ޖޯން ފިޓްޒެގެރަލްޑް ކެނެޑީ

(މިސްރާބުކުރެވުނީ John F. Kennedy އިން)

މެއި 19، 1917 - ނޮވެމްބަރު 22، 1963. މިއީ އެމެރިކާގެ 35 ވަނަ ރައީސެވެ. މީނާ، އެހެން ނަމަކުންކިޔާނަމަ ޖޭއެފްކޭ އެމެރިކާގެ ރައީސް ކަން ކުރީ 2 އަހަރެވެ. ރައީސް ކަމަށް 2 އަހަރަށް ވީ ތަނާ ހެން 1963 ވަނަ އަހަރުގެ ނޮވެމްބަރ 22 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެމެރިކާގެ މީހެއްގެ އަތުން ދިން ބަޑީގެ ހަމަލާ އެއްގައި މަރުވި އެވެ. އޭރު އޭނާގެ އުމުރުން 46 އަހަރުއެވެ. މި ފަހު ޒަމާނުގެ ގަރުނު ތެރޭގައި އެމެރިކާ އާއި ރޫސީ ވިލާތާއި ދޭތެރޭ އޮތް 'ފިނި ހަނގުރާމަ' (ދެވަނަ ހަނގުރާމަ އަށް ފަހު އޮތް ދާޚިލީ ނުތަނަވަސް ކަމުގެ) ތެރޭގައި އެމެރިކާ ގެ ރައީސް އަކަށް ހުރީ ކެނަޑީ އެވެ. ކިއުބާ އަދި ރޫސީ ވިލާތާއި އަދި އެމެރިކާ އިން އެ ދެ ގައުމާ ދޭތެރޭ އޮތް ހަމަނުޖެހުން އިތުރަށް ގޯސް ވިޔަ ނުދީ ގެންގުޅުން ވެގެން ދިޔައީ އޭނާގެ ރައީސް ކަމުގެ ތެރޭގައި އެންމެ ބޮޑު އިސް ކަމެއް ދިން ކަމަށެވެ.

ޖޯން ފިޓްޒެގެރަލްޑް ކެނެޑީ

ޑިމޮކްރަޓިކް ޕާޓީ ތަމްސީލު ކޮށް ދިނުމުގެ ގޮތުން އެ ގައުމުގެ ސެނަޓުގެ އަދި ކޮންގްރެސްގެ މަގާމު ތައް އޭނާ އަދާ ކޮށްފައި ވެ އެވެ.

އެމެރިކާ ބްރޫކްލިން، މެސަޗޫސެޓްސްގެ މަހުޖަނު އާއިލާ އަކަށް އުފަން ކެނެޑީ ތަޢުލީމު ހާސިލު ކުރީ ހާަވާޑު ޔުނިވަރސިޓީން ނެވެ. 1940 ވަނަ އަހަރު ކިޔެވުން ނިންމާ ލުމަށް ފަހު އެ ގައުމުގެ ކަނޑުގެ އަސްކަރީ ފައުޖު އާއި ގުޅި ނޭވަލް ރިޒާވް އޮފިސަރ އެއް ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހަރަކާތްތެރި ވި އެވެ.

ދެވެން ބޮޑު ހަނގުރާމައިގެ ތެރޭގައި އޭޝިޔާ އަދި ޕެސިފިކް ކަނޑު ސަރަހައްދު ބެލެހެއްޓުމުގައި މިސައިލް ކަނޑު ސުޕީޑް ބޯޓް ތަކެއް ގެ ކޮމާންޑަރު ކަން ކެނެޑީ ކުރި އެވެ. އަދި މި ޙަރަކާތުގެ ސަބަބުން ނޭވީ އަދި މެރިން ކޯ ގެ ޝަރަފު ވެސް އޭނާ ހޯދި އެވެ.