ބަލިވެއިނުން ވިހަވުން(އިނގިރޭސި ބަހުން: Preeclampsia) އަކީ ބަލިވެ އިންތާ 20 ވަނަ ހަފްތާގެ ފަހުން ލޭމައްޗަށްދިއުން މެދުވެރިވުމެވެ. ބަލިވެއިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުން(އިނގިރޭސި ބަހުން: pregnancy induced hypertension) ނުވަތަ ބަލިވެއިނުން ވިހަވުން ކަމުގައި ބެލެވެނީ ބަލިވެއިންނަތާ 20ވަނަ ހަފްތާގެ ފަހުން ލޭގެ ޕްރެޝަރ މައްޗަށްދިއުމަށެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި ފެންޖަމާވެ، ކުޑަަކަމުދާތަކެތީގައި ޕްރޮޓީން ހުރިކަން ފާހަގަވާނެ އެވެ. ބަލިވެއިނުން ވިހަވުމުގެ ނުރައްކާތެރި ހާލަތްތަކުގައި މައިމީހާގެ ލެޔާއި، ގުރުދާއާއި، ސިކުނޑިއާއި، އެހެނިހެން ގުނަވަން ތަކަށް އެކަމުގެ އަސަރު ފޯރައެވެ. މިކަމުގެ ސަބަބުން ވަރުން މަދުން ނަމަވެސް ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ. މިކަމުގެ ސަބަބުން ކޮންވަލްޝަން(Convulsion)ގެ ހާލަތަށް ގޮސްފިނަމަ އެކްލެމްސިއާ(އިނގިރޭސި ބަހުން: eclampsia) އޭކިޔައެވެ. ކޮންވަލްޝަންގެ މާނައަކީ ހަށިގަނޑުގެ މަސްތައް ތިމާގެ ބާރަކާއިނުލައި ކޮންޓްރެކްޓް ވުމެވެ.

ބަލިވެއިނުން ވިހަވުން ކުރިމަތިވަނީ ކިހެނެއް؟

އުނިއިތުރު ގެންނަވާ

ބަލިވެއިނުން ވިހަވުން ކުރިމަތިވަނީ ކަނޑައެޅިގެން ވަކި ސަބަބަކާއި ގުޅިގެންކަން އަދި ހޯދިފައެއް ނުވެއެވެ. ކޮންމެ %8އިންސައްތަ މާބަނޑު އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ. އާންމުގޮތެއްގައި މިމައްސަލަ ކުރިމަތިވަނީ އަލަށް ބަލިވެއިންނަ ފަހަރުގައެވެ. އުމުރުން 25އަހަރުވުމުގެ ކުރިން ބަލިވެއިންނަ މީހުންނާއި، އުމުރުން 35ވުމަށް ފަހު ބަލިވެއިންނަ މީހުންނަށް ވެސް މިމައްސަލަ ކުރިމަތިވެއެވެ. އާންމުކޮށް ލޭގެ ޕްރެޝަރ މައްޗަށްދިއުމުގެ މައްސަލަ ހުންނަ މީހުންނާއި، ހަކުރު ބައްޔާއި، ގުރުދާގެ ބަލިތައް ހުންނަ މީހުންނާއި، އެއްކުއްޖަކަށް ވުރެ ގިނަކުދިން ބަނޑުގައިވާ މީހުންނަށް ބަލިވެ އިނުން ވިހަވުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑެެވެ.

ބަލިވެއިނުން ވިހަވުމުން ކުރިމަތިވާނެ އުދަގޫތައް

އުނިއިތުރު ގެންނަވާ

ބަލިވެއިނުން ވިހަވުން އާދައިގެ ވަރެއްގައި ހުރިނަމަ އެއްވެސް އަލާމާތެއް ނުފެނި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ބަލިވެއިނުމަށް ފަހު ޑޮކްޓަރަށް ދައްކާ ފަހަރެއްގައި ރަގަޅަށް ޓެސްޓްކޮށް ހަށިގަނޑު ޗެކްކުރާށެވެ. ބަލިވެއިނުން ވިހަވުން ފަދަ ކަމެއް ހުރިނަމަ އެކަން ޑޮކްޓަރުން ހާމަކޮށްދޭނެއެވެ. އާދައިގެ ވަރެއްގައި ބަލިވެއިނުން ވިހަވުމުގެ މައްސަލަ ހުރިނަމަ އަންނަނިވި އަލާމާތްތައް ފެނިދާނެއެވެ. (ހ) ލޭގެ ޕްރެޝަރ މައްޗަށް ދިއުން (ށ) ކުޑަކަމުދާތަކެތީގައި ޕްރޮޓީން ހުރުން (ނ) ހަށިގަނޑުގައި ފެން ޖަމާވުން(Water retension/edema) ނަތީޖާއެއްގެ ގޮތުން ފަޔާއި،ފައިތިލަ އަތާއި މޫނު ދުޅަވެ ފޮއްސިވުމަކީ ވެދާނެކަމެކެވެ. ނުރައްކާތެރި ހާލަތެއްގައި ބަލިވެއިނުން ވިހަވުމުގެ މައްސަލަ ހުރިނަމަ ކުރިން ބަޔާންކުރެވުނު އަލާމާތްތަކުގެ އިތުރުން އަންނަނިވި އަލާމާތްތައް ފެނިދާނެއެވެ. (ހ) ބޮލުގައި ރިހުން (ށ) ލޮލުގެ ފެނުމަށް ބަދަލުއައުން (ނ) މޭނުބައިކުރުމާއި ހޮޑުލެވުން (ރ) ބަނޑުގެ މަތިން ކަނާތްފަރާތުގައި ރިއްސުން (ބ) ނޭވާ ކުރުވުން (ޅ) ކޮންމެވެސް ވަރަކަށް ހޭވެރިކަން ގެއްލުން .

ބަލިވެއިނުން ވިހަވުން ދެނެގަތުން

އުނިއިތުރު ގެންނަވާ

ބަލިވެއިނުމަށް ފަހު ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ލޭގެ ޕްރެޝަރ ޗެކްކޮށް ކުޑަކަމުދާތަކެތި ތަހުލީލު ކުރުމަށް ޑޮކްޓަރުން ލަފާދޭނެއެވެ. ބަލިވެއިނުން މައްސަލަ ހުރިތޯ ޔަގީންކުރުމަށް ލޭގެ ޓެސްޓެއް ވެސް ހަދަން ޖެހެއެވެ. ފުރަތަމަ ހަދާ ޓެސްޓްތަކުން ބަލިވެއިނުން ވިހަވުމުގެ މައްސަލަ ހުރިކަމަށް ޝައްކުކުރެވޭނަމަ ލޭގެ އިތުރު ޓެސްޓްތައް ހަދަން ޖެހެއެވެ.

ބަލިވެއިނުން ވިހަވުން ކުރިމަތިވެފައިވާނަމަ ވީވަރަކުން އަރާމުކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. ތަނެއްގައި އޮށޯވެ އޮންނައިރު ވާތްފަރާތަށް ބުރަވެއޮތުމަކީ ރަގަޅު ކަމެކެވެ. ބަރާބަރަށް ޑޮކްޓަރަށް ދައްކައި ލޭގެ ޕްރެޝަރ ޗެކްކުރަން ހަދާންކުރާށެވެ. މިކަމުގެ ސަބަބުން ކުރިމަތިވާ އަލާމާތްތައް އިތުރުވެ، ނުރައްކާވާ ހާލަތުގައި ހޮސްޕިޓަލުގައި އެދުމަތި ކުރަންޖެހެއެވެ. ބައެއްފަހަރު ލޭގެ ޕްރެޝަރ ތިރިކުރުމަށް ބޭސް ދީއުޅެއެވެ. ނަމަވެސް މިފަދަ ހާލަތުގައި ރަގަޅުވާނީ ލޭގެ ޕްރެޝަރ މައްޗަށް ދިއުމާއި ގުޅިގެން ފެންނަ އުދަގޫތަކެވެ. މިކަމުގެ ސަބަބުން އަވަހަށް ވިހަންޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ބަލިވެއިނުން ވިހަވުމުގެ އަސަރު ދެމިހުން މުއްދަތު

އުނިއިތުރު ގެންނަވާ

ބަލިވެއިނުން ވިހަވުމުން ދިމާވާ އުދަގޫތަކުގެ އަސަރު ވިހެއުމަށްފަހު ދުވަސްކޮޅެއްގެ ތެރޭގައި ފިލައިދެއެވެ. ވަގުތުން ޑޮކްޓަރަށް ދައްކަން ޖެހެނީ ކޮންހާލަތެއްގައި ؟ އަންނަނިވި ހާލަތްތަކުގައި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސަމާލުވާށެވެ. 1-އާދަޔާޚިލާފަށް ބޮލުގައި ރިހުން 2-ލޮލުގެ ފެނުމަށް ބަދަލުއައުން 3-ބަނޑުގައި ރިހުން 4-ކުއްލިއަކަށް ބަރުދަން އިތުރުވުން

ބަލިވެއިނުން ވިހަވުމުން ރައްކާތެރިވުން

އުނިއިތުރު ގެންނަވާ

ޔަގީންކަމާއި އެކު ބަލިވެއިނުން ވިހަވުމުން ރައްކާތެރިވާނޭ ގޮތެއް އަދި ހޯދިފައެއް ނުވެއެވެ. ބަލިވެއިނުމާއި ގުޅިގެން ލޭމައްޗަށް ދިއުމަށް އެހީވެދޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. މީގެތެެރެއިން ބައެއް ކަންތަތަކީ ކޮންޓްރޯލް ކުރެވިދާނެ ކަންތައްތަކެވެ. އަނެއްބައި ކަންތައްތަކަކީ ކޮންޓްރޯލް ނުކުރެވޭނެ ކަންތައްތަކެވެ. ޑޮކްޓަރަކާއި މަޝްވަރާކުރުމަށްފަހު ދެއްވާ ލަފަޔާއި އެއްގޮތަށް ކެއުން ބަދަލުކުރާށެވެ. އަދި ބަރާބަރަށް ކަސްރަތު ކުރަން އާދަކުރާށެވެ. ބަލިވެއިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުން ކުޑަކުރުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަށް ހަދާންކުރާށެވެ. 1-ކާނާގައި ވީވަރަކުން ލޮނު ބޭނުންކުރުން މަދުކުރުން 2-ދުވާލަކު 6ނުވަތަ 8ތަށި ފެން ބުއިން 3-ވީވަރަކުން އަރާމުކުރުން 4-ބަރާބަރަށް ކަސްރަތު ކުުރުން 5-ތަނެއްގައި އޮށޯވެ އޮންނައިރު ވާތްފަރާތަށް ބުރަވެއޮތުން 6-ކޮފީ ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާއި ދުރުހެލިވުން