ޓޮމް އެންޑް ޖެރީ

(މިސްރާބުކުރެވުނީ Tom and Jerry އިން)

Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value).


ޓޮމް އެންޑް ޖެރީ (އިނގިރޭސިބަހުން: Tom and Jerry) އަކީ އެކެޑަމީ އެވޯރޑް ކާމިޔާބު ކޮށްފައިވާ މަޝްހޫރު އަދި ކާމިޔާބު، ކުރު ސިނަމާ ކާރޓޫނު ސިލްސިލާ އެކެވެ. މިކާރޓޫނު އުފައްދައި، ލިޔެ، އަދި ޑައިރެކްޓް އެނިމޭޝަން ދާއިރާގައި ކުރިއަރާފައިވާ ވިލިއަމް ހަނާ އާއި ޖޯސެފް ބަރބަރާ އެވެ. (ފަހުން މިއީ ހަނާ ބަރބަރާ އެވެ.)


1940 ން 1957 އަށް މިސިލްސިލާ އުފައްދާފައި ވަނީ ހޮލީވުޑްގެ މަޝްހޫރު މެޓްރޯ-ގޯލްޑްވެއިން-މޭޔަރ އިން، އެ ސްޓޫޑިއޯގެ އެނިމޭޝަން ބައި މެދު ކެނޑެން ދެންށެވެ. 1960 ވަނަ އަހަރު ކޮންޓްރެކްޓެއްގެ ދަށުން އިރުމަތީ ޔޫރަޕްގައި މިކާރޓޫނު އުފެއްދުމުގެ މަސައްކަތް އެމް.ޖީ.އެމް އިން ރެމްބްރޭމްޑްޓް ފިލްމްސް އާއި ހަވާލު ކުރިއެވެ. ރެމްބްރޭމްޑްޓް ފިލްމްސް އަކީ ޖީން ޑީޗް ހިންގަމުން އައި ތަނެކެވެ.


1963 ގައި އަނެއްކާވެސް ހޮލީވުޑްގައި ޓޮމް އެންޑް ޖެރީގެ ބައިތައް އުފައްދަން ފެށުނެވެ. އެހެންނަމަވެސް މިފަހަރު މިބައިތައް އުފައްދަން ފެށީ ޗަކް ޖޯންސްގެ ސިބް-ޓަވަރ 12 ޕްރޮޑަކްޝަންސް އިންނެވެ. މިބައި ތައް 1967 އާ ހަމަޔަށް ދެމިގެންދިޔައެވެ. އެއަށްފަހު ޓީވީ އަށް ޓޮމް އެންޑް ޖެރީ ފާޅު ވެގެން ދިޔައީ ހަނާ ބަރބަރާ (1975-1977 : 1990-1993) އަދި ފިލްމޭޝަން ސްޓޫޑިޔޯ (1982- 1980) އިން އުފެއްދި ޓީވީ ކާރޓުނު ތަކަކުންނެވެ. ހަނާ ބަރބަރާ އިން އުފެއްދި ޓޮމް އެންޑް ޖެރީގެ އޮރިޖިނަލް ބައިތަކަށް ހަތް އެކެޑަމީ އެވޯރޑް ލިބިފައިވުމަކީ ފާހަނަގ ކޮށްލެވޭ ކަމެކެވެ.


ކާރޓޫންގެ ރޭވުންގަނޑު

އުނިއިތުރު ގެންނަވާ
 
Tom and Jerry title card used during the late 1940s and early 1950s, attached to many reissues of early and mid 1940s shorts.
 
Tom and Jerry title card used in the early 1950s, and some reissues of 1940s shorts.

މިކާރޓޫނުގެ ކޮންމެ ކުރުސިލްސިލާއެއްގައި ފެނިގެންދާނީ ޓޮމް ޖެރީ ހިފުމަށް ކުރާ ނާކާމިޔާބު މަސައްކަތެވެ. އަދި ޓޮމް އަށް ދިމާވާ ދަތިތަކާއި ލިބޭ އަނިޔާތަކެވެ. މަދު ބައިތަކެއްގައި ނަމަވެސް (ނުވަތަ ކާރޓޫނުގެ ބައެއް ފެށޭ އިރު) ޓޮމް އާއި ޖެރީ އެކުގައި ހަރަކާތްތެރިވާތަން ފެނިގެން ދެއެވެ. އެހެންނަމަވެސް ޓޮމް ޖެރީ ހިފުމަށް މަސައްކަތް ކުރާ ސަބަބު އެހާ ސާފުކޮށް އެނގި ބަޔާން ވެގެނެއް ނުވެއެވެ. އެހެން ނަމަވެސް ސަބަބަކަށް :-

  • ޓޮމް އަށް ކާނެ އެއްޗެއް ނުލިބި ބަނޑުހައި ވެފައި ހުރުން.
  • ޓޮމްގެ ވެރިމީހާ އަންގާފައިވާ ގޮތުގެ މަތިން ގޭތެރެއިން ފެންނަ މީދާ ހިފުން އެއީ އޭނާގެ ވަޒީފާކަމަށް ދެކުން.
  • ޖެރީ ހިފައި އަނިޔާކޮށް އަދަބުދީ ހެދުމަކީ ޓޮމްއަށް މަޖާކަމަކަށް ވުން.
  • ޖެރީ ޓޮމް އަށް އަނިޔާ އެއް ކޮށްފައި ހުރިނަމަ އެކަމުގެ ބަދަލުހިފުމުގެ ގޮތުން.
  • ދެމީހުން އެކައްޗެއް (ކާނާފަދަ ތަކެތި) ބޭނުންވެގެން ހިނގާ ހަމަނުޖެހުމުގެ ސަބަބުން.
  • ޖެރީ ގެއިން ބޭރުކުރުމުގެ މަގްސަދުގައި.

ޓޮމް އަށް ޖެރީ ހިފޭނީ މަދު ފަހަރެއްގައެވެ. ސަބަބަކަށް ވެގެންދަނީ ޖެރީގެ މަކަރުވެރި ކަމާއި ވިސްނުން ތޫނުކަމެވެ. އަދި ބައެއްފަހަރަށް ޓޮމްގެ މޮޔަކަމާއި ހެދިއެވެ. އެހެންނަމަވެސް އާއްމުގޮތެއްގައި ޓޮމް ރުޅި އައިސް ޖެރީ ހިފަން މަސައްކަތް ކުރަނީ ޖެރީ ގަސްތުގައި ޓޮމް އަށް އަނިޔާ ކޮށް ހަދަން ފެށުމުންނެވެ. މިފަދަ ތިއެޓްރިކަލް އެނިމޭޝަނެއްގައި އެންމެ ފަނކުރަނިވި ހަތޔާރާއި ގޮތްތައް ބޭނުން ކުރުމުގައި މިކާރޓުނުވަނީ ވަރަށް ކުރިއަރާފައެވެ. ޖެރީ ޓޮމް ދެފަޅިއަށް ކަފާލުމާއި، ޖެރީ މަރާލުމަށް އަތުގައި ޖެހުނު ކޮންމެ އެއްޗެއް، ޕިސްތޯލުން ފެށިގެން ފުރޯ، ގޮވާ ތަކެތި، ވިހައަށް ދާންދެން ބޭނުން ކުރުމަކީ ބެލުން ތެރިންނަށް ކަމުދާ ހެއްވާ މަޖާ މަންޒަރުތަކެވެ.

ކާރޓޫނުގެ ބައިތަކުގައި އާއްމު ގޮތެއްގައި އެއްގޮތަކަށްވެސް ޓޮމް އަދި ޖެރީވެސް ވާހަކަ ދައްކާތަނެއް ނުފެނެއެވެ. އެހެންނަމަވެސް އެކަކު އަނެކަކަށް ގެއްލުންދީ އަނިޔާ ކުރާއިރު ދެމީހުންގެވެސް ހަޅޭކުގެ އަޑު އިވިގެންދެއެވެ. ގިނަފަހަރަށް އިވި ގެން ދާނީ ޓޮމްގެ ވޭނުގެ ހަޅޭކުގެ އަޑެވެ. ޓޮމް އާއި ޖެރީގެ މޫނުމަތިން ފާޅުވާ އަސަރު ތަކުން އެމީހުންގެ އިހްސާސްތަކާއި ކުރަން އުޅޭ ކަމާއި، ބޭނުން އެނގިގެންދެއެވެ.

މިކާރޓޫނުގައި މިޔުޒިކް ވަރަށް ބޮޑު ރޯލެއް އަދާ ކުރެއެވެ. ފެނިގެންދާ މަންޒަރުތަކަށް އޭގެ އެންމެ ފުރިހަމަގޮތުގައި އަޑު ގެނެސް ދެއެވެ. މިޔުޒިކް ޑައިރެކްޓަރ ސްކޮޓް ބްރެޑްލީ މިކާރޓޫނަށް މިޔުޒިކް ހަދާފައިވަނީ ޖެޒް، ކްލެސިކަލް، އަދި ޕޮޕް ފަދަ މިޔުޒިކް ބާވަތްތައް އެއްކޮށްގެންނެވެ. ބްރެޑްލީ އާއްމުގޮތެއްގައި އެދުވަސްވަރުގެ ޕޮޕް ލަވަތައް ތަކުރާރުކުރެއެވެ. އެގޮތުން ދަ ވިޒަރޑް އޮފް އޯޒް އަދި މީޓް މީ އިން އެސްޓީ. ލޮއިސް ފަދަ އެމް.ޖީ.އެމް ފިލްމުތަކުގެ ލަވަތައް ހިމެނެއެވެ.

1953ގެ ކުރިން ހުރިހާ ޓޮމް އެންޑް ޖެރީގެ ކާރޓޫންތައް އުފައްދާފައިވަނީ އާދައިގެ އެކަޑަމީ ރޭޝިއޯގެ ދަށުންނެވެ. އެހެންނަމަވެސް 1953ން 1956ށް މީގެ ބައެއް ބައިތައް އުފައްދާފައިވަނީ ދެގޮތަކަށެވެ. އެއީ އެކަޑަމީ ރޭޝިއޯގެ ދަށުންނާއި ވައިޑްސްކްރީން ސިނަމާ ސްކޯޕްގެ ދަށުންނެވެ. އެމް.ޖީ.އެމް ގެ އެނިމޭޝަން ބައި މެދުކެނޑުމުން، އޭގެ އަހަރެއްފަހުން ޓޮމް އެންޑް ޖެރީގެ ހުރިހައި ބައިތަކެއް އުފައްދާފައި ވަނީ ސިނަމާ ސްކޯޕް އިންނެވެ. 1960ގައި ޖީން ޑިޗް އާއި ޗަކް ޖޯންސްގެ އުފެއްދުންތައް އުފައްދާފައިވަނީ އެކެޑަމީ ފޯރމެޓްގައެވެ. އަދި ހަމައެހެންމެ ވައިޑްސްކްރީން ފޯރމެޓް އާއި ގުޅޭގޮތަށެވެ. ހަންނާ ބާރބަރާގެ ހުރިހާ ކާރޓޫނުތައް އުފައްދާފައިވަނީ ޓެކްނީ ކަލަރއިންނެވެ. 1960 ގައި ހުރިހާ އުފެއްދުންތައް އުފައްދާފައި މެޓްރޯކަލަރ އިންނެވެ.

މުހިންމު ޝަހްސިއްޔަތު ތައް

އުނިއިތުރު ގެންނަވާ

ޓޮމް އާއި ޖެރީ

އުނިއިތުރު ގެންނަވާ
 
Mammy Two Shoes, the housemaid who made many appearances in the 1940s and early 1950s.

ޓޮމްއަކީ އަޅިނޫކުލައިގެ ގޭގައިގެންގުޅޭ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ އޮޅުބުޅަލެކެވެ. ޖެރީ އަކީ ޓޮމް އުޅޭ ސަރަހައްދުގައި ޓޮމް އާއި ވަރަށް ގާތުގައި އުޅޭ މުށި މީދަލެކެވެ. މިކާރޓޫނުގައި އެހެނިހެން ޝަހްސިއްޔަތުތައް ވާހަކަ ދައްކައި ހެދިކަމުގައިވިޔަސް މަދު ފަހަރަކު ނޫނީ ޓޮމް އާއި ޖެރީ ވާހަކަ ނުދައްކައެވެ. އެހެންނަމަވެސް ޓޮމް އަންހެން ބުޅަލެއް ފެނުމުން ލަވަކިޔައި ހަދައެވެ. އެގޮތުން 1946ގައި އުފެއްދި "ސޮލިޑް ސެރެނޭޑް" ބައިގައި އަޑާއި އަނގަޔާއި ވަރަށް ފުރިހަމައަށް ގުޅޭ ގޮތެއްގައި ޓޮމް ވަނީ " އިޒް ޔޫ އިޒް އޯރ އިޒް ޔޫ އެއިންޓް މައި ބޭބީ " މިލަވަ ޓޮމް ކިޔައިފައެވެ. އަދި ޖެރީސް ޑައިރީ ނަމަކަށް ކިޔައިބައިގައި ފެނިގެންދާނީ އެހެނިހެން ބައިތަކުގައި ހިނގާފައިވާ ގިނަ ހާދިޡާތަކެވެ.

އިތުރު ޝަހްސިއްޔަތުތައް

އުނިއިތުރު ގެންނަވާ

ޖެރީ ހިފުމަށް ޓޮމް ކުރާ މަސައްކަތުގައި އިތުރުޝަހްސިއްޔަތު ތަކާއި ޓޮމް ކުރިމަތިލާން ޖެހެއެވެ. އެގޮތުން ބަޗް އަކީ ޓޮމް ކުރިމަތިލާންޖެހޭ އިތުރު ޝަހްސިއްޔަތެކެވެ. ބަޗް އަކީ އެހިސާބު މަގުމަތީގައި އުޅޭ ކަޅު ބުޅަލެކެވެ. ބަޗްވެސް ބޭނުންވަނީ ޖެރީ ހިފައިގެން ނާސްތާކުރަންށެވެ. ދެން ޓޮމް އަށް ކުރިމަތި ލާން ޖެހެނީ ސްޕައިކް އާއެވެ. މިއީ ނުރައްކާތެރި ކުއްތާ އެކެވެ. ސްޕައިކް އަބަދުވެސް ބޭނުންވަނީ ޓޮމް ތަޅާ މަރާލުމަށެވެ. މެމީ ޓޫ ޝޫޒް އަކީ ޓޮމްގެ ވެރިމީހާއެވެ. ޓޮމްގެ އަހްލާގުދަށް ވެއްޖެނަމަ ނުވަތަ ބުނާގޮތައް ނަހަދައިފިނަމަ ކުނިފޮހޭ ބުރުހަކުން ޓޮމް ތަޅާލުމަކީ އޭނާ ކުރާ ހިތްވާ ކަމެކެވެ. މެމީ ޓޫ ޝޫޒް އަށް އަޑު އަޅާދީފައި ވަނީ ލިލިއަން ރެންޑޯލްފް އެވެ. 1940 ގެ ފަހުގެ އަހަރުތަކުގައި ނިބްލްސް ނަމަކަށް ކިޔާ އަޅި ކުލައިގެ ކުޑަ މީދަލެއް މިކާރޓުނަށް ތަޢާރަފް ވިއެވެ. އެއީ ޖެރީ ހޮވައިގެން ގެންގުޅެ ބޮޑުކުރި މީދަލެކެވެ. (ޓަފީގެ ނަމުގައިވެސް ނިބްލްސް މަޝްހޫރުވެފައިވެއެވެ.) އަދި 1950ގައި ސްޕައިކްއަށް ޓައިކް ނަމަކަށް ކިޔާ ކުޑަ ދަރިއެއް ލިބެއެވެ. ޓައިކް ފާޅުވެގެން ދިޔުމުން ޖެރީ އަށް ޓޮމް އާއި ދެކޮޅުވެރިވުމުގެ އާ ހިތްވަރެއްލިބެއެވެ. އެހެނީ ޓައިކް އަށް ޖެރީ އުނދަގޫ ކުރުމުން އޭގެ އަދަބު ޓޮމްއަށް ލިބިގެންދިޔުމެވެ. އާއްމު ގޮތެއްގައި ސްޕައިކް ވާހަކަދައްކާތަންފެނެއެވެ. ގިނަފަހަރަށް މިކާރޓޫޏުގައި ފެނިގެންދާ އެހެން ޝަހްސިއްޔަތަކީ ޅަ އަސްދޫނި ކުއެކާރ އެވެ. ފަހުން ކުއެކަރ ވެގެންދަނީ ހަންނާ ބާރބަރާގެ ޝަހްސިއްޔަތު ކަމަށްވާ ޔެކީ ޑޫޑްލްއަށެވެ. ޖެރީގެ ބޮޑުބޭބެ ޕެކޯސް ހަމައެކަނި ފެނިފައިވަނީ 1955 ގައި ރިލީޒް ކުރެވުނު މިކާރޓޫނުގެ ބައެއްކަމަށްވާ " ޕެކޯސް ޕެސްޓް" ނަމަކަށް ކިޔޭ ބައިންނެވެ. އޭނާ އަކީ އަޅިކުލައިގެ މުސްކުޅި މީދަލެކެވެ. ހުދުކުލައިގެ ދިގު މަތިމެހެއްގެ ވެރިޔެކެވެ. އޭނާގެ އަތުގައި އަބަދުވެސް ގިޓާއެއް އޮވެއެވެ. މިގިޓާގެ ނަރުތައް ބުރިވެ މަރާމާތައް ބޭނުންވަންދެން މީނާ މި ގިޓާ ކުޅެއެވެ. ޖެރީގެ ތިމާގެ މީހަކަށް ދެން ހުންނަނީ މަސްލްސްއެވެ. މަސްލްސް އަކީ އޭނާ ދިރިއެޅޭ ހިސާބުގަނޑުގައި އުޅޭ ބުޅާތަކަށް ހުރި ނުރައްކަލެކެވެ.


ތާރީހާއި އެކު މިކާރޓޫނަށް އައި ބަދަލު

އުނިއިތުރު ގެންނަވާ

ހަންނާ ބަރބަރާގެ އަހަރުތައް (1958 - 1940)

އުނިއިތުރު ގެންނަވާ
 
A screenshot from 1940s Puss Gets The Boot, the first Tom and Jerry cartoon.

1930 ގެ އަހަރުތަކުގައި ވިލިޔަމް ހަންނާ އާއި ޖޯސެފް އަކީ އެމް.ޖީ.އެމް ގެ ޔުނިޓެއް ކަމަށްވާ ރަޑޮލްފް އައިޒިންގ ގެ ބައެކެވެ. ވާހަކަ އުފައްދައި ޝަހްސިއްޔަތުތައް އުފައްދައި ފަރުމާކޮށް ހަދަނީ ބާރބަރާއެވެ. ހަންނާއަކީ އައިޒިންގ ޔުނިޓަށް ފިލްމު އުފައްދައިދޭން ފެށި ތަޖުރިބާކާރު ޑައިރެކްޓަރެވެ. އެންމެ ފުރަތަމަ އެފެއްދި ބުޅަލަކާއި މީދަލެއްގެ ކާރޓޫނަކީ މަޝްހޫރު "ޕުސް ގެޓްސް ދަ ބޫޓް" މިކާރޓޫނެވެ. 1939 ގައި މިކާރޓޫނުގެ މަސައްކަތް ނިންމުމަށްފަހު އާންމުނާއި ހަމައަށް މިކާރޓޫނު ގެނެސްދީފައިވަނީ 10 ފެބްރުއަރީ 1940 ގައެވެ. ޕުސް ގެޓްސް ދަ ބޫޓް ބިނާވެފައިވަނީ ޖެސްޕާރ ނަމަކަށްކިޔާ އަޅި ކުޑަ ބުޅަލެއް އެއްވެސް އެއްޗަކަށް ގެއްލުމެއްނުދީ، ނަމެއްނެތް މީދަލެއް ހިފަން ކުރާމަސައްކަތެވެ. ޖެސްޕާރގެ ވެރިމީހާ މެމީ ވަނީ ޖެސްޕަރ އެއްވެސް އެއްޗަކަށް ގެއްލުންދީފިނަމަ ޖެސްޕާރ ގެއިންބޭރުކޮށް އެއްލާލާނެ ކަމަށް އަންގައި އިންޒާރު ކޮށްފައެވެ. އެހެންކަމުން އެމީދަލުގެ ފައިދާއަށްޓަކައި ފަސޭހައިން ތަޅައިގެންދާނެ ތަށިތަކާއި، ސައިއަޅާޖަގު ފަދަ ތަކެތި އުކަންފަށައެވެ. މިގޮތަށް ހެދުމުން އެމީދަލުގެ ނަޒަރުގައި މެމީ ޖެސްޕާރ ގެއިން ބޭރުކޮށް އެއްލާލާނެއެވެ. ޕުސް ގެޓްސް ދަ ބޫޓް ނެރެފައިވަނީ އެއްވެސް ރަސްމިއްޔާތަކާއި ނުލައެވެ. އެއަށް ފަހު ހަންނާ އާއި ބާރބަރާ އެހެން (މީދލާއި ބުޅަލުގެ ކާރޓޫނު ނޫން އެހެން) ކާރޓޫނުތައް އުފައްދުމުގެ މަސައްކަތް ކުރަންފެށިއެވެ. އެމް.ޖީ.އެމް ގެ ގިނަ މުއައްޒަފުން މިކަމާގުޅޭ ގޮތުން ބުނެފައިވެއެވެ. "މީދަލާއި ބުޅަލުގެ ކާރޓޫނުތައް އަދިވެސް މިއުޅެނީ މަދު ވެގެންހެއްޔެވެ؟" ބުޅަލާއި މީދަލުގެ އެއްކަހަލަ ކާރޓޫނުތަކާއި މެދު ގިނަބަޔަކު ދެކެމުންއައިގޮތް ބަދަލުވެގެންދިޔައީ މިކާރޓޫނު ތިޔޭޓަރުގެ ވެރިންނާއި އެކެޑަމީ އޮފް މޯޝަން ޕިކްޗާރ އެންޑް ސައިންސެސް ގެ މެދުގައި މަޤްބޫލުވެ 1941 ގައި އެކެޑެމީ އެވޯރޑް ފޯރ ބެސްޓް ޝޯރޓް ސަބްޖެކްޓް : ކާރޓޫނު ގެ މަގާމަށް މިކާރޓޫނު ހޮވިގެން ދިޔުމެވެ. އެހެންނަމަވެސް އެއަހަރު އެމަގާމް ކާމިޔާބު ކޮށްފައިވަނީ ރަޑޮލްފް އައިސިންގ ގެ މިލްކީ ވޭ މިކާރޓޫނެވެ. އަހަރުތަކާއި އެކު ޓޮމްގެ ސިފަ ބަދަލުވެގެން ދިޔުމަކީ ފާހަނގަ ކޮށްލެވޭ ކަމެކެވެ. 1940 ވަނަ އަހަރާއި ޖެހުނު އިރު ޓޮމްގެ ސިފަ އަސްލު ބުޅަލަކާއި ވަރަށް ވައްތަރު ކުރެވިފައިވެއެވެ. ފާިތުވެ ދިޔަ އަހަރުތަކުގައި ޖެރީގެ ސިފައަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

ޖީން ޑީޗްގެ އަހަރުތައް (1962 - 1960)

އުނިއިތުރު ގެންނަވާ
 
High Steaks, a 1962 Tom & Jerry short directed by Gene Deitch.

1960 ވަނަ އަހަރު އެމް.ޖީ.އެމް ޓޮމް އެންޑް ޖެރީގެ އައި ބައިތަކެއް އުފެއްދުމަށް ގަސްތުކުރިޔެވެ. މިގޮތުން ޕްރޮޑިއުސަރ ވިލިއަމް އެލް. ސްނައިޑާރ އާއި އެނިމޭޝަން ޑައިރެކްޓަރ އާއި ރެމްބްރޭންޑްޓް ފިލްމްސް ސްޓޫޑިޔޯ ހިންގަމުން އައި ޖީން ޑީޗް އާއި ދެމެދު ޓޮމް އެންޑް ޖެރީގެ އައި ބައިތަކެއް އުފެއްދުމަށް އެއްބަސް ވެނުނެވެ. ޑީޗް އާއި ސްނައިޑާރގެ ޓީމުން މި ކާރޓޫނުގެ 13 ބައި އުފެއްދިއެވެ. ޑީޗްގެ ބައިތައް ހިމެނެނީ ޓޮމް އެންޑް ޖެރީގެ ބައިތަކުގެ ތެރެއިން ބެލުންތެރިންގެ މަޤްބޫލުކަން އެންމެ ކުޑަ ބައިތައްކަމުގައެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިބައިތަކުގައި އެއްވެސް ތަރުތީބެއް ނޯވެއެވެ. ޝަހުސިއްޔަތުތަކުގެ މޫނުމަތިން ފާޅުވާ އަސަރުތަކާއި ކުރާ ހަރަކާތްތަކަކީ އަވަސް އަސަރުތައްކަމުގައި ވަނީ ބެލެވިފައެވެ. ވާހަކަދެއްކުމުގެ ބަދަލުގައި އިވެނީ އަނގަ ނުހުޅުވައި މީހަކު ވާހަކަ ދައްކަން އުޅުމުން އވޭ ކަހަލަ އަޑެކެވެ. އަދި މިބައިތަކަކީ ހަމައެކަނި ޓޮމް އެންޑް ޖެރީގެ ބައިތަކުގެ ތެރެއިން "މޭޑް އިން ހޮލީވުޑް، ޔޫ.އެސް.އޭ" މި ޖުމްލަ އެބައެއް ނިމޭއިރު ނާރާ ބައިތައް ކަމަށް ވަނީ ފާހަނގަ ކުރެވިފައެވެ. ޑީޗްގެ އަމިއްލަ ވާހަކައާއި ޓޮމް އެންޑް ޖެރީގެ ވާހަކަ އޭނާގެ އަމިއްލަ ވެބްސައިޓްގައި ވަރަށް ފުރިހަމައަށް ވަނީ ބަޔާން ކުރެވިފައެވެ. ހަނާ ބަރބަރާގެ ދުވަސްވަރުގައި ޓޮމް އެންޑް ޖެރީގެ ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާއި މަޤްބޫލުކަން ޖީން ޑީޗްގެ ދުވަސްވަރު ނެރެވުނު ބައިތަކަށް ލިބިފައި ނުވެއެވެ.

ޗަކް ޖޯންސްގެ އަހަރުތައް (1967 – 1963)

އުނިއިތުރު ގެންނަވާ
 
Cannery Rodent, from 1967, one of the final Tom & Jerry shorts directed by Chuck Jones.

ޖީން ޑީޗްގެ ނާކާމިޔާބު ބައިތަކަށް ފަހު އެމް.ޖީ.އެމް ގެ ނަޒަރު ދެން ހުއްޓުނީ ލޫނީ ޓޫންސް އަދި މެރީ މެލޯޑީސް ގެ ތަރިން ކަމަށްވާ ބަގްސް ބަނީ، ޑެފީ ޑަކް އަދި ރޯޑް ރަނަރ އެން ކޮޔޯޓް ގެ މަސައްކަތް ކޮށްފައިވާ ކާމިޔާބު އެމެރިކާގެ ޑައިރެކްޓަރ ޗަކް ޖޯންސް އަށެވެ. ޗަކް ވަނީ ވާރނަރ ބްރޯސް ކާރޓޫނުގައި އެއްމަޤާމެއްގައި 30 އަހަރުގެ މުއްދަތެއް ހޭދަކޮށްފައެވެ. އަދި ޗަކް ވަނީ އޭނާގެ އަމިއްލަ އެނިމޭޝަން ސްޓޫޑިއޯ އެއް، ސިބް ޓަވަރ 12 ޕްރޮޑަކްޝަންސް ލެސް ގޯލްޑްމަން އާއި ގުޅިގެން އުފައްދާފައެވެ. 1963 ން ފެށިގެން ޗަކް އާއި ގޯލްޑްމަން ވަނީ ޓޮމް އެންޑް ޖެރީގެ އިތުރު އާ 34 ބައެއް އުފައްދާފައެވެ. ޗަކް ޖޯންސް ޓޮމް އެންޑް ޖެރީ އުފެއްދި ދުވަސްތަކުގައި ޓޮމްގެ ވެސް އަދި ޖެރީގެ ސިފައަށް ފުދޭ ވަރެއްގެ ބަދަލު ތަކެއް އެއެވެ. މިގޮތުން ޓޮމް ގެ ބުމަ ފަލަ ކުރެވި، ކޯތާ ފަތުގެ ކެހެރި ގިނަ ކުރެވުނެވެ. ހަމައެހެންމެ ޖެރީގެ ލޮލާއި ކަންފަތް ކުރިއަށް ވުރެ ބޮޑު ކުރެވުނު ކަން ފާހަނގަ ކުރެވުނެވެ.

ޓޮމް އެންޑް ޖެރީގެ އާ ވެރިން

އުނިއިތުރު ގެންނަވާ

1986 ގައި ޓެޑް ޓާރނާރ އެމް.ޖީ.އެމް ކޮމްޕެނީ ގަތެވެ. އަދި 1988 ގައި ޓާރނާރ މިކޮމްޕެނީ ވިއްކާލިއެވެ. ޓާރނާރ މިކޮމްޕެނީ ވިއްކާލި ކަމުގައި ވިޔަސް އެމް.ޖީ.އެމް ގެ 1986 ގެ ފިލްމު ކުތުބުޚާނާ ވިއްކަ އެއް ނުލައެވެ. އެހެންކަމުން ޓާރނާރ އެންޓަރޓެއިންމެންޓްގެ މިލްކިއްޔާތަކަށް ޓޮމް އެންޑް ޖެރީ ވެގެންދިޔައެވެ. އަދި ޓީބީއެސް، ޓީއެންޓީ، ކާރޓޫނު ނެޓްވޯރކް، ބޫމަރެންގ އަދި ޓާރނާރ ކްލެސިކް ފިލްމުތައް ފަދަ ޓާރނާރ ހިންގާ ސްޓޭންޝަންތަކުން މިކާރޓޫނު ފާޅުވާން ފެށިއެވެ.


ޓީވީ އަށް ޓޮމް އެންޑް ޖެރީ

އުނިއިތުރު ގެންނަވާ
 
MGM's Tom & Jerry ident from the Chuck Jones era, a play on the more famous Leo the Lion ident.

965ގެ ކުރީކޮޅު ޓޮމް އެންޑް ޖެރީގެ ކާރޓޫނުތައް ޓީވީ އަށް ފާޅުވާން ފެށިއެވެ. އަދި މެމީ (ޓޮމްގެ ވެރިމީހާ) ގެ ބަދަލުގައި އެހެން ދޮން އަންހެނަކު ޓޮމްގެ ވެރި މީހާގެ ގޮތުގައި ފާޅުވާން ފެށިއެވެ. އަދި މެމީގެ ބަޔަށް އަޑު އަޅަމުން ގެންދިޔަ ލިލިއަން ރެންޑޯލްފް އަޑުގެ ބަދަލުގައި ޖޫން ފޮރޭ ހަމަޖެހިގެންދިޔައެވެ. އަދި ކާރޓޫނުގައި ފެނިގެންދާ ގިނަ ތަޅާފޮޅުމުގެ ބައި ކަނޑާ ލެވުނެވެ. 25 ސެޕްޓެމްބަރު 1965 ން ފެށިގެން ސީ.ބީ.އެސް ޗެނެލް އިން ޓޮމް އެންޑް ޖެރީ ވަނީ ކޮންމެ ހޮނިހިރުދުވަހެއްގެ ހެނދުނު ދައްކަން ވަނީ ފަށާފައެވެ. އަދި އޭގެ ދެ އަހަރު ފަހުން ވަނީ އާދީއްތަދުވަހުގެ ހެނދުނަށް ބަދަލުކޮށްފައެވެ. 17ސެޕްޓެމްބަރު 1972 އާ ހަމަޔަށް މިކަން މިގޮތަށް ދެމިއޮތެވެ.

އެމެރިކާ އިން ބޭރުގައި ޓޮމް އެންޑް ޖެރީ

އުނިއިތުރު ގެންނަވާ

އެހެންނަމަވެސް ބީ.ބީ.ސީ އިން މިކާރޓޫނު އިނގިރޭސިވިލާތުގައި 1960 ގެ ފަހުގެ އަހަރުތަކުގައި ދެއްކުނު އިރު އެއްވެސް ބައެއް ކަނޑާލެވިފައި ނުވެއެވެ. އަދި ޓޮމްގެ ވެރިމީހާގެ ގޮތުގައި ފެންނަމުން ދިޔައީ މެމީ އެވެ. ކާރޓޫނު ދެއްކުމަށް ހަމަޖެހިފައިވާ ގަޑީގެ އިތުރުންވެސް ޓޮމް އެންޑް ޖެރީ ބީ.ބީ.ސީ އަށް އިތުރު ގޮތަކުން އެހީ ވެފައިވެއެވެ. މިގޮތުން އެ ޗެނަލުން ދެއްކުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް ދެއްކުމުގައި އުނދަގޫތަކެއް ކުރިމަތި ވެއްޖެ ނަމަ ވަގުތުން ޓޮމް އެންޑް ޖެރީ ދައްކަން ފަށައެވެ. އެގޮތުން ބެލުންތެރިންގެ މެދުގައި މިޗެނެލް ވަނީ ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައެވެ. އެއްފަހަރެއްގައި މިކާރޓޫނުން ޓޮމް ސިނގެރޭޓެއް ބޯ މަންޒަރު ބެލެނިވެރިއަކަށް ފެނުމުން މައްސަލަ ޖައްސާފައިވެއެވެ. އެހެންކަމުން މިބައިތައްވަނީ ކަނޑާލެވިފައެވެ. ޓޮމް އެންޑް ޖެރީ އަކީ ގިނައިން ވާހަކަ ދައްކާ ކާރޓޫނަކަށް ނުވާތީ، މިކާރޓޫނު ވަރަށް ފަސޭހައިން އެހެނިހެން ބަސްބަހަށް ތަރުޖަމާކުރެވިގެން ދިޔައެވެ. ޖަޕާނުގައި ޓޮމް އެންޑް ޖެރީ އެންމެ ފުރަތަމަ ދައްކަން ފެށުނީ 1964 ގައެވެ. ޗައިނާ، އިންޑިއާ، އިންޑިނޭޝިއާ، އިރާން، ތައި-ލޭންޑް، މެދު އިރުމަތި އަދި ދެކުނު ސައުތު ކޮރެއާގައި ވެސް ބެލުންތެރިންގެ ތަރުހީބެއް ޓޮމް އެންޑް ޖެރީ އަށް ލިބިގެން ދިޔައެވެ. ހަމައެފަދައިން އަޅުގަނޑުމެން ދިވެހި ރާއްޖޭގައިވެސް ޓޮމް އެންޑް ޖެރީ އަށް ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުހީބެއް ލިބިފައިވެއެވެ. މެކްސިކޯ، ކޮލަމްބިއާ، ބްރެޒިލް، އިންޑިއާ އަދި ޕާކިސްތާނުގެ ކާރޓުން ނެޓްވޯކް ޗެނަލުން ގާތްގަނޑަކަށް ކިންމެ ދުވަހަކު ޓޮމް އެންޑް ޖެރީ ދައްކައެވެ. ރަޝިއާގެ ޗެނަލްތަކުން އެޤައުމުގައިވެސް ދުވާލު ގަޑީގައި މިކާރޓޫނު އަޅުވާ ކަމަށް ވެއެވެ.


ޓޮމް އެންޑް ޖެރީގެ އެހެނިހެން ބާވަތްތައް

އުނިއިތުރު ގެންނަވާ

ކޮމިކް ފޮތްތަކުގައި ޓޮމް އެންޑް ޖެރީ އެންމެ ފުރަތަމަ ފާޅުވާން ފެށީ 1942 ގައެވެ. އެއީ "އަވަ ގޭންގް ކޮމިކްސް" އިންނެވެ. 1949ގައި އެމް.ޖީ.އެމް.ގެ "އަވަ ގޭންގް" ސީރީސްގެ ނަން ޓޮމް އެންޑް ޖެރީ ކޮމިކްސްގެ ނަމަށް ބަދަލު ކުރެވުނެވެ. މިފޮތް 20 ވަނަ ގަރުނު ނިމެންދެން ޓޮމް އާއި ޖެރީ އެކުގައި ތަފާތު ފޮތްތަކުން ފެންނަމުން ދިޔައެވެ. ޓޮމް އެންޑް ޖެރީގެ ބައެއް ވީޑިޔޯ ގޭމްތަކުންވެސް ފެނިގެން ދިޔައެވެ. މިގޮތުން:

  • ޓޮމް އެންޑް ޖެރީ - ނިންޓެންޑޯ އެންޓަރޓެއިންމެންޓް ސިސްޓަމް އަށް
  • ޓޮމް އެންޑް ޖެރީ: ދަމޫވީ – ސެގާ މާސްޓަރ ސިސްޓަމް އަށް އަދި ސެގާ ގޭމް ގިއަރ އަށް
  • ޓޮމް އެންޑް ޖެރީ - ސުޕަރ ނިންޓެންޑޯ އަދި ސެގާޖެނެސިސް އަށް
  • ޓޮމް އެންޑް ޖެރީ: މައުސް އެޓެކްސް - ގޭމްބޯއި ކަލާރ އަށް
  • ޓޮމް އެންޑް ޖެރީ: އިންފާރނަލް އެސްކޭޕް - ގޭމްބޯއި އެޑްވާންސް އަށް
  • ޓޮމް އެންޑް ޖެރީ: ދަ މެޖިކް ރިންގ - ގޭމްބޯއި އެޑްވާންސް އަށް
  • ޓޮމް އެންޑް ޖެރީ: ވާރ އޮފް ދަ ވިސްކާރސް - ޕްލޭސްޓޭޝަން2، އެކްސްބޮކްސް އަދި ނިންޓެންޑޯ ގޭމް ކިޔުބް އަށް
  • ޓޮމް އެންޑް ޖެރީ: ހައުސް ޓްރެޕް - ޕްލޭސްޓޭޝަން އަށް
  • ޓޮމް އެންޑް ޖެރީ: ފިސްޓް އޮފް ފިޔުރީ - ނިންޓެންޑޯ 64 ށް އަދި ޕީސީ އަށް
  • ޓޮމް އެންޑް ޖެރީ ޓޭލްސް – ނިންޓެންޑޯ ޑީ.އެސް އަށް
  • ޓޮމް އެންޑް ޖެރީ: ޗީޒް ޗޭސް – މޯބައިލސް ފޯނުތަކަށް
  • ޓޮމް އެންޑް ޖެރީ: ފުޑް ފައިޓް: މޯބައިލް ފޯނުތަކަށް
  • ޓޮމް އެންޑް ޖެރީ: ކެޓަސްޓްރޮފީ – ޕީސީ އަށް

ސަޤާފީ ނުފޫޒުތައް

އުނިއިތުރު ގެންނަވާ

ޓޮމް އެންޑް ޖެރީ ޑީވީޑީ އަށް

އުނިއިތުރު ގެންނަވާ

ޓޮމް އެންޑް ޖެރީ ސްޕޮޓްލައިޓް ކަލެކްޝަން ގެ ގޮތުގައި ޓޮމް އެންޑް ޖެރީގެ ބައިތައް އެއް ސީޑީ އެއްގެ ގޮތުގައި އެމެރިކާގައިވަނީ ރިލީޒް ކުރެވިފައެވެ. އެހެންނަމަވެސް މިގޮތައް މިސީޑީ ރިލީޒް ކުރުމުން ބެލުންތެރިންގެ މެދުގައި ދެކޮޅުވެރިކަމެއް އުފެދިފައިވެއެވެ. ސަބަބަކަށް ވެގެން ދިޔައީ މިގޮތަށް މިސީޑީ ނެރވިފައިވި އިރު ކާރޓޫނުގެ ބައެއް ބައިތަކަށް ވަނީ ބަދަލު ގެނެވިފައި ހުރުމެވެ. ޔޫ.ކޭ ގައި މިކާރޓޫނު ރިލީޒް ކުރެވިފައިވަނީ މިކާރޓޫނުގެ ބައިތައް ނިކުތް ތަރުތީބުންނެވެ. އެހެންނަމަވެސް މިލިއަން ޑޮލަރ ކެޓް ފަދަ މަދު ބައިތަކެއް މިގޮތައް މިކާރޓޫން މިކާރޓޫނު ރިލީޒް ކުރެވުނު އިރު ހިމަނާފައި ނުވެއެވެ. މިގޮތައް މިބައިތައް ހިމަނާފައިނުވާ ސަބަބެއް އެނގިފައެއް ނުވެއެވެ.

މިކާރޓޫނުގެ ފާހަނގަ ކޮށްލެވޭ ބައިތައް

އުނިއިތުރު ގެންނަވާ

ތިރީގައި މިވަނީ އޮސްކާރ އެވޯރޑުގެ އެންމެ މޮޅު ކުރުކާރޓޫނުގެ މަޤާމް ހޯދި މިކާރޓޫނުގެ ބައިތަކެވެ.

  • 1943: ދަ ޔެންކީ ޑޫޑްލް މައުސް
  • 1944: މައުސް ޓްރަބްލް
  • 1945: ކުއައިޓް ޕްލީސް
  • 1946: ދަ ކެޓް ކޮންސާރޓޯ
  • 1948: ދަ ލިޓްލް އޯރފަން
  • 1951: ދަ ޓޫ މައުސްކެޓިއަރސް
  • 1952: ޖޯހަން މައުސް

ތިރީގައި މިވަނީ އޮސްކާރ އެވޯރޑުގެ އެންމެ މޮޅު ކުރުކާރޓޫނުގެ މަޤާމަށް ހޮވި އެކަމަކު މި މަޤާމް ކާމިޔާބު ކޮށްފައި ނުވާ މިކާރޓޫނުގެ ބައިތަކެވެ.

  • 1940: ޕުސް ގެޓްސް ދަ ބޫޓު
  • 1941: ދަ ނައިޓް ބިފޯރ ކްރިސްމަސް
  • 1947: ޑރ. ޖެކީލް އެންޑް މރ. މައުސް
  • 1949: ހެޗް އަޕް ޔުއަރ ޓްރަބްލްސް
  • 1950: ޖެރީސް ކަޒިން
  • 1954: ޓައުޗްއެ، ޕުސީކެޓް

ތިރީގައި މިވަނީ އެނީ އެވޯރޑް އެކި ބައިތަކަށް ހޮވިފައިވި، އެހެންނަމަވެސް އެއްވެސް މަޤާމެއް ކާމިޔާބު ކުރެވިފައި ނުވާ މިކާރޓޫނުގެ ބައިތަކެވެ.

  • 1946: ސްޕްރިންގ ޓައިމް ފޯރ ތޯމަސް
  • 1955: ދެޓްސް މައި މޮމީ
  • 1956: މަސަލް ބީޗް ޓޮމް

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ