ޢަބްދުﷲ ނާޡިމް އިބްރާހީމް
ޢަބްދުﷲ ނާޡިމް އިބްރާހީމަކީ ދިވެހިރާއްޖޭގެ މިހާރުގެ ޞިއްޙަތާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް ހެލްތު) އެވެ. އެ މަނިކުފާނު މި މަޤާމަށް އައްޔަންކުރެއްވީ 2024، ސެޕްޓެންބަރު 30 ވަނަ ދުވަހުއެވެ. މި މަޤާމަށް އައްޔަންކުރެއްވުމާ ހަމައަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަޤާމުގައެވެ. ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ މީގެކުރިން ވެސް ހެލްތު މިނިސްޓަރުކަން ކުރައްވައިފައިވެއެވެ.