ޑރ. ޢަބްދުﷲ ފާރޫޤް އިބްރާހީމް ފުރަތަމަ ޑިގުރީ ހާސިލުކުރެއްވީ އިސްލާމީ ޝަރީޢާގެ ދާއިރާއިންނެވެ. މާސްޓަރސް ޑިގުރީ ހާސިލުކުރެއްވީ އިސްލާމިކް ސްޓަޑީޒުންނެވެ. އެއަށްފަހު ޕީއެޗްޑީ ހާސިލުކުރެއްވީ މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާގައި ފިޤުހާއި އުޞޫލުލް ފިޤުހުންނެވެ.

ޑރ. ޢަބްދުﷲ ފާރޫޤް އިބްރާހީމް ވަނީ 29 އަހަރު ޤާޟީކަން ކުރައްވައިފައެވެ. އިނގިރޭސިބަހުންނާއި ޢަރަބިބަހުން ލިޔުއްވައިފައިވާ ޢިލްމީ ލިޔުންތައް ތަފާތު ޖާނަލްތަކުގައި ޝާޢިއުކުރައްވައިފައިވެއެވެ. އަދި ބައެއް ފޮތް ލިޔުއްވައިފައިވެއެވެ. ޙަދީޘް ފޮތެއްކަމަށްވާ [ރިޔާޟުއްޞާލިޙީން] ދިވެހިބަހަށް ޑރ. ފާރޫޤް ވަނީ ތަރުޖަމާ ކުރައްވައިފައެވެ.

ޑރ. ޢަބްދުﷲ ފާރޫޤް އިބްރާހީމް ވަނީ 2001 ވަނަ އަހަރު އެންމެ ރަނގަޅުކަމަށް ފާހަގަކުރެވުނު މެޖިސްޓްރޭޓްގެ ވަނަ ހާސިލުކުރައްވައިފައެވެ.