2024 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސް

އޮލިމްޕިއަޑް

ރަސްމީކޮށް ގޭމްސް އޮފް ދަ XXXIII އޮލިމްޕިއަޑް އަދި ރަސްމީކޮށް ޕެރިސް 2024 ގެ ނަމުގައި ބްރޭންޑްކޮށްފައިވާ 2024 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސް އަކީ 24 ޖުލައި އިން 11 އޮގަސްޓް 2024 އަށް ފްރާންސްގައި ކުރިއަށްދާ ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް އިވެންޓެކެވެ. ޕެރިހަކީ މުބާރާތް ބާއްވާ ސިޓީއެވެ. މެޓްރޮޕޮލިޓަން ފްރާންސްގެ އެކި ހިސާބުތަކުގައި ފެތުރިފައިވާ އިތުރު 16 ސިޓީއެއްގައި އިވެންޓްތައް ބާއްވާއިރު، އޭގެ އިތުރުން ފްރެންޗް ޕޮލިނީޝިއާގެ ޓާހިޓީގައި އެއް ސަބްސައިޓެއް ވެސް ބާއްވާނެ އެވެ.[1]

އޮލިމްޕިހަކީ ޒަމާނުއްސުރެ ބާއްވަމުންއަންނަ ވަރަށް ފޯރިގަދަ ބައިނަލްއަގްވާމީ މުބާރާތެކެވެ. ޖުމްލަ 206 އޮލިމްޕިކް ގައުމީ ޓީމު 2024 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސްގައި ތަމްސީލުކޮށްފައިވަނީ އެފްރިކާގެ 54، ޔޫރަޕުން 48، އޭޝިއާގެ 44، އެމެރިކާއިން 41، އޯޝޭނިއާގެ 17 ޓީމުންނެވެ.

  1. Butler, Nick (7 February 2018). "Paris 2024 to start week earlier than planned after IOC approve date change". Inside the Games. Archived from the original on 9 November 2020. Retrieved 7 February 2018.