ނެރު:ސައިންސް

(މިސްރާބުކުރެވުނީ Broken/އުލޫމު އިން)

Science Portal

ސައިންސް އަކީ އިންސާނާއަށް ލިބިފައިވާ ޢިލްމާއި އޭނާގެކުރީން އައި މީހުންގެ ހޯދުންތަކުގެ މައްޗަށް ބަރޯސާވެ އެކި މުއައްރިޙުންގެ ހޯދުންތައް ޔަގީންކޮށް ހުންނަ ޙާލު އިންސާނުންނާއި ގުޅުންހުރި ދުނިޔަވީ އެކި އާދަޔާޚިލާފު ކަންކަމާމެދު ވިސްނައި، އެކަންކަމުގެ އައު ސިފަތަށް ހޯދުމަށް ކިޔާނަމެކެވެ. އެފަލްސަފަތަކުގެ މައްޗަށްްބިނާކޮށް އެކި ދާއިރާތަކުން އިތުރު ހޯދުންތަށް ކުރިއަރުވައި އޭނާގެ ކުރިމަގަށް މަގުފަހިވާ ފަދަ އިލްމުތައް ބިނާކުރުމާށް ޖުމްލަކޮށް ކިޔާނަމެކެވެ. އެކި އާލާތް ތަށް ބިނާކޮށް ތަޢުލީމީ ނަޒަރަކުން ދުނިޔޭގެ ކަންކަން ބަރުދާސްތު ކޮށް ޔަޣީން ކުރުމަށް އިގިރޭސި ބަހުން ދީފައި ވާ ނަމަކީ ސައިންސް އެވެ. މިފަދަ ކަންކަން ސައިންސްވެރިން ޖުމްލަކޮށް ބަލާއުޅެނީ ހިސާބުގެ ޢިލްމާއި, ބަލައި ހޯދާ ގުނަކުރެވި އާލާތްތަކާއި އިންސާނާގަ ވިސްނުމާއި ހިއްސުތަކަށް ޔަޤީން ކުރެވޭނޭ ފަދަ އެހިއްސުތަކަށް ޝައްކެއްނެތި އޮޅުން ފިލުވޭ ކަންކަމުގެ ތެރެއިންނެވެ. މިހެންކަމުން ސައިންސަކީ ޢައިބުގެ ތެރެއިން ވާކަންކަން ފިޔަވާ އިންސާނާ އޭނާ އަމިއްލައަށް ހޯދާ ދުނިޔަވީ ހޯދުންތައްކަމަށް ބެލެވިދާނެއެވެ. އަދި ކުރިމަގުގައި ސައިންސްގެ ހޯދުމެއް އޭގެ އެހެން ފަލްސަފާއަކާއި ތަޢާރުތު ވާނަމަ ކުރިއަށް އަންނާނޭ އެފަދަ އިތުރު ކަންކަން ދެނެގަތުންވެސް އެއީ ސައިންސްގެ ޢިލްމުގެެ ތެރެއިން ހޯދޭމިންގަޑުތަކެއް ކަމަށް ބެލެވެއެވެ. ވަކި އިލްމެއް އޭގެ ދަސްކޮށްދެވޭ އަދި ޤަބޫލު ކުރެވޭ މިންގަޑުތަކެއް ތަފްސީލުކޮށް އަދި ޖުމްލަކޮށް ސައިންސް ވެރިން އެއްބަސްވާހެން ކަޑައެޅުފައި ނެތްހާ ހިދެއްގައި އެއީ ސައެންސް އެއް ކަމަށް ނުބެލެވެއެވެ. މިހެން ކަމުން ދުނިޔެއާއިި އިންސާނާއާއި ދެމެދު ގުޅުން ހުންނަ ގިނަ އިލްމުތަށް ވަކި މިންގަޑު ތަކަށް ފައްތައި، އެކަންކަމަށް ސައެންސްގެ ތަފާތު ރުގުތަކުން ނަން ދެވިފައި ވެެއެވެ.