ޢަބުދުﷲ ޖިހާދު އަކީ ގދ. ތިނަދޫ ދާއިރާ އަށް ރައްޔިތުންގެ މަޖްލިސް އިންތިޚާބު 2009 ގައި ކުރިމަތި ލެއްވި ކެންޑިޑޭޓެކެވެ. އުފަންވެ ވަޑައިގަތީ 3 ޖެނުއަރީ 1963 ގައެވެ.

ޢަބުދުﷲ ޖިހާދު

އަމިއްލަ ނަފްސީ މަޢުލޫމާތު އުނިއިތުރު ގެންނަވާ

  • ފުރިހަމަ ނަން: ޢަބްދުﷲ ޖިހާދު
  • މިހާރު އުޅޭ އެޑްރެސް: މ.ވެސްޓްވިއު 4 ވަނަ ފަންގިފިލާ، ފުލޫނިޔާމަގު، މާލެ
  • އުމުރު: 46 އަހަރު
  • ކައިވެނީގެ ގުޅުން: ފުރަތަމަ ކައިވެންޏާއިއެކު 3 އަންހެންދަރިން ލިބިފައި
  • އުފަންރަށް: ގދ.ތިނަދޫ

ތައުލީމް އުނިއިތުރު ގެންނަވާ

މަތީ ތަޢުލީމީ ފެންވަރު އުނިއިތުރު ގެންނަވާ

  • ބެޗްލަރ އޮފް އާރޓްސް، އިކޮނޮމިކްސް / މެނޭޖްމަންޓް، ޔުނިވަރސިޓީ އޮފް ސައުތު ޕެސިފިކް، ސުވާ، ފިޖީ އައިލެންޑް، 1986 – 1989.
  • މާސްޓާރސް އޮފް އާރޓްސް، އިކޮނޮމިކުސް، ޔުނިވަރސިޓީ އޮފް ވައިކާޓޯ، ހެމިލްޓަން، ނިއުޒިލޭންޑް، 1995 – 1996

ކުރު ކޯސްތައް އުނިއިތުރު ގެންނަވާ

ކޮމަންވެލްތްއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، ވޯލްޑް ބޭންކާއި އައި.އެމް.އެފް އަދި އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން ފަދަ ބައިނަލް އަޤްވާމީ ޖަމްއިއްޔާތަކުން ޚަރަދުދީ އިންތިޒާމްކުރި ވަރަށް ގިނަ ކުރުމުއްދަތުގެ ތަމްރީންކޯސް ތަކުގައި ބައިވެރިވެފައިވެއެވެ. ޚާއްސަކޮށް ޓެކްސް ނެގުމާއި ބެލެހެއްޓުމުގެ މަސައްކަތާއި ޤައުމުގެ އިގްތިޞާދު އަދި މާލީ ދާއިރާއާއިބެހޭ 25 ކޯހެއް ނުވަތަ ތަމްރީނު ޕްރޮގްރާމެއް 1990 އިން 2008 އާދެމެދު ފުރިހަމަކޮށްފައިވެއެވެ.

ޚިދުމަތުގެ ރިކޯރޑް އަދި މަސައްކަތުގެ ތަޖްރިބާ އުނިއިތުރު ގެންނަވާ

  • 1980 އިން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ސަރުކާރުގެ ތަފާތު މަޤާމުތަކުގައި ޚާއްޞަކޮށް މާލީ ސިޔާސަތާއި، އިޤްތިޞާދީ ރޭވުންތައް ބަލަހައްޓާ ސަރުކާރުގެ ވުޒާރާ ކަމުގައިވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓެރެޜަރީގެ ދާއިރާގައި 19 އަހަރާއި 8 މަސްދުވަހު ދިވެހި ސަރުކާރަށާއި، ދިވެހި ދައުލަތަށް އަދި ދިވެހި ރައްޔިތުންނަށްޓަކައި ޢަބްދުﷲ ޖިހާދުވަނީ އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްފައެވެ.
  • މިކަންކަމުގެ ތަޖްރިބާގެ އަލީގައި ޖިހާދުވަނީ ރާއްޖޭގައި އުފެދުނު އެންމެ ތަޖްރިބާކާރު އިގްތިޞާދީ އަދި މާލީ ސިޔާސަތުގެ ފުންނާބުއުސް އެއްމާހިރަކަށްވެފައެވެ.
  • ފާއިތުވެދިޔަ 19 އަހަރު ދިވެހި ދައުލަތުގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތުގައި ޖިހާދުވަނީ ޢަމަލީގޮތުން ބައިވެރިވެ ބަޖެޓް ކޮމިޓީގެ ރިޔާސަތުވެސް ބަލަހައްޓާފައެވެ. އެހެންކަމުން 19 އަހަރެއްގެ ބަޖެޓް ތައްޔާރުކުރުމުގައި ދިވެއްސަކަށް ވަރަށް މަދުންުނޫނީ ނުލިބޭ އަގުހުރި ތަޖްރިބާތަކެއް ޖިހާދަށްވަނީ ހާޞިލް ކުރެވިފައެވެ.
  • ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އެތަކެއް މެނޭޖްމަންޓް ބޯޑްތަކުގައިވެސް ޖިހާދުވަނީ މެންބަރެއްގެ ގޮތުން މަސައްކަތް ކޮށްފައެވެ. އަދި ބައިނަލް އަޤްވާމީ 12 ކޮންފަރެންސް ނުވަތަ ބައްދަލްވުމެއްގައި ބައިވެރިވެފައިވެސް ވެއެވެ.
  • މާލެއާއި އަތޮޅު ތެރޭގައި މީހުން ތަމްރީނުކުރުމާއި އަތޮޅު ތަރައްޤީ ކުރުމާބެހޭގޮތުން ބޭއްވުނު އެތައް ސެމިނަރ / ވާރކްޝޮޕް ތަކެއްގައި ޖިހާދުވަނީ މަޢުލޫމާތު އާއި އިރުޝާދު ދީފައެވެ.
  • އަމިއްލަ ގޮތުން މެނޭޖްމަންޓް ދާއިރާ އާއި އޮފީސް ހިންގުމުގެ ދާއިރާއިން މުވައްޒަފުންނަން ތަމްރީނު ދިނުމާއި ކޮންސަލްޓަންސީ ދިނުމުގެ ޚިދުމަތްވެސް ޖިހާދުދެމުންގެންދެއެވެ. މިމަސައްކަތުގައި 1997 އިން ފެށިގެން މަސައްކަތް ކުރަމުންގޮސްފައިވެއެވެ.
  • 1997 ވަނައަހަރު ރަސްމީ ސިފައެއްގައި ވިޔަފާރި އުސޫލުން މޮބައިލް ޓްރޭނިންގ ރާއްޖެއަށް ތަޢާރަފްކޮށް އެމަސައްކަތްފެށި ފަރާތަކީ ވެސް ޖިހާދެވެ.

ފުރާފައިވާ ސަރުކާރުގެ މުހިންމު މަޤާމްތައް އުނިއިތުރު ގެންނަވާ

  • މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓުރެޜަރީ 2008
  • ރާއްޖެއިން އައި.އެމް.އެފް އަށް ކަޑައަޅުއްވާފައިހުންނަ ގަވަނަރ 2008
  • ގަވަނަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ 2007 - 2008
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ 2005 – 2007
  • ވައިސް ގަވަނަރ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ރާއްޖެއިން ވޯލްޑް ބޭންކަށް ކަޑައަޅުއްވާފައިހުންނަ އޯލްޓަނޭޓް ގަވަނަރ 2005 -2007
  • އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް (ހެޑް އޮފް ޑިޕާރޓްމަންޓް އޮފް އިންލަންޑް ރެވެނިއު) 2004 – 2005
  • ޑިރެކްޓަރ ޑިޕާރޓްމަންޓް އޮފް އިންލަންޑް ރެވެނިއު 2001 - 2004
  • ޑެޕިއުޓީ ޑިރެކްޓަރ، ޑިޕާރޓްމަންޓް އޮފް އިންލަންޑް ރެވެނިއު 1997 – 2000
  • ޑެޕިއުޓީ ޑިރެކްޓަރ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ 1994 – 1995
  • އެސިސްޓެންޓް ޑިރެކްޓަރ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ 1991 – 1994
  • ބަޖެޓް އެނަލިސްޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ 1990 – 1991
  • ގަވަރުމަންޓް ބަޖެޓް ސެކެޓްރީ 1985 – 1986
  • އެސިސްޓެންޓް ޕްރޮޖެކްޓްސް އޮފިސަރ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް 1985
  • ސެކެޓްރީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް 1984
  • ސެކެޓްރީ، ސައިންސް އެޑިއުކޭޝަން ސެންޓަރ 1982
  • އޯޑިޓް އެސިސްޓެންޓް (ވަގުތީ) އޯޑިޓް އޮފީސް 1980