ޤައިރަވާން އޮންނަނީ ޓިއުނީޝިއާގެ ސަހަރާގެ ތެރޭގައެވެ. މިއީ ކުރިން ޓިއުނީޝިއާގެ ވެރިރަށެވެ.

- ޤައިރަވާން ފަތަހަ ކުރެއްވީ ޢުޤުބާ ބިން ނާފިޢު ހިޖުރައިން 49ވަނަ އަހަރުގެ ތެރޭގައެވެ. މަޣުރިބުގެ ރަށްތަކުގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީން ޚިޔާރު ކުރީ ޤައިރަވާންގެ އަހުލުވެރިންނެވެ.

- ހިޖުރައިން 148ން 296އަށް އަޣާލިބާއޭ ކިޔުނު ދައުލަތުގެ ދުވަސްވަރުގައި ވެރިރަށެއްގެ ގޮތުގައި ޤައިރަވާން ބޭނުންކުރެވުނެވެ.

- ހިޖުރައިން 308ވަނަ އަހަރު ފާތިމީންގެ ދުވަސްވަރު ވެރިކަން ޤައިރަވާން އިން މަހުދިޔާ އޭ ކިޔުނު ރަށަކަށް ބަދަލުކުރެވުނެވެ.

- ފްރާންސްގެ އަޅުވެތިކަމުގެ ދަށުގައި 75 އަހަރު ޤައިރަވާން ދެމިއޮތެވެ.

- ޓިއުނީޝިއާ މިނިވަންވުމާއި ގުޅިގެން އާވެރިރަށުގެ ގޮތުގައި ތޫނިސް އޭ ކިޔުނު ރަށް ހަމަޖެއްސުމުން ޤައިރަވާން އިން ވެރިކަން ތޫނިސް އަށް އެއްކޮށް ބަދަލުކުރެވުނެވެ.

- ޤައިރަވާން ހުރި މުހިއްމު އާޘާރުތަކުގެ ތެރޭގައި ޢުޤުބާ ބިން ނާފިޢު މީލާދީން 670ވަނަ އަހަރު ބިނާކުރެއްވި މަސްޖިދުލް ޤައިރަވާންއާއި، ބުރޫޠާއޭ ކިޔޭ ވަޅާއި، އަދި ބައެއް މިސްކިތްތައް ހިމެނެއެވެ.