ސެންޓްރަލް ނާރވަސް ސިސްޓަމް
މަރުކަޒީ ނާރުތަކުގެ ނިޒާމް ނުވަތަ (އިނގިރޭސި ބަހުން: Central nervous system) އަކީ ނާރުތަކުގެ ނިޒާމްގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރާ ބައެވެ. ސެންޓްރަލް ނާރވަސް ސިސްޓަމް ގައި ހިމެނޭ ސިކުނޑި އޮންނަނީ ބޮލުގެ ނާށިގަނޑުގެ ތެރޭގައެވެ. ސްޕައިނަލް ކޯޑް އިންނަނީ މައިބަދައިގެ މަތިން ފެށިގެން ތިރިއަށް ކަށިތަކުގެ މެދުން އުފެދިފައިވާ މަގުގެ ތެރޭގައެވެ. މާނައަކީ ސްޕައިނަލް ކޯޑް ފެށިފައި އިންނާނީ ސިކުނޑީގެ ތިރިންނެވެ.
ކުޑަ ދަރިފުޅު ބަނޑުގައި އުފެދެމުން އަންނައިރު ސެންޓްރަލް ނާރވަސް ސިސްޓަމް އުފެދިގެން އަންނަނީ ނިއުރަލް ޕްލޭޓް(Neural plate) އިންނެވެ. ނިއުރަލް ޕްލޭޓް އަކީ ކުޑަ ދަރިފުޅުގެ ހަށިގަނޑުގެ ބައިތައް އުފެދިގެން އަންނަ މައި ތިން ފަށަލައިގެ ތެރެއިން އެންމެ ބޭރަށް އިންނަ އިކްޓޮޑާރމް(Ectoderm) ގެ ބައެކެވެ. ހަށިގަނޑުގައި ކުޑަ ދަރިފުޅު ބޮޑުވެގެން އަންނަ އައުމުގެ ތެރޭގައި ނިއުރަލް ޕްލޭޓް ނިއުރަލް ޓިއުބު(Neural tube) އަށް ބަދަލު ވެއެވެ. ނިއުރަލް ޓިއުބުގެ އެތެރޭ ބައިން ސިކުނޑީގެ ތެރޭގައިވާ ވެންޓްރިކަލްތަކުގެ ނިޒާމް އުފެދޭއިރު، ނިއުރަލް ޓިއުބުގެ އެހެން ބައިތަކުން ސިކުނޑި އަދި ސްޕައިނަލް ކޯޑް އުފެދިގެން ދެއެވެ. އަދި ސިކުނޑިން ބްރެއިން ސްޓެމް އާއި އެހެނިހެން ބައިތައް އުފެދިގެން ދެއެވެ.