Open main menu

ވިކިޕީޑިއާ β

އިސްކަންދަރު ސުކޫލް

ފިހުރިސްތު

އިސްކަންދަރު ސުކޫލް އަކީ މާލޭގައި ހުރި އެންމެ ދުވަސްވީ ޕްރައިމަރީ ސުކޫލް އެވެ.


ތާރީޚްEdit

އިސްކަންދަރު ސުކޫލް ހުޅުވުނީ 10 މެއި 1961 ގައި ހަމީދިއްޔާ މޮންޓެސޫރީ ސުކޫލް ގެ ނަމުގައެވެ. އޭރު މިސުކޫލް އަކީ އަމީނިއްޔާ އަދި މަޖީދިއްޔާ އަށް ދާ ޕްރައިމަރީ ގްރޭޑް ތަކަށް ކުދިން ތައްޔާރުކުރުމަށް ކިޔަވައިދިނުމުގެ ކަރިކިއުލަމް ބައްޓަށްކޮށްގެން ކިޔަވައި ދެމުން ގެންދިޔަ ތަނެކެވެ. 1961 ވަނަ އަހަރު އިސްކަންދަރު ސުކޫލް ގައި ތިބީ 185 ދަރިވަރުންނާއި، ޕްރިންސިޕަލް އާއި އެކު ޖުމްލަ 6 ޓީޗަރުންނެވެ. 1970 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ސުކޫލްގެ ނަން ނާސިރިއްޔާ މޮންޓެސޫރީ ސުކޫލް ގެ ނަމަށް ބަދަލުކުރެވުނެވެ.1978 ވަނަ އަހަރު އިސްކަންދަރު ސުކޫލަށް އިތުރުކުރެވުނު 18 ކްލާސް ރޫމްގައި ޖުމްލަ 588 ދަރިވަރުން ތައުލީމް ޙާޞިލްކޮށްފައި ވެއެވެ. 1979 ވަނަ އަހަރު ސުކޫލް ގެ ނަން އަނެއްކާ ވެސް ބަދަލުކުރެވުނެވެ. އެފަހަރު ސުކޫލްގެ ނަމަކަށް ދީފައިވަނީ އިސްކަންދަރު މޮންޓެސޫރީ ސުކޫލް އެވެ. އެފަހަރު ސުކޫލަށް ނަންދެވުނީ ދިވެހި ރާއްޖޭގެ ރަސްކަލެއް ކަމުގައިވާ ސުލްޠާން އިބްރާހީމް އިސްކަންދަރު ގެ ނަމާއި ގުޅުވައިގެންނެވެ. ސުކޫލްގެ މިހާރުގެ ނަން އިސްކަންދަރު ސުކޫލް މިނަމަށް ނަން ބަދަލުކުރެވުނީ 1 ޖެނުއަރީ 1980 ގައެވެ. 1990 ވަނަ އަހަރު ގްރޭޑް 1 ން 5 އަށް ކިޔަވައިދޭ ފުރިހަމަ ޕްރައިމަރީ ސުކޫލަކަށް އިސްކަންދަރު ވެގެންދިޔައެވެ.

1961 ވަނަ އަހަރު 185 ދަރިވަރުން އިސްކަންދަރު ސުކޫލް ގައި ތިބިކަން ފާހަގަ ކުރެވެއެވެ. 1978 ގައި އިސްކަންދަރު ސުކޫލްގައި ތިބީ 588 ދަރިވަރުންނެވެ. 1999 ނިމުނުއިރު އިސްކަންދަރު ސުކޫލް ގައި 1519 ދަރިވަރުން ތައުލީމް ޙާޞިލްކުރަމުން ގޮސްފައި ވެއެވެ. 2000 ވަނަ އަހަރު އިސްކަންދަރު ސުކޫލަށް ގްރޭޑް 6 އަދި ގްރޭޑް 7 ތަޢާރަފްވުމަށްފަހު ސުކޫލްގެ އޭރުގެ އާބާދީ އަކީ 2115 ދަރިވަރުންނެވެ. 2005 އަހަރު ސުކޫލް ގެ އާބާދީ އަކީ 2287 ދަރިވަރުންނެވެ. ނަމަވެސް 2008 ވަނަ އަހަރު އިސްކަންދަރު ސުކޫލް ގެ ގްރޭޑް 1ން 7 އަށް ހިމެނޭ ކްލާސް ތަކުގައި ޖުމުލަ 2403 ދަރިވަރުން ކިޔަވަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ސުކޫލްގެ ނަންEdit

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސުލްޠާން އިބްރާހީމް އިސްކަންދަރު

އިސްކަންދަރު ސުކޫލްގެ ނަން އިސްކަންދަރު މޮންޓެސޫރީ ސުކޫލް އަށް ބަދަލުކުރެވުނީ 1979 ވަނަ އަހަރު އެވެ. އެފަހަރު ސުކޫލަށް ނަންދެވުނީ ދިވެހި ރާއްޖޭގެ ރަސްކަލެއް ކަމުގައިވާ ސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީކުލަ ރަންމީބަ މަހާރަދުން ގެ ނަމާއި ގުޅުވައިގެންނެވެ. ސުކޫލްގެ މިހާރުގެ ނަން އިސްކަންދަރު ސުކޫލް މިނަމަށް ނަން ބަދަލުކުރެވުނީ 1 ޖެނުއަރީ 1980 ގައެވެ.


ސުކޫލްގެ ހިންގި ފަރާތްތައްEdit

  • ފުރަތަމަ ޕްރިންސިޕަލް : މިސިޒް ވެންކިއުލަމްބާރގް
  • 1977 - 1982 : އަލްފާޟިލާ ފާތިމަތު ޙިލްމީ
  • 1982 - 1985 : މިސިޒް އެމްޑީއެސްޖީ ލިޔަނަގޭ
  • 1985 - 1991 : މިސިޒް އެލްއެސްޖީ ޑިސިލްވާ
  • 1991 - 1993 : އަލްފާޟިލާ މާނާ ރާފިޢު
  • 1993 - 1997 : އަލްފާޟިލް ޢަބުދުﷲ އިސްމާޢީލް
  • 1997 - 2000 : އަލްފާޟިލް ޢަބުދުﷲ ޒަމީރު
  • 2001 - 2002 : އަލްފާޟިލް މުޙައްމަދު ރަޝީދު
  • 2002 - 2004 : އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން
  • 2005 : ން ފެށިގެން މިހާރު : އަލްފާޟިލާ ޝިފާ މުޙައްމަދު

ސުކޫލްގެ ލަވަEdit

މީ ސްކޫލޭ މިތާ ހިތްދިރޭ

ދީ އުލޫމީ ހިޔާ މިފެތުރޭ

ރީތިހާ ގޮތް އުޅެން ދަސްކުރޭ

މީ އެޅޭ ބިންގަލޭ ހީކުރޭ

މީސްކޫލޭ މިތާ ހިތްދިރޭ

މީއެ އިސްކަންދަރު ސްކޫލް

މީއެ އިސްކަންދަރު ސްކޫލް


ސާފު ހުދު ،ރަތް ނިޝާން ދައްކައޭ

ސާފު މުސްލިމް ބައެކެ ބުނެދެއޭ

ސާފު މިނިވަން ބައެކެ އަންގައޭ

ސާފު ހިތަކުން އަމަލުތައް ކުރޭ

މީ ސްކޫލޭ ......


ވީ ހިލާލީ މި އިސްދޫ ބައޭ

އީ އުތީމާ ހުރާ އެކުގައޭ

ވީ ނުލޭ، ފެހި، ފިޔާތޮށި، ދަނބޭ

ވީމެ ވާދައިގެ ރޫހުންކެރޭ

މީ ސްކޫލޭ ......


ހުރުމަތާއެކު ޤަދަރު ދޭނަމޭ

ހަރުދަނާ ޖީލަކަށް ވާނަމޭ

ތެދުވެރި ކަމުގެ ޤައުމަށް އެދޭ

ޚިދުމަތުން ޤައުމު ކުރިއަށްނެރޭ

މީ ސްކޫލޭ .......


ހެޔޮ ދުޢާ ކުރަމެ ﷲ އަށް

ހެޔޮވި ރަޙުމަތް އަބަދު ލެއްވުމަށް

މާތްވެރިންނަށް ނަޞްރު ދެއްވުމަށް

ވާށި އެންމެން މި ނިޢުމަތްތެރޭ

މީ ސްކޫލޭ މިތާހިތްދިރޭ

މީއެ އިސްކަންދަރު ސްކޫލް

މީއެ އިސްކަންދަރު ސްކޫލް

އިސްކަންދަރު ސްކޫލް


  • ލަވަ ހެއްދެވީ: ޒުހުރާ އިބްރާހިމް (ހ. ޖީރާނު)


ކާމިޔާބީތައްEdit

2001Edit

  • އިންޓަރ ސުކޫލް ލަވަ މުބާރާތުގެ 9 އަހަރުން ދަށް އަންހެންކުދިން ބައިން 2 ވަނަ - އިސްކަންދަރު ސުކޫލް
  • އިންޓަރ ސުކޫލް ލަވަ މުބާރާތުގެ 11 އަހަރުން ދަށް ފިރިހެންކުދިންގެ ބައިން 2 ވަނަ - އިސްކަންދަރު ސުކޫލް
  • އިންޓަރ ސުކޫލް ލަވަ މުބާރާތުގެ 11 އަހަރުން ދަށް ފިރިހެންކުދިންގެ ބައިން 1 ވަނަ - އިސްކަންދަރު ސުކޫލް
  • އިންޓަރ ސުކޫލް ލަވަ މުބާރާތުގެ 13 އަހަރުން ދަށް ފިރިހެންކުދިންގެ ބައިން 3 ވަނަ - އިސްކަންދަރު ސުކޫލް
  • އިންޓަރ ސުކޫލް ލަވަ މުބާރާތުގެ ޖޫނިއަރ ގުރޫޕުން 1 ވަނަ ސުކޫލް - އިސްކަންދަރު ސުކޫލް
  • 8 ވަނަ އިންޓަރ ސުކޫލް ނެޓްބޯޅަ މުބާރާތުގެ 11 އަހަރުން ދަށުގެ އަންހެންކުދިންގެ ބައިން ރަނަރއަޕް - އިސްކަންދަރު ސުކޫލް
  • 8 ވަނަ އިންޓަރ ސުކޫލް ނެޓްބޯޅަ މުބާރާތުގެ 11 އަހަރުން ދަށުގެ ފިރިހެންކުދިންގެ ބައިން ރަނަރއަޕް - އިސްކަންދަރު ސުކޫލް
  • 8 ވަނަ އިންޓަރ ސުކޫލް ނެޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެންކުދިންގެ ބައިން ރަނަރއަޕް - އިސްކަންދަރު ސުކޫލް
  • 8 ވަނަ އިންޓަރ ސުކޫލް ނެޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެންކުދިންގެ ބައިން ރަނަރއަޕް - އިސްކަންދަރު ސުކޫލް

2002Edit

  • އިންޓަރ ސުކޫލް ލަވަ މުބާރާތުގެ 11 އަހަރުން ދަށް ފިރިހެންކުދިންގެ ބައިން 2 ވަނަ - އިސްކަންދަރު ސުކޫލް
  • އިންޓަރ ސުކޫލް ލަވަ މުބާރާތުގެ 11 އަހަރުން ދަށް ފިރިހެންކުދިންގެ ބައިން 1 ވަނަ - އިސްކަންދަރު ސުކޫލް
  • އިންޓަރ ސުކޫލް ލަވަ މުބާރާތުގެ ޖޫނިއަރ ގުރޫޕުން 3 ވަނަ ސުކޫލް - އިސްކަންދަރު ސުކޫލް
  • އިންޓަރ ސުކޫލް ލަވަ މުބާރާތުގެ ޖޫނިއަރ އޭޖް ގުރޫޕުން 3 ވަނަ - އިސްކަންދަރު ސުކޫލް
  • 8 ވަނަ ގައުމީ ގުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފި 11 އަހަރުން ދަށުން 2 ވަނަ - އިސްކަންދަރު ސުކޫލް
  • އިންޓަރ ސުކޫލް ފުޓްބޯޅަ މުބާރާތުގެ 11 އަހަރުން ދަށުގެ ޗެމްޕިއަން - އިސްކަންދަރު ސުކޫލް
  • އިންޓަރ ސުކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ 3ވަނަ މަގާމް - އިސްކަންދަރު ސުކޫލް

އިތުރު ފާލަންތައްEdit