ޑރ ޢަބުދުﷲ މަޢުސޫމް އަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާ ޕީއެޗްޑީ ހައްދަވާފައިވަނީ ސަސްޓެއިނަބަލް ޓުއަރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން އިގިރޭސި ވިލާތުގެ ބާރމިންގހާރމް ޔުނިވަސިޓީގައެވެ.

ތަފާތު މުނާސަބާތު ތަކާއި ގުޅިގެން ތިލަދުންމަތީ އުތުރުބުރީ ކެލާ އަށް އުފަން ޑރ ޢަބުދުﷲ މަޢުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ގުޅޭ ލެކްޗަރތައް ދުނިޔޭގެ އެކިއެކި ޔުނިވަސިޓީ ތަކުގައި ދެއްވާފައެވެ. މިގޮތުން 18 ނޮވެމްބަރު 2005 ގައި އިގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ސުރޭ ގައި ދިވެހި ފަތުރުވެރިކަން ސުނާމީ އަށްފަހު ބަދަލުވެ، ކުރިއަރަމުން އައިގޮތާއި ބެހޭގޮތުން ދެއްވި ތަގްރީރު ފާހަގަކޮށްލެވެއެވެ. ޑރ ޢަބުދުﷲ މަޢުޞޫމް އަކީ މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑްގެ ޑިރެކްޓަރ ޖެނެރަލް އެވެ. އަދި ހަމަމިހެން ޑރ ޢަބުދުﷲ މަޢުޞޫމް އަކީ މޯލްޑިވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަންގެ ކޮލެޖް ކައުންސިލްގެ މެންބަރެއް ވެސް މެއެވެ.