ޑރ. ޢަބުދުﷲ ޝިހާމް (މއ. ނައިބުގެ )އަކީ ގާނޫނީ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ދިރިއުޅުއްވަނީ މެލޭޝިޔާ ގައެވެ. މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގެ ލެކްޗަރަރ އެއްގެ މަގާމް މިހާރު ދަނީ ފުރުއްވަމުންނެވެ. ޑރ ޢަބުދުﷲ ޝިހާމް ފާހަގަ ވެގެންދިޔައީ 2007 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޢަދާލަތު ޕާޓީ އިން ބޭއްވި ޖަލްސާއެއްގައި އިސްލާމީ ބޭންކާއި އޭގެ ފައިދާ މިމައުޟޫ އަށް ދެއްވި ތަގްރީރެއްގެ ސަބަބުންނެވެ.