ކުޑަ ގޮހޮރު ޖޫސް އަކީ ކުޑަ ގޮހޮރު ގެ ފާރުގައި އެކުލެވޭ ގްލޭންޑް ތަކުން ބޭރުކުރާ ދިޔަ އެކެވެ. މިދިޔަ ހުންނަނީ ސާފު ނުވަތަ މަޑު ރީދޫ ކުލައަކަށެވެ. މިދިޔައިގެ މަސައްކަތަކީ ޗިސްމޭ ޖޫސް އިން ކުރަން ފެށި މަސައްކަތް ފުރިހަމަ ކުރުމުގައި އެހީތެރި ވެދިނުމެވެ. ނުވަތަ ފުރިހަމަ ކުރުމެވެ.

ދުވާލަކު ގާތްގަނޑަކަށް 1 ލިޓަރުގެ ކުޑަ ގޮހޮރު ޖޫސް(އިނގިރޭސި ބަހުން: Intestinal juice) އުފައްދައެވެ. ކުޑަ ގޮހޮރު ޖޫސް ގައި އެކުލެވިގެންވާ ބައިތައް ތިރީގައި މިވަނީ އެވެ.

އަލްކަލައިން ދިޔަ

އުނިއިތުރު ގެންނަވާ

ކުޑަ ގޮހޮރު ޖޫހުގައި އަލްކަލައިން ތަބީޢަތުގައި ހުރި ދިޔައެއް އެކުލެވެއެވެ. މިއީ ކުޑަ ގޮހޮރުގެ އެތެރޭ ތެތް ދުލިފަށުގެ ސަތަހައިގައި އެކުލެވޭ ކްރިޕްޓް އޮފް ލެއިބަރކުން(އިނގިރޭސި ބަހުން: Crypt of Lieberkuhn) އިން ބޭރުކުރާ ދިޔައެކެވެ. މިިދިޔައިގައި މައިގަނޑު ގޮތެއްގައި ހުންނަނީ ސޯޑިއަމް ކްލޮރައިޑް އަދި ސޯޑިއަމް ބައިކާބޮނޭޓް އެވެ. އެކަމަކު ހަޖަމުކުރާ އެންޒައިމް ތަކެއް މިދިޔައިގެ ތެރޭގައަކު ނުހުރެއެވެ. މިދިޔަ ކުޑަ ގޮހޮރުގެ ތެރެއަށް ކްރިޕްޓް ތަކުން ދޫކުރާތާ އިރުކޮޅެއްގެ ތެރޭގައި ވިލަސް ތަކުން އަނެއްކާ ވެސް މިދިޔަ ހަށިގަނޑަށް ނުވަތަ ވިލަސް ގެ ތެރެއަށް ދަމައިގަނެއެވެ.

މިޔޫކަސް ނުވަތަ ދަވަ(އިނގިރޭސި ބަހުން: Mucus) ބޭރުވަނީ މިޔޫސިންގެ ގޮތުގައެވެ. އެއަށްފަހު ދިޔާވެ، މިޔޫކަސް ނުވަތަ ޖެލް ފާޑުގެ ދަވަ އަށް ބަދަލުވެއެވެ. ގޮބްލިޓް ސެލް(އިނގިރޭސި ބަހުން: Goblet cell) ތަކާއި އެޕިތީލިއަލް ސެލްތަކުން ބޭރުކުރާ ދަވަތަކުން ދަވައިގެ ފޮށާ(އިނގިރޭސި ބަހުން: Mucus blanket) އެއް އުފެދިގެން ދެއެވެ. މީގެ ބޭނުމަކީ ކުޑަ ގޮހޮރުގެ އެޕިތީލިއަމް ނިވާކޮށް، ތެޔޮކޮށްދީ ރައްކާކޮށްދިނުމެވެ. ނަމަވެސް ބްރަނާރސް ގްލޭންޑް(އިނގިރޭސި ބަހުން: Brunner's gland ތަކުން ބޭރުކުރާ ދަވަތައް ކުޑަ ގޮހޮރުގެ ފުރަތަމަ ޑުއަޑީނަމްގެ އެތެރޭގެ ތެތްދުލިފަށް ގެސްޓްރިކް އެސިޑް ނުވަތަ ހައިޑްރޯކްލޮރައިޑް އިން ހިމާޔަތްކޮށްދެއެވެ.

މިޔޫކޯސަލް ސެލް

އުނިއިތުރު ގެންނަވާ

އާންމު ގޮތެއްގައި މިޔޫކޯސަލް ސެލް (އިނގިރޭސި ބަހުން: Mucosal cell) ތައް ހުއްޓުމެއްނެތި ކުޑަ ގޮހޮރުގެ ތެރެއަށް ފައިބަފައިބާ ހުރެއެވެ. އަދި ކުޑަ ގޮހޮރު ޖޫހާއި މިސެލްތައް އެއްވެގެން ދެއެވެ. މިސެލްތަކުގައި ހަޖަމުކުރާ އެންޒައިމްތައް ހުރެއެވެ.