމަގަކުން ހުރަސްކޮށް ޓިޝޫތަކުގެ ތެރެއަށް މިސެލްތައް ވާސިލްވެއެވެ. މިގޮތަށް ވާސިލްވުމަށް ކިޔަނީޑައަޕީޑިސިސް( Diapedesis ) އެވެ. ދެން އިންފެކްޝަން ނުވަތަ ބަލި އުފެދިފައިހުރި ދިމާލަށް މިސެލްތައް މިސްރާބު ޖަހައެވެ. މިހާލަތުގައި ސެލްތައް ހަރަކާތްކުރަނީ އެމީބާހެން ސޫޑޮޕޯޑިއާގެ އެހީގައެވެ. މިސެލްތައް ބަލި، އިންފެކްޝަން، ނުވަތަ އިންފްލެމޭޝަން ހުރި ދިމާލަށް ގެންދަނީ ކެމިކަލް މާއްދާތަކެއްގެ އެހީގައެވެ. މިބުނި ކެމިކަލް މާއްދާތައް އުފައްދަނީ ދިފާއުކުރުމުގެ ނިޒާމުން ނުވަތަ ބެކްޓީރިއާއިންނެވެ. މިގޮތަށް ގެންދިއުމަށް ކިޔަނީ ކީމޯޓެކްސިސް( Chemotaxis ) އެވެ. އެއަށްފަހު މިސެލްތައް ބެކްޓީރިއާގެ ވަށާލައެވެ. ދެން ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމް ( Digestive enzyme )ތަކުގެ އެހީގައި ބެކްޓީރިއާ މިސެލްގެ ތެރެއަށް ދަމާލައެވެ. މިބީދައިން ބެކްޓީރިއާ ކާލުމަށް ނުވަތަ ދިރުވާލުމަށް ކިޔަނީ ފާގަސައިޓޯސިސް( Phagocytosis ) އެވެ.