ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަކީ ވިލާ ގުރޫޕްގެ މައި ނުވަތަ އަސާސީ ކުންފުންޏެވެ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި ވިލާ ގުރޫޕްގެ މައިކުންފުނި އުފައްދާފައިވަނީ 1986 ވަނަ އަހަރު އެވެ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އުފެއްދީ ވިލާގެ ދަށުން ހިންގާ ހުރިހާ ކުންފުނިތަކެއްގެ ވެސް ވެރިފަރާތް ކަމުގައިވާ އަލްފާޟިލް ޤާސިމް އިބްރާހީމް އެވެ. މިކުންފުނި އުފައްދާފައިވަނީ 1986 ވަނަ އަހަރު އެވެ. އޭރު މިކުންފުނި އުފެދިގެންއައީ ބޮޑެތި ބޯޓުފަހަރުގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މުދާއެތެރެކުރުމަށާއި، ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވުމަށެވެ. މިކުންފުނީގެ ޗެއާރމަންކަން ގާސިމް އިބްރާހީމްވަނީ އޯގަސްޓް 2008 ގައި އޭނާ ދަރިއެއް ކަމުގައިވާ އިސްމާޢީލް ސިޔާން ގާސިމް އާއި ޙަވާލު ކުރައްވާފައެވެ.