ޝާޒްލީ ރަޝީދު އަކީ ނިއުޒިލޭންޑްގައި ދިރިއުޅުއްވާ ދިވެއްސެކެވެ.


ޝާޒްލީ ވަނީ 2019 ވަނަ އަހަރު ނިއުޒިލޭންޑްގެ ހަޓް ސިޓީގެ ކައުންސިލް އިންތިޚާބު ގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ކައުންސިލްއަށް ހޮވުނު 11 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ. ޝާޒްލީ ރަޝީދު ގެންދަވަނީ ނިއުޒިލޭންޑްގެ ވެލިންގޓަން ގައި ޝާޒްލީ އެކްސްޕީރިއެންސް ގެ ނަމުގައި ބޯކޮށާ ތަނެއް ހިންގަވަމުންނެވެ. ކައިވެނި ބައްލަވައިގެން އުޅުއްވަނީ ލޯޔަރެއް ކަމުގައިވާ އިސްމާއީލް ރަޝީދު ކިޔާ ގާނޫނީ ވަކީލް އަކާއެވެ. އެދެމަފިރިންގެ 2 ފިރިހެން ކުދިން ތިބެއެވެ.