ވާލޯބި އެނގޭނަމަ (ފިލްމް)
Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value).
'ވާލޯބި އެނގޭނަމަ...' އަކީ ރެޑް ޕްރޮޑަކްޝަން ގެ ފަރާތުން ޢަބުދުލް ފައްތާޙް ޕްރޮޑިއުސްކޮށް އަޙުމަދު ނިމާލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ އައިޝަތު ނީނާގެ ވާހަކައަކަށް މަހުދީ އަހްމަދު ސްކްރީންޕްލޭ ލިޔެފައިވާ ފިލްމެކެވެ.
'ވާލޯބި އެނގޭނަމަ...' ގެ ސްކްރީންޕްލޭ އެންމެ ފުރަތަމަ މަހުދީ ލިޔުނީ ވާހަކައިގައިވެސް އޮންނަ ގޮތަށް މާލެއަށް ބިނާކޮށެވެ. ނަމަވެސް ޑިރެކްޓަރ އަހުމަދު ނިމާލުގެ އެދުމަކަށް ޝޫޓިންގ ފަސޭހަކޮށް ފިލްމުގެ ޕްރޮޑަކްޝަން އަވަސްކުރުމަށްޓަކައި މުޅި ސްކްރީންޕްލޭ ޏ. ފޯއްމުލަކަށް ބަދަލުކުރީއެވެ.
ފައިނަލް ސްކްރީންޕްލޭއާއި ހަމައަށް ދެވުނީ 4 ރީރައިޓަށްފަހު ޖުމްލަ 80 ސީން އުނިކުރުމަށްފަހުއެވެ.
ސްކްރީންޕްލޭ ލިޔުނުއިރު، ފިލްމުގައި ފެންނަ ޑޮކްޓަރ ސުޖާގެ ކެރެކްޓަރވަނީ ފިލްމު 3 ގަޑިއިރަށްވުރެ ދިގުވިޔަ ނުދިނުމަށްޓަކައި އަސްލު ވާހަކައިގައި އުޅޭ ޑޮކްޓަރ ސުޖާއާއި އަދި އޭގައި ނިހާއާއި ފުރަތަމަ ދިމާވާ ޑްރަގް އެޑިކްޓްގެ ކެރެކްޓަރ އެއްކޮށްލާފައެވެ.
މިފިލްމަށްވަނީ ތަފާތު އެތަކެއް އެވޯޑްތަކެއް ލިބިފައެވެ.
ލިބިފައިވާ އެވޯޑްތައް
އުނިއިތުރު ގެންނަވާކޮކާކޯލާ މޯލްޑިވްސް ވީޑިއޯ މިއުޒިކް އެވޯޑް 2010
- އެންމެ މޮޅު ވީޑިއޯ ލަވަ : "" ވާލޯނބިއެގޭނަމަ"" - ޢަބުދުލް ފައްތާހު
- އެންމެ މޮޅު ރާގު : "" ވާލޯނބިއެގޭނަމަ"" - އިބްރާހީމް ނިފާރު
- އެންމެ މޮޅު އެކްޓަރ : ޔޫސުފް ޝަފީޢު - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް - 5
- އެންމެ މޮޅު އެކްޓްރެސް : މަރިޔަމް އަފީފާ - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް - 5
- އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސް : ފާތިމަތު ފަރީލާ - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް - 5
- އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ: މަހުދީ އަހުމަދު - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް - 5
- އެންމެ މޮޅު އެޑިޓިންގ : އަލީ މުސްތަފާ - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް - 5
- އެންމެ މޮޅު ސްކޯރ : އިބްރާހިމް ނިފާރު - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް - 5
- އެންމެ މޮޅު އޯޑިއޮގްރަފީ: މަހުދީ އަހުމަދު / އަލީ މުސްތަފާ - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް - 5
- އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން : ނާޒިޔާ އިސްމާއިލް - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް - 5
- އެންމެ މޮޅު ޑައިރެކްޓަރ : އަޙުމަދު ނިމާލް - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް - 5
- އެންމެ މޮޅު ކޮރިއޮގްރަފީ : "އަންނާށޭ" ފާތިމަތު ފަރީލާ - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް - 5
- އެންމެ މޮޅު އަމިއްލަ ރާގު : ވާލޯބި އެގޭނަމަ / އިބްރާހިމް ނިފާރު - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް - 5
- އެންމެ މޮޅު ފިލްމް : ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް - 5
- އެންމެ މޮޅު އަންހެން އާމޫނު: މަރިޔަމް އަފީފާ - ވާލޯބި އެނގޭނަމަ - މިއަދު ކްރިސްޓަލް އެވޯޑް - 2007
- އެންމެ މޮޅު އަމިއްލަ ރާގު: ވާލޯބި އެނގޭނަމަ - އިބްރާހީމް ނިފާރު - މިއަދު ކްރިސްޓަލް އެވޯޑް - 2007