Hussain niyaz
ކަށިމިޔަރު
ކަށިމިޔަރަކީ އެހެނިހެން ވައްތަރުތަކުގެ މިޔަރާ ހިލާފަށް ދިވެހިންގެ ތެރޭގައި އެހާ އާންމު ވައްތަރެއްގެ މިޔަރެއް ނޫނެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ކަށިމިޔަރުގެ މަސްވެރިކަން ކުރުން ވަނީ ހުއްޓިފައެވެ. މިޔަރުގެ މަސްވެރިކަން މަނާކުރުމާއި ބެހޭގޮތުން ވާހަކަ ދެކެވޭއިރު އެ މަސައްކަތްކުރާ މަސްވެރިންގެ ހިތްނުތަނަވަސްވެ މާޔޫސްވުމަކީ އެކަށީގެންވާ ކަމެކެވެ. ކަންތައް ވެގެންވެސް އައީ އެގޮތަށެވެ. އަދި މިހާރުވެސް ބައެއް ފަރާތްތަކުން އެގޮތަށް އެކަން ކުރަން ނުޖެހޭނެކަމަށް އަންނަނީ ބުނަމުންނެވެ.
އެއެހެންނަމަވެސް އަޅުގަނޑުމެންނީ ﷲ ފުރިހަމަ ބުއްދިދެއްވި މަޙްލޫގަކަށްވާއިރު ވިސްނާލަމާ ތޯއެވެ. ﷲ މިދުނިޔެއާއި ކާއިނާތުގައި ލައްވާފައިވާ ކޮންމެ އެއްޗެއްވެސް ލައްވަނީ ކަނޑައެޅިގެންވާ ވަކި މިންވަރަކަށެވެ. އަދި ބައެއް ބާވަތްތައް މުޅިން ނެތިގެން ދިއުމަކީ ދުނިޔޭގެ ވެއްޓަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ވާނެކަމެކެވެ. މީގެ އިތުރު ތަފްސީލް (ތިމާވެށި ޙިމާޔަތްކުރުން އިސްލާމްދީނުގައި ، ޕްލާސްޓިކާއި ރަބަރުގެ ބާވަތްތަކުގެ ކުނިބުނީގެ ނުރައްކަލުގެ ތެރޭގައި ދުނިޔެ ،) އިސްލާމްދީނުގެ އަލީގައި ބަޔާންކުރެވިފައިވާ މި ލިންކަށް ވަޑައިގެންނެވުމުން ލިބިލައްވާނެއެވެ.
ރާއްޖޭގައި ހުރިހާ ބާވަތެއްގެ މިޔަރު ހިފުމާއި ގޯނާކުރުން މަނާކުރުމަކީ ދުނިޔޭގައި މިޔަރު ހިމާޔަތްކުރުމަށް ކުރެވެމުންދާ މަސައްކަތަށް ވެދެވުނު ވަރަށް ބޮޑު އެހީތެރިކަމެކެވެ. ނޭޝަނަލް ޖިއޮގުރަޕިކުން އިން ރާއްޖޭގައި 2010 ވަނަ އަހަރު ނިންމި މި ނިންމުމަށް މަރުހަބާ ކިޔާފައިވެއެވެ. އަދި އެފަރާތުން ހާމަކުރާ ގޮތުގައި ރާއްޖޭގައި މިޔަރުގެ 30 ބާވަތެއް އުޅެއެވެ. އަދި މިގޮތަށް މިޔަރުގެ ބާވަތްތައް މަނާކުރެވުނު ދެވަނަ ގައުމަކީ ދިވެހިރާއްޖެއެވެ.
ރާއްޖޭން މި ނިންމުން ނިންމުމަކީ ރާއްޖޭން މިޔަރުގެ ބާވަތްތައް ނެތުމަށް މެދުވެރިވާ ސަބަބުތައް އަދި މަދުވާ މިންވަރު ކުޑަކުރުމަށް އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެހެނީ މިޔަރަކީ ދަރިމައިވުން ލަސް އަދި ބޮޑުވުމަށް ދުވަސް ނަގާ މަދުން ވިހާ މަހެކެވެ. މިހެން ކަން އޮތް އިރު އުރަހައިގެ ބޭނުމުގައި އަހަރަކު 73 މިލިއަންވުރެ ގިނަ މިޔަރު ކޮންމެ އަހަރަކު ހިފަމުންގެންދާކަމަށް ޖިއޮގުރަފީން ހާމަކުރަށްވައެވެ.
އަޅުގަނޑުގެ މިލިޔުމަކީ ބޮޑަށް ކަށި މިޔަރާއި ބެހޭގޮތުން ލިޔެވޭ ލިޔުމެއްނަމަވެސް ފެށުމުގެ ގޮތުން ކޮންމެސްވަރަކަށް މިޔަރާއި ބެހޭގޮތުން އަދި މިޔަރު ހިފުން މަނާކުރެވުނު ސަބަބާއި ބެހޭގޮތުން ކުޑަ މައުލޫމާތުކޮޅެއް ހިއްސާކޮށްލުމަށްފަހު ކަށިމިޔަރާއި ބެހޭގޮތުން ލިޔުން ކުރިޔަށްގެންދަމެވެ. ކަށިމިޔަރު ރާއްޖޭގައި ބޮޑަށް ބޭނުންކުރެވެމުން އައީ ކަށިމިޔަރު ތެޔޮ ނެގުމަށެވެ. އަދި މަސްގަނޑު ލޮނު އަޅާ ހިއްކައެވެ. ކަށިމިޔަރު ތެލަކީ ދިވެހި ބޭހުގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. ގައިގެ ރިހުމާއި ވައިގެ ބަލިތަކަށް ކަށިމިޔަރުތެޔޮ ބޭނުންކުރެއެވެ. އަދި ކަށީގެ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ކަށި މިޔަރު ތެޔޮ ގައިގައި ލައެވެ. އަދި ކަށިމިޔަރު ތެލަކީ އެފަދަ ބަލިތަކުގެ ފަރުވާއެއްގެ ގޮތުގައި ބުއިމަށް ބޭނުންކުރެވޭ ފަދަ ތެލެކެވެ. އަޅުގަނޑުވެސް ކަށި މިޔަރު ތެޔޮ ގައިގައި އުނގުޅުމަށް ބޭނުންކުރި މީހަކަށްވާތީ އެތަލަކީ ކަށީގެ ރިހުންތަކަށް، ވައިގެ ބައްޔަށް ވަރަށް ރަނގަޅުކަން ފާހަގަކުރަމެވެ. އަދި އެތެލަކީ ބޭހެއްގެ ގޮތުގައި ބޯންވެސް ފަސޭހަތެލެކެވެ.
ރާއްޖޭގައި ކަށިމިޔަރު ތެޔޮ ބޭނުންކުރާއިރު ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަށިމިޔަރު ތެލަކީ މަޤުބޫލްއެއްޗެކެވެ. ކަށިމިޔަރަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ކެއުމަށް ބޭނުންކުރާ މަހެކެވެ. މިގޮތުން ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ، ކެނެޑާ، ނިއުޒިލެންޑް އަދި ޗިލީގައި ކަށިމިޔަރު ބޭނުންކުރެއެވެ.
ކަށިމިޔަރަކީ މިޔަރުގެ ވައްތަރުތަކުގެ ތެރޭން މަދުވަމުން އަންނަ ވައްތަރެކެވެ. އަދި މި ބާވަތުގެ މިޔަރަކީ މިޔަރުގެ އެހެން ވައްތަރުތަކަށްވުރެ ކުޑަ ވައްތަރެކެވެ. މަޑު އަޅިކުލަޔަކަށް ދާ މި މިޔަރުގައި ހުދު ތިކިތަކެއް މަޑުކޮށް ހުރެއެވެ. ކަށިމިޔަރުގެ މަތީގައިވާ ދެ އުރަހައިގެ ކައިރީގައި ކަށްޓެއް އިނދެއެވެ. ކަށިމިޔަރުގެ ނަން މިބާވަތުގެ މިޔަރަށް ދީފައިވަނީ މިސަބަބަށްޓަކައެވެ. އަދި ފުރަތަމަ ޑޯރސަލް ފިންގެ ކުރިމަތީގައި އުރަހަ ބުޑުގައި އަދި ސެކަންޑް ޑޯރސަލް ފިން ނުވަތަ ދެވަނައަށް އިންނަ އުރަހައިގެ ބުޑުން ފަޅާފައިވާ ކަށްޓަކީ ވިހަ ކަށްޓެކެވެ. އެހެން ވައްތަރުތަކުގެ މިޔަރަށްވުރެ ނިސްބަތުން ލޯ ބޮޑު މި މިޔަރުގައި އޭނަލް ފިން އެއް ނީނދެއެވެ.
ކަށިމިޔަރުގެ ތެޔޮ ހަދާ ގޮތާ ބެހޭގޮތުން އެމަސައްކަތްކުރެއްވި ފަރާތަކުން ބުނެފައިވަނީ މިޔަރުގެ މޭގަނޑު ނަގާފައި ވަޅި ޖަހާ އެކި ތަންތަނުން ފަޅާފައި ޓިނުގަނޑެއް މަތީގައި އަވީގައި ބާއްވައިގެން ޓިނުގަނޑަށް ފައިބާ ތެޔޮ އެހެން އެއްޗަކަށް ނަގާކަމަށެވެ. އަދި މޭގަނޑު ތެއްޔަކަށް ލައިގެން ކައްކައިގެންވެސް ތެޔޮނެގިދާނެކަމާއި، ކުދިކޮށް ކޮށާފައި އެއްޗަކަށް އަޅާ ބަންދުކޮށްފައި ބެހެއްޓުމުންވެސް ތެލަށްވާނެކަމަށް އެފަރާތްތަކުން މައުލޫމާތު ދިނެވެ. މިގޮތަށް ބަންދުކޮށްފައި ބެހެއްޓުމުން އެ ތެލަށް ވުމުން ތެޔޮ ފުރާނާ ކުނޑިއާއި ވަކިކުރުމުން ތެލަށްވީއެވެ. ކަށިމިޔަރު ތެޔޮވެސް ސާފްކޮށް ހުންނައިރު ކަހަނބުގެ ސަރުބީއާއި މޭ ކައްކައިގެން ހަދާފައި ހުންނަ ތެލާ މާ ބޮޑު ތަފާތެއް ނުހުރެއެވެ.
ކަށިމިޔަރުގެ ދަތްތަކަށް ބާލާއިރު ފާހަގަކުރެވޭ ކަމަކީ ދައްތައް އާދަޔާ ޙިލާފަށް ތޫނުކަމެވެ. އަދި ފުރަތަމަ ދެބަރީގެ ދަތް ބޭނުންކުރަނީ ސިކާރަކުރުމަށެވެ. އަދި ދަތެއް ވެއްޓިއްޖެނަމަ ނުވަތަ ބިނދުންފަދަ ކަމެއް ވެއްޖެނަމަ ދައް ފަޅާ އާވާކަން ފާހަގަކުރެވެއެވެ. ކަށިމިޔަރުގެ ފިރެހެން މިޔަރުގެ 11 އަހަރާ ހިސާބުގައި 80 ސމ އާއި 100 ސމ އާ ދެމެދަށް ބޮޑުވެއެވެ .އަދި 48 ސމ އާއި 180 ސމ އާ ދެމެދަށް ކަށިމިޔަރު ބޮޑެތިވާކަމަށް ލަފާކުރެވިފައިވެއެވެ.
ކަށިމިޔަރުގެ ދިރިއުޅުމަށް ބަލާއިރު ކަށިމިޔަރަކީ ފުނުގައި އުޅޭ ވައްތަރެކެވެ. މިގޮތުން 2،400 ފޫޓު ފުނުގައި އުޅޭ މި މިޔަރަކީ 7 ޑިގްރީ އާއި 15 ޑިގްރީ އާ ދޭތެރޭގެ ފިނުހޫނުމިނުގައި ދިރިއުޅޭ މިޔަރެކެވެ. އުމުރުން ދުވަސްވީ އެކި ފަރާތްތަކާއި ސުވާލުކޮށްލުމުން އެނގުނުގޮތުގައި ކަށިމިޔަރު ބާނަނީ ވަރަށް ފުން ހިސާބަކުންނެވެ. މިގޮތުން 5، 6 ވަރަކަށް ބޮޅު ކަންވާރު އެންމެ ކުރުވެގެންވެސް ކަށިމިޔަރު ބާނަން ބޭނުންވާކަމަށް ބުނެއެވެ. މި މިޔަރު އިންޑިއާ ކަނޑާއި ނޯރްތް ޕެސިފިކް ނޯރތް އެޓްލާންޓިކް، މެޑްޓްރޭނިއަން ސީ، ބްލެކް ސީގައި އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ.
ކަށިމިޔަރު ކަނީ އާންމުކޮށް ކުދި މަސް، ބޯވާ ދިލަމަސް ފަދަ އެއްޗިއްސެވެ. އަދި ކަށިމިޔަރު އާންމުކޮށް ބޮޑުމަސް ، މިޔަރުގެ ވައްތަރުތަކުގެ ސިކާރައަކަށް ވެއެވެ. އަދި ބޯވާ ވެސް ކަށިމިޔަރު ހަމަލާ ދީ މަރާލުމަށް ފަހު ކައެވެ. ކަށިމިޔަރުގެ އުމުރަކީ ލަފާކުރެވޭގޮތުގައި 25 އަހަރާއި 100 އަހަރާއި ދެމެދެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުން 25 އަހަރާއި 80 އަހާރާ ދެމެދުކަމަށް ބުނެއެވެ. www.heyobas.com niyaz,lhohi
ކަދުރު
އުނިއިތުރު ގެންނަވާކަދުރަކީ ކީރިތި ޤުރުޢާނާއި މާތް ރަސޫލާ ސުންނަތުންވެސް އެނގޭގޮތުގައި އިންސާނުންނަށް ނުހަނު ފައިދާހުރި މެވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރަކީ ރަސޫލާ އާންމުކޮށް ފަރިއްކުޅުވާ އުޅުއްވި ކާނާއެވެ. އިސްލާމްދީން ފާޅުވެގެންއައި ދުވަސްވަރުގައި މުސްލިމުންގެ ކެއުމުގެ ގޮތުގައި ބޭނުންކުރެއްވީވެސް ކަދުރެވެ.ހަނގުރާމައިގެ މައިދާނުގައި އަދި އެ ނޫން މައިދާންތަކުގައިވެސް މުސްލިމުންގެ މެދުގައި މަޤުބޫލް މި މޭވާއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި އެތަކެއް މާއްދާތަކެއް ހިމެނޭ މޭވާއެކެވެ. އަދި ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިންވެސް ކަދުރަކީ އަރަބި ކަރައިގައި ބޭނުންކުރެވުނު މެވާއެކެވެ. ތާރީޙްގެ ފަތްފުއްތަކުން އެނގޭގޮތުގައި ކަދުރު އެންމެ ފުރަތަމަ ފެނިފައިވަނީ މެސޮޕޮޓޯމިއަން ސިވިލައިޒޭޝަންގެ ދުވަސްވަރު އެސަރަހައްދުންނެވެ. އެއީ މިހާރު ސައުދީއާއި އިރާގް ގުޅޭ ހިސާބެވެ.
-
Caption1
-
Caption2
ކަދުރުގެ ވައްތަރުތައް
ދުނިޔޭގައި ސިލްކް އުފެއްދުމާއި ވިޔަފާރީގައި މީގެ އެތައް އަހރުތަކެއްކުރިން ފާހަގަކުރެވޭ ޗައިނާމީހުން ވިޔަފާރިކޮށް ދަތުރު ނިންމާލާފައި އަންނީ ކަދުރު ހިފައިގެންނެވެ. ޒަމާނަކީ ބާޓާ ސިސްޓަމަށް ވިޔަފާރި ހިންގަމުން އައި ޒަމާންކަމުން ސިލްކަށް ކަދުރު ބަދަލުކޮށް ޗައިނާއަށް ގެނެސް އުޅުނެވެ. އަދި މެދުއިރުމައްޗައް ދުނިޔޭގެ އެކިކަންކޮޅުތަކުންދާ ގިނަ ބަޔަކު އެންމެ ކުރިން ފަށައިގެންވެސް ރަމްޒީ އެއްޗެއްގެ ގޮތުގައި ކަދުރުގެންނަކަން ވަނީ ފާހަގަކުރެވިފައެވެ. ދަތުރުގެ ހަދިޔާއެއްގެ ގޮތުގައި ގައުމުގައި ތިބޭ އާއިލާއަށް ގިނަ ބަޔަކު ކަދުރުގެނެއެވެ.
ކަދުރު އާންމުކޮށް ހައްދަނީ އަރަބިދުނިޔޭގައެވެ . ދުނިޔޭގައި ކަދުރު ހައްދާ ގައުމުތަކަކީ ސައުދީ އަރަބިއްޔާ، އީރާން، އިރާގް، މިސްރެވެ. އަދި މީގެ އިތުރަށް ޔޫރަޕްގައި އިސްލާމީ ދައުލަތްފެތުރިފައި ކުރިން އޮތް ދެ ގައުމުކަމަށްވާ އިޓަލީ، ސްޕެއިން އަދި އެމެރިކާގައެވެ. އެމެރިކާގެ ކޮންޓިނެންޓްގައި އެމެރިކާގެ އިތުރަށް މެކްސިކޯފަދަ ގައުމުތަކުގައިވެސް ކަދުރު ހައްދާއުޅެއެވެ. މެކްސިކޯއަށް ކަދުރު ތައާރަފްކޮށްފައިވަނީ ޕޯރޗުގީޒުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ކަދުރުގެ މުޑުވަތް ގެންގޮސްފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ.އަދި ސްޕެއިންގެ އަންދަލްސް އަށް ކަދުރު ތައާރްފްކޮށްފައިވަނީ ހަލީފާ އަބްދުއްރަޙްމާންއެވެ. ޕާކިސްތާނަށް ކަދުރު ގެނެސްފައިވަނީ އެލެކްސެންޑާރ ދަ ގްރޭޓް އޭސިއާގައި މަސައްކަތްކުރެއްވި ދުވަސްވަރުއެވެ.
އެހެންނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކަދުރު ހެދޭކަން ވަނީ ފާހަގަކުރެވިފައެވެ. ހަމަ އެހެންމެ އަޅުގަނޑުމެންގެ މި ގައުމުގައިވެސް ކަދުރު ހެދި ކަދުރު އަޅާ ދޮންވެއެވެ. މިގޮތުން ދާދިފަހުން ނ.މާފަރުގައި ކަދުރު އަޅާ ދޮންވެފައިވެއެވެ. އަދި ސ.ކޮމަންޑޫ، ބ.ކުޑަރިކިލި އަދި ކުރިން މާލޭގައިވެސް ކަދުރު ރުއްހެދި ކަދުރު އަޅާފައިވެއެވެ.
ސަލާމްލެއްވި އިސާގެ ފާނުގެ މައިކަނބަލުން އީސާގެ ފާނާއިގެން ރަށްކައުވެ ވަޑައިގަތުމަށް ބަނޑުގައި ރިހުމުގެ ވޭންވަރު އަޅަންފެށި ހިނދު ﷲ އެކަމަނާއަށް އެއިލާހުގެ ބަސްފުޅު ވަހީކުރެއްވިއެވެ. މި ހާދިސާ ހިމެނެނީ މަރުޔަމް ސޫރަތުގައެވެ. މިގޮތުން އެ ސޫރަތުގެ 25 ވަނަ އާޔަތުގެ މާނައީ ” ވީއިރު، ތިޔަކަދުރު ރުކުގައި ހިފާފައި، ކަމަނާއާއި ދިމާއަށް ހަލުވައިލާ ހުށިކަމެވެ! އެއިރުން، ދޮންވެ ފައްކާވެފައި އެހުރި ކަދުރުތަށް ކަމަނާގެ ކައިރިއަށް އެޅޭނެއެވެ”. ދެން ހަމަ އެޔާޖެހިގެން 26 ވަނަ އާޔަތުގެ މާނަގައި ވަނީ ” ދެން އެކަދުރުކައި، ތިޔައޮތް ފެންއާރުން ފެންބޮއި ހިތްހަމަޖައްސާހުށިކަމެވެ.! ދެން، ކަމަނާއަށް މީހަކު ފެނިއްޖިނަމަ ބުނާށެވެ: ” ހަމަކަށަވަރުން، އަހަރުރެން މިއިނީ، ރަޙްމާންވަންތަ މާތްރަސްކަލާންގެ ކިބައަށް ރޯދަހިފުމަށް ނަދުރުގަނެގެންނެވެ.! ވީމައި އަދު، އަހުރެން، އެއްވެސް މީހަކާއި ވާހަކަދަށްކައި އުޅޭކަށް ނެތީމެވެ”. އަދުގެ ސައިންސްވެސް ސާބިތުކޮށްދޭގޮތުގައި ކަދުރަކީ މާބަނޑު މީހުންނަށް ފައިދާހުރި ރަނގަޅު މޭވާއެކެވެ. ކަދުރަކީ މާބަނޑު މީހުން ކެއުމަށް ނުހަނު ރަނގަޅު ފައިދާހުރި މެވާއަކަށް ވަނީ ކީއްވެތޯއެވެ؟ ކަދުރަކީ ވިހެއުމުގައި ދިމާވާ ދަތިތަކުން ސަލާމަތްކޮށްދީ ލޭ ހިނގުމާއި އަދި ބަނޑުގައި އޮންނަ ކުޑަ ދަރިފުޅުގެ ހެދި ބޮޑުވުމަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ. ކަދުރަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ މޭވާއެކެވެ.
ކަދުރަކީ އިންސާނާގެ ހަށިގަނޑަށް ހާއްސަކޮށް ކުޑަކުދިންނަށް ފައިދާހުރި ކާނާއެކެވެ. ކުޑަކުދިންގެ ބަނޑު އަދި ގޮހޮރުގެ މައްސަލަތައް ރަނގަޅުކޮށްދީ ފަސޭހަކަމާއި އެކު ކާތަކެތި ހަޖަމްކުރުމަށް އެހީއަކަށްވެދެއެވެ. ކުޑަކުދިންނަށް ދިމާވާ ބޭރަށް ހިންގުމާއި ބަނޑު ހަރުވުންފަދަ ބަލިތަކަށް ހާއްސަ ފަރުވާއެއްގެ ގޮތުގައިވެސް ކަދުރު ބޭނުންކުރެވެއެވެ. މިގޮތުން ކަދުރު ޖޫސް ކިރާ އެއްކޮށްގެން ނުވަތަ މާމުޔާއި އެއްކޮށްގެން ބޭނުންކުރެވިދާނެއެވެ. މިގޮތަށް ދުވާލަކު 3 ފަހަރު ދިނުމުން ﷲގެ އިޒުނަފުޅާއެކު އިންޝާﷲ ސިފާދެއްވާނެއެވެ.
ކަދުރަކީ ފަލަބަލި ނުވަތަ އޮބޭސިޓީއަށްވެސް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ފައިދާހުރި މެވާއެކެވެ. އާންމުކޮށް އޮބޭސިޓީ ބަލި މީހުން އިތުރަށް ބަލި ބޮޑުވެގެން ދަނީ މި ބަލީގެ ސަބަބުން އާދަޔާ ހިލާފަށް ކާހިތްވުމާއި ބަނޑުހައިކަން އިހްސާސްވުމުމުގެ ސަބަބުން ކެއުމުގައި ކޮންޓްރޯލުން ނެޓި އަދި މީހާ ކަންނެތްވެ ހަރަކާތްތެރިވުން ކުޑަވުމުންނެވެ. އެހެނީ ކަދުރުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ ބައި ކޮންޓްރޯލްވެ އަދި ބަނޑުހައިކަން ކުޑަކޮށްދެއެވެ. އަދި ހަށިގަނޑުގައި ބާރުޖެހި ލޭ ހިނގުން އަވަސްވެދެއެވެ. މި ބަލި ހުންނަ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދީގެން ކަދުރު ކެއުމުން ހަށިގަނޑުގައި ސަރުބީ ވިރުވައިދީ ހީވާގިކަންގެނެސްދީ މި ބައްޔަށް ލުއިކަންލިބެއެވެ.
ކަދުރަކީ ހަށިގަނޑު ވިހަ މާއްދާތަކުން ސަލާމަތްކޮށް ރަށްކާތެރިކޮށްދޭ މޭވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރު ޖޫހަކީ އެކި ވައްތަރުގެ ހުމުގެ ބަލިތަކާއި ރޯގާތަކަށްވެސް ރަނގަޅު ފަރުވާއެކެވެ. ކަދުރަކީ ޖިންސީ ދުޅަހެޔޮކަންވެސް އިތުރުކޮށްދޭ މޭވާއެކެވެ. އަދި ކަދުރު ކެއެއުމުން ނުވަތަ މާމުޔާ ކިރު ކަދުރު ޖޫހާއި އެއްކޮށްގެން ބުއިމުން ހަށިގަނޑު ބާރުގަދަކޮށްދެއެވެ.
ސަހީހުލް ބުހާރީގައި އަދި މުސްލިމްގައި ބަޔާންވެފައިވާ ރަސޫލާގެ ހަދީޡް ބަސްފުޅެއްގައިވާ ގޮތުން ހެނދުނު އަޖުވާ ކަދުރުގެ 7 ކަދުރު ކައިފި މީހަކަށް އެދުވަހު ވިހައިގެ އަސަރެއް އަދި ސިހުރުގެ އަސަރެއް ނުކުރާނެއެވެ. މި ހަދީޡްގެ ނަމްބަރަކީ ބުހާރީގެ ހަދީޡް ނަމްބަރ 5327 އަދި މުސްލިމްގެ ހަދީޡް ނަމްބަރ 3814 އެވެ. އަދި މީގެ އިތުރަށް އަޖުވާ ކަދުރާ ބެހޭގޮތުން މުސްނަދު އަޙްމަދުގެ ހަދީޡް ނަމްބަރ 23592 އަދި މުސައްނަފް އިބުނު އަބީ ޝައިބާ ހަދީޡް ނަމްބަރ 2394 ގައިވެއެވެ. ހަދީޡް ނަމްބަރު ނަގާފައިވަނީ (http://www.letmeturnthetables.com/2011/07/hadith-ajwa-dates-and-science.html)އިންނެވެ. މީ 1400 އަހަރުކުރިން ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅަކަށްވާއިރު މިއަދުގެ ސައިންސްވަނީ މިކަން އިތުރަށް ސާބޮތުކޮށްދީފައެވެ. 7 ކަދުރަކީ ގާތްގަނޑަކަށް 70 ގުރާމެވެ. އޭގެން 70 މިލިގްރާމަކީ އިންސާނާގެ ހަށިގަނޑުގެ ނާރުތަކާއި ހުޅުތަކާއި ކަށިގަނޑަށް ބޭނުންވާ ކެލްސިއަމްއެވެ. އަދި 35 މިލިގްރާމް އަކީ ސިކުނޑިއަށް ބޭނުންވާ ކާނާގެ ތެރޭގައިހިމެނޭ ޕޮސްޕަރަސްއެވެ. އަދި7 މިލިގްރާމް ހިމެނެނީ ހަށިގަނޑުގައި ބާރު ޖައްސާ ހަށިގަނޑު ވަރުގަދަކޮށްދޭ، ހިތުގެ ހިނގުން ރަނގަޅުކޮށްދިނުމަށް ބޭނުންވާ ބާވަތެއްކަމަށްވާ ދަނގަނޑުގެ ބައެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، ލޮނު، މިނަރަލްސްގެ ބައި ލިބެއެވެ.
ކަދުރުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައެއް ހިމެނޭއިރު އޭގެތެރޭގައި އެންމެ މަތީ މިންވަރަކަށް ހިމެނެނީ ކާބޯހައިޑްރޭޓްސް އެވެ. އެއީ ހަށިގަނޑު ވަރުގަދަވެ ބާރު ޖެހުމަށް ބޭނުންވާ ބާވަތެވެ. ކަދުރުން ލިބޭ ކާބޯހައިޑްރޭޓްސްގެ މިންވަރަކީ 88ޕަސެންޓެވެ. އަދި %5.6-2.3 ޕުރޮޓީންސް ހިމެނެއެވެ. ޕްރޮޓީންސް އަކީ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާބައެވެ. އަދި ހަށިގަނޑަށް ބޭނުންވާ ޑައިޓްރީ ފައިބަރޔާއި ވިޓަމިންސް %11.5-6.4 ހިމެނެއެވެ. އަދި %5-5.2 ގެ ފެޓް ހިމެނެއެވެ. އަދި މީގެ އިތުރަށް %5-0.2 ތެޔޮހިމެނެއެވެ.
ކަދުރަކީ ވިޓަމިން އޭ، ބީ ވަން، އަދި ފުލުއޮރިން ހިމެނޭ މޭވާއެކެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ މިނަރަލްސްގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ކެލްސިއަމް، ކޯބަލްޓް، ދަގަނޑު، މެގްނީޒިއަމް، ޕޮޓޭސިއަމް، ޕޯސްފަރަސް، ސޯޑިއަމް، ޒިންކްއެވެ. އަދި އެލްމީނިއަމް، ކްލޯރައިޑް، ލެޑް އާއި ސަލްފަރ، ސެލީނިއަމްވެސް ހިމެނެއެވެ. މި މާއްދަތަކީ ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ކެންސަރުން ސަލާމަތްވުމަށް އެހީތެރިވެދޭ ބައިތަކެކެވެ.
ކަދުރަކީ ހަށިގަނޑަށް އެންމެ ފައިދާހުރި މެވާއެވެ. އެހެންކަމުން ކަދުރާއި ބެހޭގޮތުން ލިޔެވުނު ކުޑަ މައުލޫމާތު ކޮޅާއި އެކު އައްޑޫ އޮންލައިންގެ ލިޔުންތެރިޔާ ޒާރާ ކަދުރާ ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުމެއްވެސް ހިއްސާކޮށްލަމެވެ. ޒަރާ ލިޔުއްވާފައިވާ ގޮތުގައި “ ރޯދަމަސް އައުމާއެކު މުޅި ދުނިޔޭގެ އެތަންމިތަނުގައި ކަދުރުގެ ވިޔަފާރި ޢާއްމުވެއެވެ. ކަދުރުން ރޯދަ ވީއްލުމަކީ ސުންނަތެކެވެ. މީގެ އިތުރުން ކަދުރަކީ އޭގައި އިންސާނާއަށް އެތަކެއް ފައިދާ ލައްވާފައިވާ މޭވާއެކެވެ.
ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ޑައެޓަރީ ފައިބަރ ހިމެނޭ މޭވާއެކެވެ. ކަދުރުގައި ފެނަށްގިރޭ ވައްތަރުގެ ފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ވެސް ހިމެނެއެވެ. އަދި ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ އަވަސްކަމާއެކު ލިއްބައިދެނިވި އެންމެ ރަނގަޅު ކާނާގެ ބާވަތެވެ. ޕޮޓޭސިއަމްވެސް އެންމެ ގިނައިން އެކުލެވިގެންވާ އެއްބާވަތަކީ ކަދުރެވެ. ކަދުރަކީ ބަނޑުހަރުވުމުން ދުރުކޮށްދޭ ކާނާގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. ނަމަވެސް އޭގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބިގަތުމަށްޓަކައި ބަނޑުހަރުވެފައިވާ މީހާ ކަދުރު ބޭނުންކުރަން ޖެހޭނީ އެއްރޭ ވަންދެން ފެނުގައި ލުމަށްފަހު އެފެނާ އެކުގައެވެ..
ގަވާޢިދުން ކަދުރު ބޭނުންކުރާނަމަ، ގޮހޮރުގެ މައްސަލަތައް މެދުވެރިން ކުޑަކޮށް ދެއެވެ. ކަދުރަކީ ބޭރަށް ހިންގުމަށް ވެސް ހުރި ފަރުވާއެކެވެ. ސަބަބަކީ ކަދުރުގައި ހުންނަ ޕޮޓޭސިއަމްއަކީ ބޭރަށްހިންގުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާއަކަށްވާތީއެވެ.
ކަދުރަކީ ބައެއް ވައްތަރުގެ ކެންސަރުން އިންސާނާ ސަލާމަތްކޮށްދޭ އެއްޗެކެވެ. ކަދުރުގައި އެންޓި އޮކްސިޑެންޓް އެކުލެވިގެން ވުމަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް މިންޖުކޮށްދީ، ކެންސަރުން ރައްކާތެރިކޮށްދޭ ކަމެކެވެ. ކަދުރުގައި ވިޓަމިން އޭ ގިނަ މިންވަރަކަށް ހުރެއެވެ. ވިޓަމިން އޭ ގިނައިން ހުންނަ ކާނާ ބޭނުންކުރުމަކީ އަނގަޔާއި، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
ކަދުރަކީ ހިތުގެ ބަލިތަކުން ވެސް މީހާ ސަލާމަތްކޮށްދޭ މޭވާއެކެވެ. އެހެނީ އެއީ ސޯޑިއަމް މަދު ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. އެހެންކަމުން، މިއީ ހިތާއި ލޭހޮޅިތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދީ، އަދި ނާރުތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދޭ މޭވާއެކެވެ. ކަދުރުގައި އަޔަން އެކުލެވިފައިވުމުން ހަށިގަނޑުގެ ލޭ އިތުރުވެއެވެ. ކަދުރަކީ އެއްވެސް މިންވަރަކަށް ކޮލެސްޓްރޯލް ހިމެނޭ މޭވާއެއްނޫނެވެ.
މާބަނޑު އަންހެނުން ކަދުރު ބޭނުންކުރުމަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ކަދުރަކީ މާބަނޑު އަންހެނުންނަށް ދިމާވާ ވިހެއުމުގެ ވޭންތައް ކުޑަކޮށްދޭ މޭވާއެއް ވެސް މެއެވެ.
ކަދުރުގައި ވިޓަމިން އޭ އެކުލެވުމަކީ ލޮލުގެ ފެނުމުގެ މައްސަލަ ހުންނަން އެހީތެރިކަން ފޯރުކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް ނައިޓް ބްލައިންޑްނެސްގެ މައްސަލަ ހުންނަ މީހުންނަށް ކަދުރު ބޭނުންކުރުމުން އެކަމުގެ އުދަގޫ ކުޑަވެއެވެ.
މިހުރިހާ ފައިދާތައް އެކުލެވިގެންވާ ކަދުރަކީ ހަމައެކަނި ރޯދަމަހު ބޭނުންކުރަންޖެހޭ މޭވާއެއްކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް ކަދުރަކީ ރޯދަމަސް ނޫނަސް ކޮންމެ ދުވަހަކު ވެސް ބޭނުންކުރުމަށް އެންމެ ރަގަޅު މޭވާއެވެ.
www.heyobas.com niyaz, lhohi

ފަރުބަދަތަކުގެ ވާހަކަ ޤުރުޢާނުގައި..
އުނިއިތުރު ގެންނަވާދުނިޔެއާ ދުނިޔޭގައިވާހާ އެއްޗެއް ހެއްދެވީﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކެއްގެ ގޮތުގައި ކަން ޔަގީނެވެ. ހަމަަ އެހެންމެ ﷲ ގެ ކޮންމެ ހަލްގުކުރެއްވުމެއްގައިވެސް ހިކުމަތްތަކެއްވާނެކަން ޔަގީނެވެ. ފަރުބަދަތައް ކައިރިއަށްގޮސް އެ ބިޔަ ފަރުބަދަތައް ބަލާލުމުން ބުނަން ނޭގޭފަދަ އިހްސާސްތަކެއްކުރެއެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ
ފަރުބަދަތައް ގޮވާ ދުނިޔޭގައި ދަނީ އެތަކެއް ކާރިޡާހިނގަމުންނެވެ. އެތައްހާސް ބަޔަކު މަރުވެ އެތައް ސަހަރެއްވަނީ ފަނާވެފައެވެ. ވިސްނާބަޔަކަށް ހެކިތަކެއް ހުއްޓެވެ. ގަދަފަދަ ފަރުބަތައް ސިކުންތުކޮޅެއްތެރޭގައި ނެތި ފަނާވެދާދިއުމާ މެދު ވިސްނާލަމާތޯއެވެ.
ދުނިޔޭގެ އެންމެ އަޑިންފަށައިގެން އުފެދެމުން އައިސް ބިމުގެ މައްޗައް އެތައް ހާސް މީޓަރެއް އުފުލިފައިވާ ފަރުބަތައް ކުނޑިކުނޑިވެ އަޅިޔައްވެގެންދަނީ މަދެއްކޮށްނޫނެވެ. ފަރުބަދަ ގޮވާ އަޅިޔައްވެ ސަހަރުތައް ފޮރުވިގެންދެއެވެ. މިގޮތުން ދުނިޔޭގައި ކުޑަހިނދުކޮޅެއްގެތެރޭގައި ފަރުބަދަ ގޮވުމުން ފޮރުވިގެން ދިޔަ ރަށަކީ އިޓަލީވިލާތުގެ ޕޮމްޕެއިކިޔާ ރަށެވެ. އެއީ 79 ވަނައަހަރު އެތާހުރި ވެސުވިއަސް ފަރުބަދަ ގޮވުމުގެ ހާދިސާއެވެ.
ފަރުބަދަ ގޮވާއިރު ބިމުގެ އެންމެ އަޑިޔާ ހަމައިންފެށިގެން ގޮވައެވެ. އާންމުކޮށް ވޮލްކެނޯ ނުވަތަ އަލިފާން ފަރުބަދަތައް ގޮވާއިރު ވަރަށް ބޮޑު ވަޅުގަނޑެއް އުފެދެއެވެ. ބައެއް ވަޅުތަކުގެ ފުންކަމުން ރަނގަޅަށް އަޑި ސާފްކޮށް ފެންނަން ނުހުރެއެވެ. 1922 ވަނައަހަރު ވެސްޓް ޖާވާގައި ގޮވާފައިވާ ފަރުބަދަކައިރިއަށް އެ ދާއިރާގެ ތަޖުރިބާކާރު މީހުންނާއި އެކު އަޅުގަނޑު ގޮސް ހޭދަކޮށްލެވުނު ވަގުތު ﷲ ގެ ކުޅާދުންވަންތަކަމާއި ގަދަފަދަވަންތަކަން އިތުރަށް ޔަގީންވިއެވެ. އެ ބޮޑުފަރުބަދަ ގޮވާފައިވާ ވާތާ އެހާ ދުވަސްވީއިރުވެސް މިއަދާހަމަޔަށް ދުންއެރުން ނުހުއްޓެއެވެ. އަދި އެހިސާބުގައި ހެދޭ ގަސްތަކުގައި އާދަޔާ ހިލާފު ކަޅު ދެލިކުލައެއް ހުންނަކަން ފާހަގަކުރެވޭއިރު 2800 މީޓަރ މަތީގައި ފަރުބަދައިގެ ކައިރި ހިސާބެއްގައި ހުންނަ ފެންގަނޑުތަކުގައި ހޫނު އާވިއަރައަރާ ހުންނަމަންޒަރުފެނެއެވެ. ހަމަ އެހެންމެ އެސަރަހައްދުގެ ޖަންގަލީގެ ބައެއް ހިސާބުތައް ބަލާލުމުން ފެނިގެންދިޔައީ ފަރުބަދަ ގޮވުމުގެ ސަބަބުން އަޅިތައްބުރައިގެން ބައެއްގަސްތަކުގެ ބޮޑުބައެއް އަޅިގަނޑުގެ ތެރޭގައި ހުއްޓައެވެ. މި ކޮންމެ ކަމަކުންވެސް ވިސްނާބަޔަކަށް ހެކިތަކެއްވާނެކަންޔަގީނެވެ. ބުނެވޭގޮތުގައި މީވެސް ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ގޮވާފައިވާ ގޮވުމެކެވެ. ﷲ ކަމަކަށް ވާށޭ ވަހީކުރެއްވުމުން ލަސްވުމެއްނެތި އެކަމެއްވެދެއެވެ.
ބިމުގައިވާ ގަދަފަދަ ފަރުބަދަ ތަކުގެ ސަބަބުން ބިން ހަރުއްލައްވާ ގަދަކުރައްވަވާކަމަށް އަދި ބިން ހިފެހެއްޓުމަށްވާ ކަޑަތަކެއް ގޮތުގައި ފަރުބަތައް ސިފަކޮށް ބަޔާންކުރައްވާފައިވާ އާޔަތްތައް ފެންނާން އެބަހުއްޓެވެ.މިގޮތުން ސޫރަތުލް ނަބާގެ 7ވަނަ އާޔަތުގައިވަނީ ” އަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި، ތިމަންރަސްކަލާންގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟” މިފަދައިންނެވެ. އަދި ނަހުލު ސޫރަތުގެ 15 ވަނަ އާޔަތުގެ މާނައަކީ އަދި ތިޔަބައިމީހުންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާންގެ ލެއްވިއެވެ. އަދި ކޯރުތަކާއި މަގުތައް ލެއްވިއެވެ. (އެއީ) ތިޔަބއިމީހުންނަށް މަގު އެންގުމަށްތަކައެވެ. ނިކަން ވިސްނާލަމާތޯއެވެ. އެންމެ ފަރުބަދައެއް ގޮވާ ހަލާކުވާ ވަގުތަކީވެސް ދުނިޔޭގައި އެތައް ޅޮޅުންތަކެއް އަރާ ވަގުތެކެވެ. ބައެއްފަހަރަށް ޖިއޮގުރަފީގޮތުން އުފެދިފައިވާގޮަތަށް ބަދަލުވެސް އާދެއެވެ. އެތައް ބަޔަކު ތެޅިފޮޅި މަރުވެ ގެދޮރު ރޫޅި ސަހަރުތައް ފޮރުވެއެވެ.
އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް 1400 އަހަރުކުރިންވެސް ބިންސާބިތުވެ އޮތުމަށް ފަރުބަތައް ގުޅި ލާމެހިފައިވާކަން ﷲ ގެ އާޔަތްތަކުންފެންނަންއެބަހުއްޓެވެ. ފަރުބަތަކުގެ އުފެދުމާއި ފަރުބަދަތަކުގެ ބޭނުންވެސް މިވަނީ ތަފްސީލްކޮށް ﷲ ގެ ފޮތުގައި ބަޔާންކުރެވިފައެވެ، މިގޮތުން ސޫރަތުލް ބަގަރާގެ 32 ވަނަ އާޔަތާއި ، ސޫރަތުއް ނަބާގެ 7 ވަނަ އާޔަތް، ނަހުލު ސޫރަތުގެ 15 ވަނަ އާޔަތް، އަލް އަންބިޔާތް ސޫރަތުގެ 31 ވަނައާޔަތް، މުއްޒައްމިލް ސޫރަތުގެ 14 ވަނަ އާޔަތް، ނޫރު ސޫރަތުގެ 43 ވަނަ އާޔަތް، ލުޤުމާން ސޫރަތުގެ 10 ވަނައާޔަތް، ބަގަރާ ސޫރަތުގެ 20 ވަނަ އާޔަތުގައިވެސް ފަރުބަދަތަކާއި ބެހޭގޮތުން އައިސްފައިވެއެވެ. މިފުރިހަމަ އިލްމީ ހަގީގަތް މިއަދުގެ ސައިންސްވެރިންގެ ދިރާސާތަކުގެ ކުރިންވެސް ﷲ ގެ ފޮތުގައި މިވަނީ ސާފްކޮށް ބަޔާންކުރަށްވާފައެވެ niyaz lhohi, www.heyobas.com
އެމޭޒަން ޖަންގަލި
އުނިއިތުރު ގެންނަވާދުނިޔޭގައި އެންމެ ގިނަވައްތަރުގެ ދިރުންތައް އުޅޭ ސަރަހައްދަކީ ސައުތު އެމެރިކާ ބައްރުގައިވާ އެމޭޒަން ޖަންގައްޔެވެ. ބޮޑުމިނުގައި 1.7ބިލިއަން އޭކަރު ހުންނަ މި ޖަންގަލިވަނީ އެ ބައްރުގެ 9 ގައުމަކާއި ގުޅިފައެވެ. ޖަންގަލީގެ ބޮޑުބައެއް ހިމެނެނީ ބުރެޒިލްގެ ބިމުގައެވެ. އެއީ ޖަންގަލީގެ 60 ޕަސެންޓެވެ. ޖަންގަލީގެ 13 ޕަސެންޓް ޕެރޫގެ ބިމުގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު 10 ޕަސެންޓް ހިމެނެނީ ކޮލަމްބިއާގައެވެ. އަދި ހަމަ އެހެންމެ ވެނެޒުއޭލާ، ބޮލީވިއާ އަދިވެސް ސަރަހައްދުގެ އިތުރު ގައުމުތައްވަނީ ޖަންގައްޔާއި ގުޅިފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ޖަންގަލީގެ ގޮތުގައި ފާހަގަކުރެވިފައިވާ އެމޭޒަން ޖަންގަލީގައި ފަސްގަނޑު ތެއް ޗަސްބިންތަކާއި ފެންގަޑުތައް ހިމެނިފައިވާއިރު އެތަނަކީ އެންމެ ގިނަވައްތަރުގެ ގަސްގަހާގެއްސާއި ދިރޭތަކެތި އުޅޭކަން ފާހަގަކުރެވިފައިވާ ތަނެވެ.އެތައް ވައްތަރެއްގެ ދޫނީ ސޫފާފު އުޅޭއިރު އާންމުކޮށް ނުފެންނަ އެތައް ހާސް ގަސްގަހާގެއްސާއި ފަނިފަކުސާތައް އުޅެއެވެ. ހަމަ އެހެންމެ އިންސާނީ އެތައް ގަބީލާއެއް މި ޖަންގަލީގެ އެކި ހިސާބުތަކުގައި އުޅޭކަން ފާހަގަކުރެވެއެވެ. މިގޮތުން ދާދި ފަހުން ޕެރޫއާވީ ފަރާތުން ވެސް ދުނިޔެ ދެކެމުން މިދާ ތަރައްޤީގެ ކުލަވަރު އެއްވެސް ވަރަކަށް ނުފެންނަ ގަބީލާތައްވަނީ ފެނިފައެވެ. ހަމަ އެހެންމެ އެފަދަ ގަބީލާތައް ފެނުމުން ޖަންގައްޔައް އެކި ދިރާސާތައްކުރުމަށް ދާ ފަރާތްތަކުން އެމީހުން ރުޅިއެރުވުމުން ބޮޑެތި ލޭ އޮހޮރުވުންތައްވެސް ވަނީ ހިނގާފައެވެ. އެހެންކަމުން ދާދި ފަހަކުން 2011 ވަނަ އަހަރުގެ ފަހުކޮޅު ޕެރޫ ގެ ސަރުކާރުން އެ ސަރަހައްދުގައި ދިރިއުޅޭ އެފަދަ ގަބީލާތަކަށް އުނދަގޫ ނުކުރުމަށް ވަނީ ގޮވާލާފައެވެ.
އެމޭޒަން ޖަންގަލީގައި މަދުވެގެން 40,000ވައްތަރުގެ ގަސްގަހާގެހި ހުންނަކަންވަނީ ފާހަގަކުރެވިފައެވެ. އަދި ހަމަ މިއާއެކު 2.5 މިލިއަން ވައްތަރުގެ ކުދި ސޫފި އުޅޭކަންވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ހިނީގެ ވައްތަރުތަކާއި ނަގުލަންދާށި، ފަނި، ފަދަތަކެތި ހިމެނެއެވެ. ދުނިޔޭގައި އުޅޭ ދޫނީގެ ވައްތަރުތަކަށް ބަލާއިރު ކޮންމެ 5 ވައްތަރަކުން 1 ވައްތަރުގެ ދޫނި އުޅެނީ އެމޭޒަން ޖަންގަލީގައެވެ. މިގޮތުން 1 294 ވައްތަރުގެ ދޫނީ އެމޭޒަން ޖަންގަލީގައި އުޅެއެވެ. އަދި 2200 ވައްތަރުގެ މަސް އެމޭޒަން ޖަންގަލީގެ ފެންގަނޑުތަކުގައި އުޅޭއިރު ބަނޑުއަޅާ ވިހާ ބާވަތްތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ 427 ވައްތަރުގެ ދިރޭތަކެތި އުޅެއެވެ.އަދި މީގެ އިތުރަށްވެސް އެތަކެއް ބިލިއަން ވައްތަރުގެ ދިރޭތަކެތި އެމެޒަން ޖަންގަލީގައި އުޅޭކަން ފާހަގަކުރެވެއެވެ.
އެމޭޒަން ޖަންގައްޔަކީ ގަސްގަހާގެހިންވެސް މުއްސަނދިކަން ލިބިފައިވާ ތަނަކަށްވާއިރު ކޮންމެ 247 ހެކްޓަރގައި 90،790 ޓަނުގެ ގަސްހުރެއެވެ. އަދި ޖަންގަލީގެ 25 ޕަސެންޓް ގަސްތަކަކީ މޫސުމާއި ގުޅިގެން ބަދަލުތައް އަންނަ ވައްތަރުތަކެވެ.
ގިނަވައްތަރުތަކެއްގެ ދިރޭތަކެތި އުޅޭ މި ޖަންގަލީގައި އިންސާނުންނަށް ނުރައްކާވާފަދަ އެތަކެއްވައްތަރުގެ ދިރޭތަކެތި އުޅޭކަންވަނީ ފާހަގަކުރެވިފައެވެ. މިގޮތުން އިލކްޓްރިކް އީލް، އާއި ވެންޕަޔަރ ބެޓްސް ގެ ނަމުން ނަންދެވިފައިވާ ވާލުގެ ވައްތަރަކާއި ހަރުފައިގެ ވައްތަރުތަކާއި ވިހަގަދަ ބޮއް، ފަދަތަކެތި އުޅެއެވެ. އިލެކްޓރިކް އީލްއަކީ ކޯރުތަކުގައި އުޅޭ ވެނުގެ ވައްތަރެކެވެ. މިބާވަތުގެ ވެނަކީ ހަމަލާދޭއިރު އިލެކްޓްރިކް ސޮކެއް ޖައްސާއެއްޗެކެވެ. ވެންޕަޔަރ ބެޓްއަކީ ނުރައްކާތެރި ވައިރަހެއްއޭގެ ސަބަބުން ފެތުރޭއެއްޗެކެވެ ޅޮހި ނިޔާޒް، www.heyobas.com
ބުލޫ ރިންގް އޮކްޓޮޕަސް
އުނިއިތުރު ގެންނަވާބުލޫ ރިންގް އޮކްޓޮޕަސް އަކީ އިންޑިއާ ކަނޑާއި ޕެސިފިކު ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ ބޯވާގެ ވައްތަރެކެވެ. މި ބާވަތުގެ ބޯވާގެ 10 ވަރަކަށް ވައްތަރު އުޅޭކަން ފާހަގަކުރެވިފައެވެ. ބޯވާގެ އެހެން ވައްތަރުތަކާއި ހިލާފައް މި ބޯވާ އަކީ ކުޑަ އަދި ހަމަ އެހެންމެ އިންސާނުންނަށް ނުރައްކާ އެއްޗެއް ގޮތުގައި ފާހަނގަކުރެވިފައިވާ ބޯވާގެ ވައްތަރެކެވެ. މިބާވަތުގެ ބޯވާ ބޮޑަށް އުޅޭކަމަށް ފާހަގަކުރެވިފައިވަނީ އޮސްޓްރޭލިއާ އަދި އިންޑޮނޭސިއާފަދަ ޕެސިފިކުގައި ހިމެނޭ ގައުމުތަކުގެ ފަރުތަކުގައެވެ. ފެންނަ ފެނުމުގެ ވަރަށް ރީތި މި ބޯވާ ހަމަލަދީފިނަމަ އާދަޔާ ހިލާފު ބާރުގަދަ ވިހައެއްގެ އަސަރު އެ ހަމަލާ ދިން މީހަކަށްކުރެއެވެ. އާންމުކޮށް މިބާވަތުގެ ބޯވާގެ ބޮޑުމިނަކީ ގޮލްފް ބޯޅައެއް ވަރުނަމަވެސް މިބާވަތުގެ ބޯވާ އެންމެ ބޮޑުވާ ވައްތަރުގެ ބޯވާގެ ބޮޑުމިނަކީ 20 ސެންޓިމީޓަރާއި 8 ސެންޓިމީޓަރެވެ. އަދި އުމުރަކީ 2 އަހަރެވެ.
ބުލޫ ރިންގް އޮކްޓޮޕަސް އާންމުކޮށް ކައި އުޅެނީ ކުދި ކަކުނި އަދި ސުރިންޕްފަދަ ތަކެއްޗެވެ. ބޯވާގެ އެހެން ވައްތަރުތަކެކޭ އެއްގޮތަށް މި ބޯވާއަކީވެސް މާހައުލާއި ގުޅޭގޮތަށް ކުލަބަދަލުކޮށްލުލުގެ ގާބިލުކަންލިބިފައިވާ އެއްޗެކެޗެވެ. އެހެން ބޯވާގެ ވައްތަރުތަކާއި ހިލާފައް ކުޑަ މިބޯވާއަކީ ވިހަގަދަ ވިހައިގެ އަސަރުކޮށްފިނަމަ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިންސާނާ މަރާހަމަޔައް ގެންދާފަދަ އެއްޗެކެވެ. އިންސާނާއަށް މި ބޯވާ ހަމަލާދޭތާ ކުޑަ ހިނދުކޮޅެއް ތެރޭގައި އަވަސް ފަރުވާ ނުދެވިއްޖެނަމަ ހަށިގަނޑަށް ވިހަ ފެތުރި ސިކުނޑީގެ ހަރަކާތްހުއްޓި އެންމެ ފަހުން އެ ވިހައިގައި މަރުވެއެވެ.ނިޔާޒް ޅޮހި، www.heyobas.com
ފެހުރިހި(ވޭލް ޝާރކް
އުނިއިތުރު ގެންނަވާﷲ ކޮންމެ ދިރޭއެއްޗެއް ލެއްވުމުގައި ހިކުމަތަތްކެއް ވާނެއެވެ. އެހެނި ކޮންމެ ދިރޭ އެއްޗެއްވެސް ވަނީ އެކަތި އަނެކެއްޗާއި ގުޅި ލާމެހިފައެވެ. ހަމަ އެހެންމެ އެތަކެތި މަދުވުމަކީ އޭގެ ސަބަބުން އިންސާނުންނަށް ދަތިތަކެއް ކުރިމަތިވާނެފަދަ އެއްޗެކެވެ.މިގޮތުން ރާއްޖޭގައި މަދުވަމުންއަން ފެހުރިހި މިޔަރަށް ބަލަައިލާނަމެވެ. ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ތަކެތީގެ ތެރޭން ވޭލްސާރކް އަކީ ރާއްޖޭން މަދުވަމުންއަންނަ އެއްޗެކެވެ.ދިވެހިރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ އެންމބޮޑު މަހުގެ ގޮތުގައި ފާހަގަކުރެވޭ ވޭލްސާރކަށް ދިވެހި ބަހުންކިޔަނީ ފެހުރިހިއެވެ. ފެހުރިހިއާއި ބެހޭގޮތުން ދުނިޔޭގައި ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު އެންމެ ބޮޑުވާކަމަށް ފާހަގަކުރެވިފައިވާ ގޮތުން 12.65 މީޓަރ އެވެ. އެއީ 41.50 ފޫޓެވެ.
12.65 މީޓަރ ގެ ފެހުރިއެއްގެ ބަރުދަނުގައި ހުންނަނީ 21.5 ޓަނެވެ. ފެހުރިހިއަކީ ކަނޑުގައި ދިރިއުޅޭ މަސްތަކުގެ ތެރޭން ނިސްބަތުން ބޮޑު އަދި ފެހުރިހި އަކީ މިޔަރުގެ އެހެން ބާވަތްތަކާއި ތަފާތު ސިފަތަކެއް ލިބިފައިވާ މަހެކެވެ. މިޔަރުގެ ގިނަ ބާވަތްތަކީ މަސްފަދަ ތަކެތި ކައިގެން އުޅޭ އެއްޗެއްސެވެ. އަދި ބައެއްފަހަރަށް މިޔަރަކީ އިންސާނުންގެ ފުރާނަޔަށް ނުރައްކާވާފަދަ ހަމަލާތައް ދޭއެއްޗެކެވެ. ހަމަ އެހެންމެ ދުނިޔޭގެ އެކި ގައުުމުތަކުގައި މިޔަރުގެ ގިނަބާވަތްތަކަކީ ނުރައްކަތެރި ބިރުވެރި އެއްޗެއްގެ ގޮތުގައި ސިފަކުރެވިފައިވީނަމަވެސް ފެހުރިހި މިޔަރަކީ މުޅިން ތަފާތު ވައްތަރެއްގެ މިޔަރެކެވެ. އެއި ފެހުރިހި މިޔަރަކީ ބޮޑެތި މަސްކައި އެހެނިހެން ދިރޭ ތަކެއްޗައް ހަމަލާދިނުމުގެ ބަދަލުގައި ކަނޑުގައި އުލޭ ޕްލޭންކްޓަންފަދަ ތަކެތި ކައިގެން އުޅޭ އެއްޗެކެވެ. ފެހުރިހި މިޔަރު އާންމުގޮތެއްގައި އަނގަ ހާކޮށްގެން އުޅޭކަން ފާހަގަކުރެވިފައިވާއިރު އެއްވެސް އިންސާނަކަށް ނުރައްކަލެއް ނެތެވެ. އެހެންނަމަވެސް ފެހުރިހި މިޔަރު މަދުވުން އެއީ ނުރައްކަލެކެވެ. އެހެނީ ފެހުރިހިއަކީ ފެނުގެ ތެރޭގައި އުލޭ ފަނިފަކުސާތަކާއި އަދި އިންސާނުންގެ ގައިގައި ކަށިޖަހާ ބާވަތުގެ ތަކެތި ފެނުގެ ތެރޭން ކަމުން ދުވަމުންދާ އެއްޗެކެވެ. ފެހުރިހި މަދުވުމަކީ އެފަދަ ތަކެތި އެކަށީގެންވާވަރަށް ވުރެ ގިނަވެގެންދާނޭ ކަމެކެވެ. އަދި ހަމަ އެހެންމެ އިގްތިސާދީގޮތުންވެސް އޭގެ އަސަރުކުރެއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރޭން ކަނޑު ފީނާލުމަށް ފެހުރިހި ބަލާލުމަށް އަންނަ ޑައިވަރުންވެސް މަދެއް ނޫނެވެ. ރާއްޖޭގެ ފަަރުތަކުގެ ރީތިކަމާއި ގުޅިފައިވާ ފެހުރިހި އަކީ މިއަދު ރާއްޖޭގެ ފަރުތަކުންނާއި ކަނޑުތަކުން މަދުވަމުންއަންނަ މަހެކެވެ. ހަމަ އެހެންމެ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ތަކެތީގެ ލިސްޓްގައި ހިމެނެ މަހެކެވެ.