ކޮން ސިންޑްރޯމް
ކޮން ސިންޑްރޯމް (އިނގިރޭސި ބަހުން: Conn's Syndrome)އަކީ އެޑްރީނަލް ގްލޭންޑްގެ ބޭރު ތޮށި ފަލަ އެޑްރީނަލް ކޯޓެކްސް އިން ދޫކުރާ މިނެރަލޯ ކޯޓިކޮއިޑް ހޯރމޯން އެއް ކަމުގައިވާ އެލްޑޮސްޓެރޯން ދޫކުރުން އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެލްޑޮސްޓެރޯންގެ (އެލްޑޮސްޓެރޯން އިތުރުވުމުން ) ސަބަބުން ލޮނު އަދި ފެން ހަށިގަނޑުގައި ޖަމާވެ، ގުރުދާ އިން ޕޮޓޭސިއަމް ބޭރުކުރާ މިންވަރު މަތިވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ލޭމައްޗަށްދިއުން މެދުވެރި ކުރުވައެވެ. ގުރުދާއިން ޕޮޓޭސިއަމް ބޭރުކުރާ މިންވަރު އިތުރުވުން ލޭގައި ޕޮޓޭސިއަމް މަދުވުން ގެ މައްސަލަ ފެންމަތި ކުރުވައެވެ.