ޕެނަމާ ކެނަލް
9°04′48″N 79°40′48″W / 9.08000°N 79.68000°W
މީލާދީން 1534 ވަނަ އަހަރު ސްޕޭން ގެ ރަސްގެފާނު ޗާރލްސް-1 ޕެނަމާގެ އިސްމަސް ހުރަސް ކޮށް ކެނަލް އެއް ހެދުމަށް އަމުރު ކުރެއްވި އެވެ. އިސްމަސްގެ މާނައަކީ ދެފަރާތުން ކަނޑު ނުވަތަ ކޯރު އޮވެފައި މެދުން އޮންނަ ބިމުގެ ހަނި ބައެކެވެ. މިބުނި ރަސްގެފާނު އެކަމަށް އަމުރު ނެރުނުތާ 3 ގަރުނު ފަހުން 1880 ވަނ އަހަރު ޕެނަމާ ކެނަލް ހެދުމުގެ މަސައްކަތް ފެށުނެވެ. ނަމަވެސް 20 އަހަރު ފަހުން ބައްޔާއި ފައިސާގެ މައްސަލަތަކާއި ހުރެ މަސައްކަތް ހުއްޓާލަން ޖެހުނެވެ. އެފަހަރު މިމަސައްކަތް ކޮށްފައިވަނީ ފަރަންސޭސި ވިލާތުގެ ކުންފުންޏަކުންނެވެ.
1903 ވަނަ އަހަރު ޕެނަމާ އާއި، އެމެރިކާއާއި ދެމެދު ޕެނަމާ ކެނަލް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. 1904 ގައި އެމެރިކާއިން ފްރެންޗް ކެނަލް ކަމްޕަނީ އަތުން ކެނަލް ހެދުމަށް ބޭނުންވާ ތަކެއްޗާއި އެހެނިހެން ޙައްގު ތައް 40 މިލިއަން ޑޮލަރަށް ގަނެ ކެނަލް ހެދުމުގެ މަސައްކަތް ފެއްޓި އެވެ. މިތާރީޚީ މަޝްރޫޢު ނިންމާފައިވަނީ 10 އަހަރު ދުވަހުގެ ތެރޭގައި 387 މިލިއަން ޑޮލަރު ހޭދަކޮށްގެންނެވެ. ކެނަލް އެއްކޮށް ނިންމައި ހުޅުވުނީ 15 އޯގަސްޓް 1914 ގައެވެ.
ޕެނަމާ ކެނަލް ހެދުމުގައި ދިމާވި ބައެއް އުދަގޫ ކަންތައްތަކުގެ ތެރޭގައި ކެނަލް ހެދުމަށް ބިންކޮނުން، ކެނަލް ހުރަސްކޮށް ޑޭމެއް ހެދުން، ޑޭމް ބަންދުކުރުމަށް ލޮކް އެއް ތައްޔާރު ކުރުން، ކައިރިކޮށް ދުރުކުރެވޭ ގޮތަށް ދޮރާއްޓެއް ހެދުން، އަދި ކެނަލް ހެދުމުގެ ސަބަބުން ތިމާވެށީގެ ގޮތުން ކުރިމަތިވި މައްސަލަތައް ހިމެނެއެވެ. ކެނަލް ހެދުމުގެ ތެރޭގައި އެކި ފަހަރު މަތިން 27500 މީހުން ދުނިޔެ ދޫކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރީދޫ ހުމާއި، މެލޭރިޔާ ފަދަ ބަލިތައް ޖެހިގެން މަރުވި މީހުން ވެސް ހިމެނެއެވެ.
82 ކިލޯ މީޓަރު ހުންނަ ޕެނަމާ ކެނަލް އަކީ އެޓްލާންޓިކް ކަނޑާއި، ޕެސިފިކް ކަނޑު ގުޅުވުމަށް ޕެނަމާގެ ބިން ކޮނެގެން ހެދުނު ފެނުގެ މަގެއް ކަމުގައިވަނީ ވެފައެވެ. ޕެނަމާ ކެނަލް އިން ގުޅުވައިދެނީ ޕެސިފިކް ކަނޑުގައި އޮންނަ ޕެނަމާ ކަނޑު އޮޅި އާއި، އެޓްލާންޓިކް ކަނޑުގައި އޮންނަ ކެރީބިއަން ކަނޑެވެ.
ޕެނަމާ ކެނަލް ހުޅުވުމަށްފަހު އެތައް ދުވަސްތަކެއް ވަންދެން އެތަން ބަލަހައްޓާފައިވަނީ އެމެރިކާއިންނެވެ. އޭގެ 80 އަހަރު ފަހުން އެމެރިކާ އަދި ޕެނަމާއިން ވަނީ ދެގައުމު ޙިއްޞާވާ އިދާރާއެއްގެ ދަށުން ޕެނަމާ ކެނަލް ބެލެހެއްޓުމަށް ނިންމާފައެވެ. 7 ސެޕްޓެމްބަރު 1977 ގައި އެމެރިކާއާއި، ޕެނަމާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 1999 ވަނަ އަހަރުގެ ނިޔަލަށް ދެގައުމު ގުޅިގެން ކެނަލް ހިންގުމަށް ނިންމުނެވެ. އެއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ރަހުމަތްތެރިކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައެވެ. މިއެއްބަސްވުމުގެ ދަށުން 31 ޑިސެމްބަރު 1999ން ފެށިގެން ޕެނަމާ ކެނަލް ހިންގުމުގެ ހުރިހާ ބާރެއް ޕެނަމާ އަށް ލިބިފައި ވެއެވެ.
ޕެނަމާ ކެނަލް ހުރަސްކޮށް ކޮންމެ އަހަރަކު ގާތްގަނޑަކަށް 14 ހާސް އާގު ބޯޓް ހުރަސް ކުރެއެވެ. އަދި 203 މިލިއަން ޓަނުގެ މުދާ އުފުލައެވެ. 2002 ވަނަ އަހަރާއި ހަމައަށް ކެނަލް ހުރަސް ކޮށް 800 ހާސް އާގު ބޯޓް ދިޔަކަމަށް ލަފާކޮށްފައި ވެއެވެ. 2005 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ބުނާގޮތުން 278.8 މިލިއަން ޓަންގެ މުދާ މިކެނަލް ހުރަސްކޮށް އުފުލާފައި ވެއެވެ.
އަދި އިތުރަށް ބައްލަވާލައްވާ
އުނިއިތުރު ގެންނަވާ
އިތުރު ފާލަންތައް
އުނިއިތުރު ގެންނަވާ- 2700 digitized National Archives public domain images Photos of the building and early days of the Panama Canal digitized by GoZonian.org from the US National Archives and Records Administration. Originally from 8x10 glass plates.
- Making the Dirt Fly, Building the Panama Canal Smithsonian Institution Libraries
- Panama Canal Sailing Guide by CaptainWiki.Com
- Official website of the Panama Canal Authority — Has a simulation that shows how the canal works
- Canalmuseum — Panama Canal History, Documents, Photographs and Stories
- Canal Zone Brats — Comprehensive information on the canal and the zone
- History of the Canal Zone — including much canal information, from CZ Brats
- Latin Business Chronicle — Panama Canal: Chinese Control?
- Panama Canal Webcams
- Time Lapse Video of the Canal (created using one week of web cam footage).
- Video Clips of a Canal Transit (no time lapse)
- Slideshow of a ship passing through the Miraflores locks
- TeddyRoosevelt.com: The Man that Built the Panama Canal
- ފަންވަތް:Es icon Dr. Alonso Roy's short essays on Panama Canal History
- Judicial Watch, Inc. v. Panama Canal Commission case (archived)
- Satellite view in Google Maps
- General information regarding Panama Canal
- Structurae: Panama Canal
- Taking the waters in Panama Foreign Report, 22 August 2006
- University of Washington Libraries Digital Collections -- Freshwater and Marine Image Bank -- Panama Canal An ongoing digital collection of images related to the Panama Canal.
- A timelapse video of a transit of the entire Canal from Atlantic to Pacific.