< ވިކިޕީޑިއާ:ހޮވާލެވިފައިވާ މަޒުމޫނު/އަރުޝީފު

ދަރުމަވަންތަ ރަސްގެފާނަކީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމުގައި ކަނޑައެޅުއްވި ރަސްގެފާނު އެވެ. ދަރުމަވަންތަ ރަސްގެފާނަކީ ޣައިރު ދީނަށް އަޅުކަންކުރައްވަމުން ގެންދެވި ފަރާތެކެވެ. ނަމަވެސް ދިވެހިރާއްޖެއަށް އިސްލާމް ދީން ފެތުރިގެންދިޔައީ މި ރަސްގެފާނުގެ ރަސްކަމުގައެވެ. ދަރުމަވަންތަ ރަސްގެފާނު މަޝްހޫރު ވެފައިވަނީ ތީމުގެ މަހާކަލަމިންޖާގެ ނަމުންނެވެ.

އަދި އިތުރަށް...


އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އުފަންވެ ވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެމްބަރ 1937 (ހިޖުރީ ސަނަތުން 26 ޝައްވާލް 1356) ވީ ބުދަ ދުވަހުގައެވެ. 1978 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވަނީ އެމަނިކުފާނެވެ. ދިވެހިރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް އިބްރާހިމް ނާސިރު އަށް ފަހު ގައެވެ. އެންމެ ފަހުން އެ މަނިކުފާނު ރައީސް ކަމަށް ހޮވިފައިވަނީ 2003ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ %90.02 އަޤްލަބިއްޔަތަކުންނެވެ. މިގޮތުން ރައއްޔިތުންގެ މެދުގައި ވޯޓު ނެގެނީ ކޮންމެ މީހުން ދިރިއުޅޭ ރަށެއްގައި އެމަނިކުފާނު ރައީސްކަމުގައި ދެމިހުރުމަށް ފެންނަ ނުވަތަ ނުފެންނަ ވޯޓަކުންނެވެ.

އަދި އިތުރަށް...


މިއީ މޭގަނޑެވެ.ފުރަމޭ ނުވަތަ (އިނގިރޭސި ބަހުން: Liver) އަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމް(އިނގިރޭސި ބަހުން: Metabolism) ގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް ވަޒީފާތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކަޖަން(އިނގިރޭސި ބަހުން: Glycogen)ރައްކާކުރުން، ޕްލާޒްމާ ޕްރޮޓީން(އިނގިރޭސި ބަހުން: Plasma protein) އުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ. ފުރަމޭގެ ބޮޑުބައި އޮންނަނީ ކަނާތް ފަރާތުގައެވެ. މިގުނަވަން އޮންނަނީ ފުއްޕާމޭއާއި ޑައަފްރަމްގެ ތިރިން ބަނޑާއި މޭ ގުޅޭ ހިސާބުގައެވެ. ފުރަމޭ އިން ބައިލް(އިނގިރޭސި ބަހުން: Bile) ކިޔާ ދިޔައެއް އުފައްދައެވެ. މިއީ ހަޖަމުކުރުމުގައި އެހީތެރިވެދޭ ދިޔައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރެވޭ ހެޕަޓިކް، ހެޕަޓޯ(އިނގިރޭސި ބަހުން: Hepatic/Hepato) ފަދަ ބަސްތަކުން ދޭހަކޮށްދެނީ ފުރަމޭ އާގުޅުންހުރި މިހެންނެވެ.

އަދި އިތުރަށް...


ތާރީޚީ އަދި ސަގާފީ ގޮތުން ބޫޓާން ވަނީ އުތުރަށް އޮތް ޓިބެޓާއި ގުޅިފައެވެ. ނަމަވެސް މިއަދު ސިޔާސީ އަދި އިގްތިޞާދީ ގޮތުން ހިންދުސްތާން އާއި ބޫޓާންގެ ގުޅުން އިތުރުކަން ފާހަގަ ކުރެވެއެވެ. 1907ން ފެށިގެން ބޫޓާންގައި އޮންނަނީ ރަސްކަމެވެ. ބޫޓާންގެ ރަސްކަލަކަށް ދުވަސްތަކެއް ވަންދެން ހުރި ޖިގްމޭ ސިންޔޭ ވަންޗުކް ވަނީ ޑިސެމްބަރު 2005 ގައި ގާނޫނީ ސަރުކާރެއް އެކުލަވާލާނެ ކަން އިޢުލާން ކޮށްފައެވެ. 14 ޑިސެމްބަރު 2006 ގައި ޖިގްމޭ ސިންޔޭ ވަންޗުކު ރަސްކަމުން އަޒުލުވެ ވަޑައިގެން އޭނާގެ ދަރިކަލުން ޖިގްމޭ ކޭސަރު ނަމްޔަލް ވަންޗުކު އޭނާގެ ބަދަލުގައި ތަޚްތަށް އިސްވާނެ ކަން އިޢުލާން ކުރިއެވެ. 22 އޭޕްރީލް 2007 ގައި ޖެހިގެން އޮތް 2008 ވަނަ އަހަރު ބޫޓާންގެ ތާރީކްގައި އޮންނަ ފުރަތަމަ ބަރުލަމާނީ އިންތިޚާބު އޮންނާނެ ކަން އިއުލާން ކޮށްފައި ވެއެވެ.

އަދި އިތުރަށް...


މީލާދީގެ 323 ގެ ކުރިން އެލެގްޒެންޑަރ ޛި ގްރޭޓް އަވަހާރަވުމުން މިޞްރުގެ ވެރިކަމަށް އިސްވީ އެލެގްޒެންޑަރގެ ދުވަސްވަރު ކޮމާންޑަރަކަށް ހުންނެވި ޕީޓޮލޮމީ ސޯޓަރ އެވެ. އިސްކަންދަރިއްޔާގެ ލައިޓް ހައުސް ( އަލި ކުރާގެ / އަލިކުރާ ބައްތި ) ބިނާކުރަން ފެށުނީ މިޞްރުގެ ވެރިކަމުގައި ޕީޓޮލޮމީ ސޯޓަރ ހުންނެވި ދުވަސްވަރު އެވެ. އެއީ މީލާދީގެ 290 އަހަރު ކުރިންނެވެ. ލައިޓް ހައުސް ބިނާކޮށް ނިމުނީ ކުރިން ބުނި ރަސްކަލުން އަވަހާރަވި ފަހުންނެވެ. އެއީ ލައިޓް ހައުސް ބިނާކުރަން ފެށިތާ 20 އަހަރު ފަހުންނެވެ. އާދެ މީލާގެ 270 އަހަރު ކުރިންނެވެ. އަދި މިއީ ދުނިޔޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު ލައިޓް ހައުސް ކަމުގައި ބުނެވެއެވެ. އެދުވަސްވަރު މިޞްރުގައި ހުރި ޕިރަމިޑް ނެގުމަށްފަހު ދުނިޔޭގައި ހުރި އެންމެ އުސްތަނެއްގެ ގޮތުގައި ބެލެވިފައިވަނީ ވެސް ލައިޓް ހައުސް އެވެ.

އަދި އިތުރަށް...


ލަފްޒީ ގޮތުން މައްކީ އާއި މަދަނީ އަކީ ދެ ތަނަށް ނިސްބަތްކުރާ ނިސްބަތްކުރުމެވެ. މައްކީއަކީ މައްކާއަށް ނިސްބަތްކުރާ ނިސްބަތްކުރުމެވެ. މަދަނީ އަކީ މަދީނާއަށް ނިސްބަތްކުރާ ނިސްބަތްކުރުމެވެ. ނަމަވެސް ޢިލްމުވެރިން މައްކީ ނުވަތަ މަދަނީ ނިސްބަތް ކުރަނީ ކުރިން ދެންނެވުނު ދެތަނަށް ނިސްބަތްކޮށެއް ނޫނެވެ. ޢިލްމުވެރިން މިދެނަން މައްކީ އާއި މަދަނީ ނިސްބަތްކުރަނީ ޒަމާނަށެވެ. ކީރިތި ޤުރުޢާނުގެ އެއާޔަތެއް ނުވަތަ އާޔަތްތަކެއް ބާވައިލެއްވުނު ވަގުތަށެވެ. ތަނަކަށް ނޫނެވެ.

އަދި އިތުރަށް...


މުޙައްމަދު އަމީން އަކީ ހުރާގޭ ޚާންދާނުގެ އެއްގޮފި ކަމުގައި ހިމެނޭ އަތިރީގޭ އާއިލާގެ ބޭފުޅެކެވެ. އެއީ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އެވެ. މަންމައަކީ ރޯނުގޭ އިބްރާހީމް ދީދީގެ ޢައިޝަތު ދީދީ އެވެ. މުޙައްމަދު އަމީން އުފަންވެ ވަޑައިގަތީ 20 ޖުލައި 1910 ގައި މާލޭގައެވެ. އެއީ ހިޖުރީގޮތުން 13 ރަޖަބު 1328 ގައެވެ. މުޙައްމަދު އަމީން ފުރަތަމަ ކައިވެނި ބައްލަވައިގަތީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންގެ ދަރިކަނބަލުން ފާޠިމަތު ސަޢީދު އާއެވެ. ފާޠިމަތު ސަޢީދުގެ ފަރާތުން މުޙައްމަދު އަމީން އަށް 3 ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އޭނާ އަވަހާރަވިއިރު ދުނިޔޭގައި އިންނެވީ އެންމެ ބޭފުޅެކެވެ. އެއީ ފާޠިމަތު ސަޢީދުގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި އައްނަބީލާ އަމީނާ މުޙައްމަދު އަމީން އެވެ.

އަދި އިތުރަށް...



ހަޖަމުކުރާ ނިޒާމް ނުވަތަ ނުވަތަ އިނގިރޭސި ބަހުން ނަމަ ޑައިޖެސްޓިވް ސިސްޓަމް އަދި އެލިމެންޓަރީ ކެނަލްގެ ނަންދީފައިވާ މި ނިޒާމަކީ އިންސާނާގެ ހަށިގަނޑުގައި އިންސާނާ ކާ ކާނާގެ ބާވަތްތައް ހަޖަމުކޮށްދޭ ނުވަތަ ހަޖަމުކުރުވާ ނިޒާމެވެ. ހަޖަމުކުރާ ނިޒާމްގެ މައިގަނޑު މަސައްކަތަކީ ކާތަކެތި ހަޖަމުކުރުމާއި، ހަށިގަނޑަށް ބޭނުންނުވާ ބައި ހަށިގަނޑުން ބޮޑު ކަމުދާ ތަކެތީގެ ސިފައިގައި ބޭރު ކުރުމެވެ.

އާދައިގެ ފިރިހެނެއްގެ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ބައިތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 6.5 މީޓަރު (20ފޫޓް) އެވެ. އަދި ހަޖަމުކުރާ ނިޒާމް އެކުލެވިގެންވަނީ މައިގަނޑު ދެބައެއްގެ މައްޗަށެވެ. އެއީ ހަޖަމުކުރާ ނިޒާމްގެ މަތީބައި، އަދި ހަޖަމުކުރާ ނިޒާމްގެ ތިރީބައެވެ.

އަދި އިތުރަށް...



ސެޕްޓެމްބަރު 2008

އުނިއިތުރު ގެންނަވާ

ސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) އަކީ މީލާދީން 1648 ން 1687 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1058 ން 1098 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1058 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ ރަސްކަލަކަށް އެންމެ ފުރަތަމަ އިސްކަންދަރު ކިޔުނީ މިރަދުންނަށެވެ. މިއީ ދިވެހި ތާރީޚްގައި މަޝްހޫރު 'އިސްކަންދަރު ރަސްގެފާނު' އެވެ.

އިސްކަންދަރު ރަސްގެފާނުގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ބައްޕާފުޅަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ)ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ބޮޑު ރަސްގެފާނު އެވެ. މިރަދުންނަކީ އުތީމު ޢަލީ ތަކުރުފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ބޭފުޅެކެވެ. މަންމާފުޅަކީ ކަނބާ ޢާއިޝާ އެވެ.

އަދި އިތުރަށް...



ނ. މަނަދޫ ކާސިންހާޖީ އަސްލު ނަންފުޅަކީ ޤާސިމް ހާރޫނެވެ. ކާސިންހާޖީއަކީ މަނަދޫއަށް އެކިގޮތްގޮތުން ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަޚުރުވެރި ދަރިއެކެވެ. ރާއްޖެއަށް ކުރިމަތިވި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މަނަދޫއަކީ ވަރަށް ގިނަ ބަޔަކު މަރުވެފައިވާ ރަށެކެވެ. ވަރަށް ބޮޑަށް ހާލުގައި ޖެހުނު ރަށެކެވެ. ސަރުކާރުން އެހީގެ ކާޑު ފޮނުއްވި ރަށްތަކުގެ ތެރެއިން އެއްރަށެވެ. އޭރު ސަރުކާރު ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލަގެފާނު މަނަދުއަށް ޒިޔާރަތް ކުރެއްވިއެވެ.

އަމީންދީދީ ލިޔުއްވާފައިވާ ގޮތުގައި މަނަދޫގައި ރަށުގެ ޙާލަށް ލޯހުޅުވި ހޭލުންތެރިހުރީ އެންމެ މީހެކެވެ. އެއީ އޭރު މަނަދޫ ކުޑަކަތީބު ކަމުގައި ހުންނެވި ކާސިންހާޖީއެވެ. ކާސިން ހާޖީވަނީ މަނަދޫގެ ވެރިކަމާއި މުދިންކަމާއި އިމާމްކަން ކުރައްވާފައެވެ. މުޅި އަތޮޅުގައި ނެތްވަރުގެ ތަނަވަސްވެރިއެކެވެ. ސީދާ ކޮޅުބަށް ވަޑައިގެން ވިޔަފާރިކަން ކުރެއްވިއެވެ. ރައްޔިތުންގެ މުހުތާދުތައް ފިލުވައި ހެއްދެވިއެވެ. މަސްދޯނިފަހަރު ދުއްވާ ހެއްދެވިއެވެ.

އަދި އިތުރަށް...



ސުލްޠާން އިބްރާހީމް އިސްކަންދަރު ނުވަތަ ސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) އަކީ މީލާދީން 1648 ން 1687 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1058 ން 1098 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1058 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ ރަސްކަލަކަށް އެންމެ ފުރަތަމަ އިސްކަންދަރު ކިޔުނީ މިރަދުންނަށެވެ. މިއީ ދިވެހި ތާރީޚްގައި މަޝްހޫރު 'އިސްކަންދަރު ރަސްގެފާނު' އެވެ.

އަދި އިތުރަށް...



އިބްރާހީމް ނާޞިރަކީ، ތުއްޕުޅު އިރުގައި ވަރަށް ދަތި ޙާލުކޮޅުގައި އުޅުއްވާން ޖެހިވަޑައިގަތް ބޭފުޅެކެވެ. ނަމަވެސް ފަހުން އައިސް އެމަނިކުފާނު ބަލަހައްޓަވައި ގެންގުޅުއްވީ އަދި ބޮޑުފުޅުވާންދެން ބެލެހެއްޓެވީ، ވެލާނާގޭ އަލްފާޟިލް މުޙައްމަދު އިބްރާހީމްދީދީއެވެ. އެމަނިކުފާނުގެ ބޮޑުބޭބެއެވެ. އިބްރާހީމް ނާޞިރަކީ، ވަރަށް ސާދާ ބޭފުޅެކެވެ. ކިޔަވަން އުޅުއްވީ ސޯސަންވިލާގައެވެ. އެމަނިކުފާނުގެ މިޒާޖުގައިވާ ގޮތުގެ މަތީން އެމަނިކުފާނަކީ ތެދުވެރި، އިޚްލާޞްތެރި، މީހުނަށް އޯގާވެރި ބޭފުޅެކެވެ. ޚިޔާނާތްތެރިކަމާއި ދޮގުހެއްދެވުމަކީ އެމަނިކުފާނުގައި މުޅިން ނެތް ކަމެއްކަމަށް އެމަނިކުފާނު ދަންނަ ގިނަ މީހުން ބުނެ އުޅެއެވެ.

އަދި އިތުރަށް...