ޑރ. ޢަބްދުﷲ މުއްޠަލިބް މާސްޓާރސް ޑިގުރީ ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ލަންޑަނުން ސިވިލް އިންޖީނިއަރިންގެ ދާއިރާއިންނެވެ. ޕީއެޗްޑީ ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ ކޮލެޖް ލަންޑަނުން 2020 ވަނަ އަހަރު ޖިއޯ ޓެކްނިކަލް އިންޖިއަނިރިންގެ ދާއިރާއިންނެވެ.

ޑރ. ޢަބްދުﷲ މުއްޠަލިބް

ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، އެޗް.ޑީ.ސީ އާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ޚިދުމަތް ކުރައްވައިފައެވެ. ޑރ. ޢަބްދުﷲ މުއްޠަލިބް މިހާރު ހުންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައެވެ.

ޑރ. ޢަބްދުﷲ މުއްޠަލިބް ޕީއެޗްޑީއަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި އާޓިކަލް ބައިނަލްއަޤުވާމީ ޖާނަލެއްގައި ޝާއިޢުކޮށްފައިވާތީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2022 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.