އަތްދަނޑި(އިނގިރޭސި ބަހުން: Forearm) އަކީ އަތުގެ އުޅަބޮށި ހުޅުން ފެށިގެން ކުޑަ ހުޅު އާއި ދެމެދުގައިވާ ބަޔެވެ.އަތްދަނޑީގައި ހިމެނެނީ މައިގަނޑު ދެކަށިގަނޑެވެ. އެއީ ރޭޑިއަސް ކަށިގަނޑު އަދި އުޅަބޮށި ކަށިގަނޑު އެވެ. މިބުނި ދެކަށިގަނޑުގެ ދެމެދުގައި އިންޓަރޯސިއަސް މެންބްރޭން ކިޔާ ފުޅާ ތުނި ފައިބަރަސް ޓިޝޫގެ ފަށަލަ އެއް ވެއެވެ. އާންމު ގޮތެއްގައި އަތްދަނޑީގެ ކުރިމައްޗަށްވުރެ ފަހަތު ގައި އިސްތަށި ގިނަވާނެއެވެ. ތަފާތު ހަރަކާތްތައް ކުރުމުގައި އެހީތެރިވެދޭ އެތައް މަސްގަނޑު ތަކެއް އަތްދަނޑި ހިމެނޭ ހިސާބުގައިވެއެވެ. މިމަސްތަކުގެ ހަރަކާތް ކޮންޓްރޯލް ކުރަނީ މައިގަނޑު 3 ނާރަކުންނެވެ. އެއީ މީޑިއަން ނާރު، ރޭޑިއަލް ނާރު، އަދި އަލްނާ ނާރު އެވެ. މިހިސާބަށް ލޭ ފޯރުކޮށްދެނީ ރޭޑިއަލް އާޓަރީ އަދި އަލްނާ އާޓަރީ އިންނެވެ.

އަތްދަނޑި
Upper limb, forearm pronated. The forearm is the part of the upper limb between the elbow and the wrist.
Latin antebrachium
MeSH Forearm
Dorlands/Elsevier a_45/12138967