ޑރ. ޢާއިޝަތު ރަމީލާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިޔާގައި ޕީއެޗްޑީ ޙާޞިލުކުރައްވައިފައެވެ.

ޑރ. ޢާއިޝަތު ރަމީލާ

ޑރ. ޢާއިޝަތު ރަމީލާ ދިވެހި ސަރުކާރުގެ ޚިދުމަތް ފެށްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެއީ 1990 ވަނަ އަހަރުއެވެ. ޑރ. ޢާއިޝަތު ރަމީލާ ވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް އެންޑް ފެމެލީގެ މަޤާމު ވެސް އަދާކުރައްވައިފައެވެ. އަދި މޯލްޑިވްސް ޑެންޓަލް އެންޑް މެޑިކަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ޑރ. ޢާއިޝަތު ރަމީލާ ވަނީ ކުރައްވައިފައެވެ.

ޑރ. ޢާއިޝަތު ރަމީލާއަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ) ކަމުގެ މަޤާމު އަދާކުރައްވައިފައިވާ ބޭކަނބަލެކެވެ. މި މަޤާމަށް އެ ކަމަނާ ޢައްޔަނުކުރެއްވީ 2023، ނޮވެންބަރު 17 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ޑރ. ޢާއިޝަތު ރަމީލާ ވަޒީރުކަމުން އިސްތިޢުފާ ދެއްވީ 2024، ޑިސެންބަރު 1 ވަނަ ދުވަހުއެވެ.