އޮކްސްފޯރޑް ޔުނިވަރސިޓީ

(މިސްރާބުކުރެވުނީ University of Oxford އިން)

ފަންވަތް:Infobox University align=left


އޮކްސްފޯރޑް ޔުނިވަރސިޓީ އަކީ އިނގިރޭސި ބަހުން ވާހަކަ ދައްކާ ފަރާތްތަކުގެ މެދުގައި ޤާއިމު ކުރެވުނު އެންމެ ފުރަތަމަ ޔުނިވަރސިޓީ ނުވަތަ ޖާމިޢާއެވެ. މި ޖާމިޢާ ހުންނަނީ އިނގިރޭސިވިލާތުގެ އޮކްސްފޯރޑް އޭ ކިޔުނު ސަހަރުގައެވެ. މި ޖާމިޢާގެ ތާރީޚުގެ ޞަފްޙާތައް 11 ވަނަ ގަރުނުގެ ނިމުމާ ހަމަޔަށް ދެމިގެން ގޮސްފައިވެއެވެ. އެހެން ނަމަވެސް އަދިވެސް މި ޖާމިޢާގެ ބިންގާ އެޅުނު ތާރީޚު ވަނީ ނޭގުމެއްގެ ތެރޭގައެވެ. ބުނެވޭ ގޮތުގައި ޠާލިބުންނާއި އަވަށު މީހުންނާ ދެމެދު ހިނގި ހަމަ ނުޖެހުމެއްގައި މީލާދީން 1209 ވަނަ އަހަރު އޮކްސްފޯރޑްގައި ތިބި ބައެއް ޢިލްމުވެރިން އިރުއުތުރުން ކޭމްބްރިޖް އަށް ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކޭމްބްރިޖް ޔުނިވަރސިޓީގެ ބިންގާ އެޅުނެވެ. މީގެ ސަބަބުން މި ދެ ޖާމިޢާގެ މެދުގައި ޒަމާންވީ ވާދަވެރިކަމެއް އުފެދިފައިވެއެވެ. އޮކްސްފޯރޑް ޔުނިވަރސިޓީއަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޖާމިޢާ ތަކުގެ ލިސްޓުގައި އަބަދުވެސް ފާހަގަ ކުރެވޭ ތަނެކެވެ. 2006 ވަނަ އަހަރު ޓައިމްސް އިން ހޮވި އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީ ތަކުގެ ލިސްޓްގައި އޮކްސްފޯރޑް ހިމެނިފައިވަނީ 3 ވަނަ އަށެވެ.