އީރާން
އިސްލާމިކް ރިޕަބްލިކް އޮފް އީރާނަކީ ހުލަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. އެހެން ނަމަވެސް ބައެއް ފަހަރު މިއީ ދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެއް ކަމުގައި ވެސް ބަލައި އުޅެއެވެ.
Islamic Republic of Iran جمهوری اسلامی ايران Jomhūrī-ye Eslāmī-ye Īrān | |
---|---|
މޮޓޯ: (official) Esteqlāl, āzādī, jomhūrī-ye eslāmī 1 (Persian) "Independence, freedom, Islamic Republic" (national) | |
ގައުމީ ސަލާމް: Sorūd-e Mellī-e Īrān 2 | |
ވެރިރަށް and largest city | Tehran |
ރަސްމީ ބަސްތައް | Persian |
ސަރުކާރު | Islamic Republic |
Ayatollah Ali Khamenei | |
Mahmoud Ahmadinejad | |
8000 BCE | |
3400-550 BCE | |
728-550 BCE | |
550-330 BCE | |
248 BCE-224 CE | |
224–651 CE | |
May 1502 | |
1906 | |
1979 | |
• Water (%) | 0.7 |
އާބާދީ | |
• 2006 (1385 AP) census | 70,472,8463 (17th) |
ޖީޑީޕީ (ޕީޕީޕީ) | 2005 estimate |
• ޖުމްލަ | $610.4 billion4 (19th) |
• ބޮލަކަށް ޖެހެނީ | $8,9004 (71st) |
އެޗްޑީއައި (2004) | 0.746 Error: Invalid HDI value (96th) |
ފައިސާ | Iranian rial (ريال) (IRR) |
ޓައިމް ޒޯން | ޔޫޓީސީ+3:30 (IRST) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+3:30 (not observed) |
ކޯލް ކޯޑް | 98 |
އައިއެސްއޯ 3166 ކޯޑް | IR |
އިންޓަރނެޓް ޓީއެލްޑީ | .ir |
|
އަވަސް ކަޅިއަކުން ބަލައިލުމެއް
އުނިއިތުރު ގެންނަވާއީރާނުގެ ރަސްމީ ބަހަކީ ފާރިސީ ބަހެވެ. ފާރިސީ ބަހަކީ އަދަބީ ގޮތުން ވަރަށް ވެސް ކުރިއަރާފައިވާ މޮޅު އަދި ފުރިހަމަ ބަހެކެވެ. އިނގިރޭސި ބަހުން އީރާނުގެ މީހުންނަށް ކިޔަނީ އީރާނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތެހެރާނެވެ. އީރާނުގެ ވެރި ރަށަކީ ވެސް ތެހެރާނެވެ. އީރާނަކީ އިސްލާމިކް ތިއޮކްރެޓިކް ރިޕަބްލިކެކެވެ. ޤައުމުގެ އާބާދީއަކީ 83 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 17 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.65 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ir. އެވެ. ކޯލިން ކޯޑަކީ +98 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އީރާނިޔަން ރިޔާލެވެ.
ނަން
އުނިއިތުރު ގެންނަވާއީރާނުގެ ނަމެއްގެ ގޮތުގައި “އީރާން” މި ނަން ޢާއްމުކޮށް އިނގިރޭސި ބަހުން ބޭނުން ކުރަން ފަށާފައިވަނީ 1935 ހައި ތާނގައެވެ. އޭގެ ކުރީން ބައިނަލް އަޤްވާމީ މަސްރަޙުގައި އީރާނުގެ ނަން މަޝްހޫރުވެފައިވަނީ “ޕަރޝިޔާ” ގެ ނަމުންނެވެ. އެހެން ނަމަވެސް އީރާނުގެ މީހުންނަށް ކުރީން ވެސް އެއީ ހަމަ އީރާނެވެ. އީރާނުގައި މި ނަން، ސާސާނީންގެ ވެރިކަން ފެށުމާ ހަމައިގައި ވެސް އައީ ބޭނުން ކުރަމުންނެވެ. “އީރާން” މި ނަމުގެ މާނައަކީ “އާރިޔާއިިން (އާރިޔަނުން) ގެ ބިން” މި މާނައެވެ. މި ބަސް ނެގިފައިވަނީ “އާރިޔާނާ” މި ބަހުންނެވެ.
ޖުޣުރާފީ
އުނިއިތުރު ގެންނަވާއީރާނަކީ ބިމުގެ ގޮތުން ބަލާއިރު ދުނިޔޭގައި 18 ވަނައަށް އެންމެ ބޮޑު ޤައުމެވެ. އީރާނުގެ ބޮޑުމިން އަންދާޒާ ކޮށްލުމަށް ޓަކައި އެހެން ބައެއް ޤައުމުތަކާ އަޅާ ކިޔާލުމުން ވަރަށް ފަސޭހައިން އީރާނުގެ ބޮޑުމިން ތަޞައްވުރު ކުރެވިގެންދާނެއެވެ. މި ގޮތުން ބަލާއިރު އިނގިރޭސި ވިލާތާއި، ފަރަންސޭސިވިލާތާއި، ޖަރުމަނު ވިލާތާއި، އިސްޕޭން އެއްކޮށްލުމުން ވާ ވަރާއި އީރާން އެއްވަރެވެ. އީރާނުގެ ހުޅަނގު އުތުރުގައި އޮތީ އަޒަރުބައިޖާނާއި އަރުމީނިޔާއެވެ. އުތުރުގައި އޮތީ ކަސްބީ ކަނޑެވެ. އިރުއުތުރުގައި އޮތީ ތުރުކުމަނިސްތާނެވެ. އިރުމަތީގައި އޮތީ ޕާކިސްތާނާއި އަފްޣާނިސްތާނެވެ. ހުޅަނގުގައި އޮތީ ތުރުކީ އާއި ޢިރާޤެވެ. ދެކުނުގައި އޮތީ ޚަލީޖު އީރާނާއި ޚަލީޖު އޮމާނެވެ. އީރާނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ފަރުބަދަ ހުރި އެއް ޤައުމެވެ.
ތާރީޚު
އުނިއިތުރު ގެންނަވާއީރާނުގައި ޢީސާއީ މީލާދުގެ 9000 އަހަރު ކުރީން ވެސް މީހުން އުޅެފައިވާކަން އެނގެއެވެ. އީރާނަކީ ޔޫރަޕާއި އުތުރު އިންޑިޔާ އާއި މެދުތެރޭ އޭޝިޔާގެ ވަޒަންވެރީން ކަމުގައިވާ އާރިޔަނުންނާއި އިންޑޯ އާރިޔަނުންގެ ކާބަފައިންގެ ވަޒަނެވެ. އެތައް ޤަރުނެއް ކުރީއްސުރެ އީރާނުގެ ރަސްރަސްކަލުންގެ ނަންފުޅުގެ ކުރީގައި ބޭނުންކުރެވޭ ރަސްމީ ލަޤަބަކީ “ޝަހެންޝާހް އާރިޔާ މެހެރު” މި ނަންފުޅެވެ. މި ނަންފުޅުގެ މާނައަކީ “އާރިޔާއިންގެ އަލިކަމުގެ ވެރި ރަސްގެފާނެވެ.” މީލާދީން 651 ވަނަ އަހަރު މުސްލިމުން ވަނީ އީރާނުގައި ދިރިއުޅެން ފަށާފައެވެ. އަދި އީރާނުގެ އެތައް ބަޔަކު ވަނީ އިސްލާމްދީން ޤަބޫލުކޮށްފައެވެ. 1 އެޕްރީލް 1979 އިން ފެށިގެން އީރާނުގައި ކުރިން ހިނގަމުން އައި ރަސްކަން އުވި އިސްލާމީ ޖުމްހޫރިއްޔާއެއް ބިނާ ކުރެވުނެވެ. މިއަދު އީރާން ވެފައިވަނީ މުޅި ސަރަޙައްދުގައި ވެސް އޮތް އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމަށެވެ. ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުންނެވެ. އަދި އިޤްތިޞާދީ ގޮތުން ވެސްމެއެވެ. އީރާނުގެ ނިއުކްލިޔަރ ޤާބިލުކަމާމެދު ހުޅަނގުގެ ޤައުމުތަކުން ދަނީ ބިރުވެރިކަމުގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. އީރާނުގެ ތާރީޚަށް ކުރުގޮތަކަށް ބަލާނަމަ 625 މ.ކ އިން ފެށިގެން މީޑިޔަން އެމްޕަޔަރ އޮތުމަށް ފަހު 1501 އިން ފެށުނީ ސަފާވިދު ޑައިނާސްޓީގެ ވެރިކަމެވެ. އީރާނުގެ ފުރަތަމަ ޤާނޫނު އަސާސީ ތަޞްދީޤުކުރެވުނީ 1906 ވަނަ އަހަރުގައެވެ.
ޑެމޮގްރަފިކްސް
އުނިއިތުރު ގެންނަވާއާބާދީގައި 83 މިލިޔަން މީހުން ތިބި އީރާނަކީ މެދުއިރުމަތީގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ދުނިޔެއަށް ބަލާއިރު 17 ވަނަ އަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ޤައުމުގެ އާބާދީގެ 53% މީހުންނަކީ ފާރިސީ ނަސްލުގެ މީހުންނެވެ. 24% މީހުންނަކީ އަޒޭރީންނެވެ. 7% އަކީ ގިލާކީންނާއި މާޒާންދަރާނީންނެވެ. 3% އަކީ އަރަބީންނެވެ. 2% އަކީ ބަލޫޗީންނެވެ. މީގެ އިތުރުން ޖިޕްސީ ރެދިންނާއި ބްރާހުއީންނާއި ހަޒާރާއިންނާއި ކަލާޝުންނާއި ކަޒަކުން ވެސް އީރާނުގައި ދިރިއުޅެއެވެ.
ސަގާފަތު
އުނިއިތުރު ގެންނަވާއީރާނުގެ ސަގާފަތަކީ 4000 އަހަރުގެ ތާރީޚެއް އޮތް ސަގާފަތެކެވެ. އާޓާއި ފަންނުގެ ރޮނގުން ވެސް އީރާނަށް ލިބިފައިވަނީ މިޞްރަށް ވެސް ލިބިފައިވާފަދަ މަތިވެރި ވަނައެކެވެ. އަދަބިއްޔާތާއި ސަންގީތުގެ ރޮނގުގައި ވެސް އީރާނަކީ ފާހަގަކޮށްލެވޭ ފަދަ ޤައުމެކެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާއީރާނާ ދެކޮޅަށް އ.ދ ގެ ދާއިރާގެ ތެރެއިން ހުލަނގުގެ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކާ ހެދި އީރާނުގެ އިޤްތިޞާދަށް ހިންދަމާލެވޭ ގޮތެއް ނުވެއެވެ. އެހެން ނަމަވެސް އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4600 ޑޮލަރެވެ.