ހުސް ނޫނުގެ މައްސަލަ އުނިއިތުރު ގެންނަވާ

މި ޞަފްޙާއަށް ކުރީގައި ނަންދީފައިވާ އިރު ކުނޅަދިލި އަދި ކުޅަދިނލި މިފަދައިން ނަންދެވިފައިވެއެވެ. އެހެން ނަމަވެސް ދިވެހި ބަހުގައި ހުސްނޫނު އަންނާނީ ހަތަރު އަކުރެއްގެ ކުރިއަށެވެ. އެއީ ބާ ގޮދަޑި މި ލަފްޡުގައިވާ ހަތަރު އަކުރެވެ. މިސާލު: ބ= އަނބު، ގ= އަނގަ، ދ=ހަނދު، ޑ= ބަނޑު. މިނޫން އަކުރެއްގެ ކުރިއަކަށް ހުސްނޫނެއް ނާންނާނެއެވެ. އެހެންކަމުން މަތީގައިވާ ދެ ލަފްޡުގެ އިމްލާ ވެސް ރަނގަޅެއް ނޫނެވެ. މި ބަހުގެ ރަނގަޅު އިމްލާއަކީ ކުޅަނދިލި މިއެވެ. ހުސްނޫނު އައިސްފައިވަނީ ދ ގެ ކުރިއަށެވެ.

Return to "ކުޅަނދިލި" page.