Content deleted Content added
m r2.7.1) (ރޮބޮޓ އިތުރު ކުރުނ: ka:კოლომბო
m ރޮބޮޓ އިތުރު ކުރުނ: so:Kolonbo; cosmetic changes
ފޮޅުވަތް 3:
ކޮޅުނބު ނުވަތަ ކޮލަންބޯ މިނަން ދިނީ 1505 ގައި ޕޯޗްގީޒުންނެވެ.
 
== ތާރީޚް ==
ކޮޅުބަކީ ގުދުރަތީ ބަނދަރެކެވެ. މީގެ 2،000 އަހަހރު ކުރިންސުރެ ރޯމަނުންނާއި، އަރަބި އަދި ޗައިނާމީހުން މިތަން ރަނގަޅަށް ދަނެއެވެ. 14 ވަނަ ގަރުނުގައި މި ގައުމަށް އައި ސައްޔާހު އިބުނި ބަތޫތާ މިތަނަށް ކިޔާފައިވަނީ "ކަލަންޕޫ' އެވެ. މީލާދުގެ 8 ވަނަ ގަރުނުގައި އަރަބި މުސްލިމް ވިޔަފާރިވެރިން ކޮޅުބުގައި ވަޒަންވެރިވާންފެށި މައިގަނޑު ސަބަބަކީ މިތާނގެ ބަނދަރުގެ ސަބަބުން އެހެން ގައުމުތަކާއި ސިންގަޅައިންނާ ދެމެދު ވިޔަފާރި ހިންގަން ފަސޭހަވުމެވެ.
=== ޕޯޗުގީޒުންގެ ދުވަސްވަރު ===
ޑޮމް ލޯރެންކޯ ޑި އަލްމީޑާ ގެ ވެރިކަމުގައި ދަތުރުކުރަމުން އައި ޕޯޗުގީޒުން އޮޅުދޫކަރައަށް އެރީ 1505 ގައެވެ. އެމީހުންގެ މި ދަތުރުގައި ކޮއްޓޭ ޕަރަކަމަބަހު ގެ ރަސްގެފާނާ އެމީހުނާ ދެމެދު، އެކަރައިގެ އައްސޭރީގައި ހެދޭ ފޮނިތޮށީގެ ވިޔަފާރި ކުރުމާމެދު އެއްބަސްވުމެއް ވެވުނެވެ. މި އެއްބަސްވުމުގައި ވާގޮތުން، އައްސޭރި ސަރަހައްދު ދުޝްމަނުންގެ ކިބައިން ހިމާޔަތްކޮށްދިނުމުގެ ބަދަލެއްގެ ގޮތުން ޕޯޗްގީޒުންނަށް އެތަނުގެ އައްސޭރިފަށުގެ ހުރިހައި ބާރެއް ލިބިދީފައި ވެއެވެ. އަދި ވިޔަފާރި މަރުކަޒެއް ބިނާކުރުމުގެ ހުއްދަވެސް ލިބިދިނެވެ. އެއަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތާގައި ވަޒަންވެރިވެ ތިބި މުސްލިމް ވިޔަފާރިވެރިން ފައްސާލައި އެތާގައި [[ކޯއްޓޭ]]އެއް ބިނާކުރިއެވެ.
 
އިންޑިޔާގެ އައްސޭރީގައި ޕޯޗްގީޒުން ގާއިމްވެތިބި ސަރަހައްދުގެ ހިމާޔަތަށްޓަކައި އޮޅުދޫކަރަ އަކީ ކޮންމެހެން މުހިއްމު ތަނެއްކަމުގައި ދެނެގައްނާކަށް އެމީހުންނަކަށް ގިނަ ދުވަސްތަކެއް ނުނެގިއެވެ. އެހެންކަމުން އެމީހުން އެދޭ ބާރުތައް ހޯދުމަށްޓަކައި ކޮއްޓޭގެ ރަސްގެފާނު ލަންބުވަން ފެށިއެވެ. މިކަމަށްޓަކައި ރަސްމަތިފުށުގެ ވާދަވެރިން ހައްލައި އެމީހުންގެ ތެރޭ ހައިޖާނު އުފައްދައި، ތަނުގެ ވެރިކަމުގެ ބައެއް ބާރުތައް އަތުލައިގަތެވެ. މި ބާރުތައް ލިބުމުން އިންޑިޔާގެ [[ގޯވާ]]ގައި ޕޯޗުގީޒުން ތިބި ތިބުން ކޮޅުބަށް ބަދަލުކުރަން ފެށުނެވެ. މިކަމާ ކޮޅުނބުގެ ރަސްކަލުން ތަކުރާރުކޮށް ދެކޮޅުހެއްދެވި ނަމަވެސް 1593 ވަނަ އަހަރު މުޅި އައްސޭރި ސަރަހައްދު އެކީގައި ޕޯޗުގީޒުންގެ ބާރުގެ ދަށަށް ގެނެސް ކޮޅުނބަކީ އެމީހުންގެ ވެރިރަށް ކަމުގައި ހަމަޖެއްސިއެވެ.
 
=== ޑަޗް ދުވަސްވަރު ===
1638 ގައި ޑަޗްމީހުންނާއި ކޭންޑީގެ ރަސްގެފާނު ރާޖަސިންހަ 2 އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. މި އެއްބަސްވުމުގައި ބަޔާންވެގެންވާގޮތުން ކޭންޑީގެ ރަސްގެފާނު ޕޯޗުގީޒުންނާ ކުރާ ހަމަގުރާމައިގައި ޑަޗުންނަށް އެހިތެރިވާން ވާނެއެވެ. އަދި މީގެ ބަދަލެއްގެ ގޮތުން އެތާގެ މައިގަނޑު ވިޔަފާރި ޑަޗުންގެ އައްމައްޗަށް ދޫކޮށްލެވޭނެއެވެ. ކޭންޑީ ރައްޔިތުންނާއި ޑަޗުންގެ ކުރިމަތިލުމަށް ޕޯޗުގީޒުން ގަދަދެއްކި ނަމަވެސް އެންމެ ފަހުން ޕޯޗުގީޒުން ބަލިވެ ފަހަތަށް ޖެހެން ޖެހުނެވެ. ޑަޗުންގެ ވަރުގަދަ ހަމަލާއަކަށް ފަހު ކޮޅުނބު އަތުލީ 1656 ގައެވެ.
 
ޑަޗުން އަތްދަށުލީ ސަރަހައްދުތައް ފުރަތަމަ އެތާގެ ސިންގަޅަ ރަސްގެފާނަށް އަނބުރާ ހަވާލުކުރި ނަމަވެސް ފަހުން އެ ތަންތަން ހަވާލުކުރަން ޑަޗުން ދެކޮޅު ހެދިއެވެ.
 
=== އިނގިރޭސީންގެ ދުވަސްވަރު ===
އިނގިރޭސިން ކޮޅުނބު ހިފީ 1796 ގައެވެ. ނަމަވެސް 1815 ގައި ކޭންޑީގެ ރަސްކަން އިނގިރޭސިންނަށް އަމާން ދިނުމާ ހަމަޔަށް އެ ތަނަކީ އިނގިރޭސިންގެ ސިފައިންގެ ކަންކަން ބަލަހައްޓާ މަރުކަޒެކެވެ. އެކަމަކު އޭގެ ފަހުން އެއީ ސިލޯނުގެ ވެރި ރަށް ކަމުގައި ހަމަޖެއްސިއެވެ. ޕޯޗތުގީޒުންނާއި ޑަޗުންނާ ޚިލާފަށް އިނގިރޭސިން އެތަން ބޭނުންކުރީ ހަމަ އެކަނި ސިފައިންގެ މަރުކަޒަކަށް ނޫނެވެ. އެތާގައި އެމީހުން ގެދޮރު އިމާރާތްކޮށް މީހުން އާބާދުކޮށް ކޮޅުނބު ތަރައްޤީ ކުރިއެވެ.
 
އިނގިރޭސިންގެ ފަރާތުން އެތާގެ އިދާރީ ހިންގުން ބެލެހެއްޓުމަށް ފުރަތަމަ އައްޔަން ކުރެވުނީ ޖޯން މެކްޑްވެލް އެވެ.
 
=== މިނިވަންވުމަށް ފަހު ===
އިނގިރޭސިންގެ ފުށުން ސިލޯނު މިނިވަންވީ 1948 ގައެވެ. އަޅުވެތިކަމުގައި ވީ ދުސްތައް ދިގުކަމާ ހުރެ، މިނިވަންކަން ލިބުމާ ހަމައަށް މިތަނގެ މީހުންނާއި ތަންތަނާއި ކަންކަމަށް އައި ބަދަލުތައް ގިނައެވެ. އޭރު ވަނީ މުޅިން އާ ސަގާފަތެއްގެ މޫ ލާން ފަށާފައެވެ. އެތަނުގެ ސަގާފަތާއި، ހެދުންއެޅުމާއި ދީނަށް އައި ބަދަލުތައް އެއީ އިސްތިއުމާރުގެ އަސަރުތަކެވެ. މިހާރުވެސް ކޮޅުނބުގެ ބިނާތަކާއި، މީހުންގެ ވައްޓަފާޅިއާއި، ވާހަކަދައްކާ ބަހުގައި ޕޯޗުގީޒް، ޑަޗް އަދި އިނގިރޭސި އަސަރުތައް ނުފިލާ ވެއެވެ. ކޮޅުނބު ފާހަގަކުރެވެނީ އަވައްޓެރި އެހެން ގައުމުތަކަށް ވުރެ ޒަމާނީ ތަހުޒީބީ އަވަށެއްގެ ގޮތުގައެވެ.
 
1980 ގެ އަހަރުތަކކުގައި ކޮޅުނބަށް ވެރިރަށުގެ ޝަރަފް ގެއްލުނަސް، މިހާރުވެސް އެ ތަނަކީ ސިލޯނުގެ ވިޔަފާރި މައި މަރުކަޒެވެ. ވެރިރަށް ޖެހިގެން އޮތް ސިރީ ޖަޔަވަރުދަނަޕޫރާ ކޮއްޓޭ އަށް ބަދަލުވި ކަމުގައި ވިޔަސް، ގިނަ ގައުމުތަކުގެ ހާރިޖީ ކަންކަން އަދިވެސް ނިންމަނީ ކޮޅުނބުންނެވެ.
 
== ޖޯގްރަފީއާއި މޫސުން ==
 
 
ފޮޅުވަތް 32:
މިތަނުގެ ފިނިހޫނުމިން ދެވަރުނުވެ މުޅި އަހަރުގައި އެއްވަރެއްގައި ހިފަހައްޓައެވެ. މާޗުން އެޕްރީލަށް ފިނިހޫނު މިނަކީ 31 ޑިގްރީ އެވެ. މޫސުމަށް ބޮޑު ބަދަލެއް އަންނަނީ މޮންސޫން ދުވަސްވަރުއެވެ. އެއީ މެއި އިން އޮގަސްޓަށް އަދި އޮކްޓޫބަރުން ޖެނުއަރީ އަށެވެ. މި ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހުން އެކަށީގެން ވެއެވެ. އަހަރަކަށް އެވްރެޖްކޮށް ވެހެނީ 2400 މިލިލީޓަރުގެ ވާރޭ އެވެ.
 
== ޑެމޯގްރެފިކްސް ==
[[Imageފައިލް:InsideSeema.jpg|thumb|ސީމަ މަލަކާޔަ]]
މިއީ އެކި ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަހައްދެކެވެ. މިތަނުގެ އާބާދީގައި އެކުލެވިގެންވަނީ ސިންގަޅައިންނާއި ތަމަޅައިންނާއި މޫސް ދަރިކޮލުގެ މީހުންނެވެ. މީގެ އިތުރަށްވެސް ޗައިނާ، ޕޯޗްގީޒް، ޑަޗް، މެލޭ އަދި އިންޑިޔާ ދަރިކޮޅު ހިމެނެއެވެ. ކޮޅުނބުގައި ދިރިއުޅޭ 642163 މީހުންގެ އާބާދީ އަކީ އޮޅުދޫކަރައިގެ އަވަށެއްގެ އެންމެ ބޮޑު އާބާދީއެވެ. 2001 ވަނަ އަހަރުގެ ބޯހިމެނުން ދައްކާގޮތުން ކޮޅުނބުގެ އާބާދީ ބެހިފައިވާ ގޮތް ތިރީގައި މިވަނީ އެވެ.
 
ފޮޅުވަތް 64:
</center>
 
== ސަރުކާރު އަދި ސިޔާސަތު ==
=== ލޯކަލް ގަވަރްމެންޓް ===
މިތާގައި އޮންނަނީ މޭޔަރ ކައުންސިލް އެއް އޮވެފައި ޗާޓާ ސިޓީ ނިޒާމެކެވެ. މޭޔަރ އަދި ކައުންސިލް މެންބަރުން އިންތިހާބު ކުރަނީ ކޮންމެ 5 އަހަރަކުން އޮންނަ އާއްމު އިންތިހާބަކުންނެވެ. ފާއިތުވި 50 އަހަރު ވެރިކަން ކުރީ ޔުނައިޓެޑް ނޭޝަނަލް ޕާޓީން ނެވެ.
 
ސަރަހައްދީ ސަރަކުކާރުން ނަރުދަމާއާއި، މަގުހެދުމާއި، ކުނި ނައްތާލުން ފަދަ ހިދުމަތްތައް ފޯރުކޮށްދެއެވެ.
 
== އިޤްތިޞާދު ==
އޮޅުދޫކަރައިގެ އެކި އެކި މަސައްކަތްތައްތައް ކުރާ ވަރަށް ގިނަ ކުންފުނިތަކުގެ މައި އޮފީސް ހިންގަނީ ކޮޅުނބުގައެވެ. އޭގެ ތެރޭގައި ގޭސް، ސިމެންތި، ފޮތި،ގަހަނާ ފަދަ ދާއިރާތަކުގެ ކުންފުނިތައް ހިމެނެއެވެ. ކޮޅުނބުގެ މެދެއްހާ ހިސާބުގައި ހުންނަ ވިޔަފާރި މަރުކަޒު، ވޯލްޑް ޓްރޭޑް ސެންޓަރ އިމާރާތް މިއީ ވިޔަފާރީގެ މުހިއްމު މުއާމަލާތްތައް ކުރެވޭ މައި މަރުކަޒެވެ. ކޮޅުބުގެ މެދުގައި، ފޯޓް ޑިސްޓްރިކްޓް ގައި ހުންނަ 40 ބުރީގެ މި ވިޔަފާރި އެކުވެންޏަކީ ހުރިހައި ވިޔަފާރިތަކގެ މައި މަރުކަޒެވެ. ފޯޓް ޑިސްޓްރިކްޓް އާއި ޖެހިގެން ބޭރަށް އޮންނަނީ ޕެޓާ އެވެ.
 
ޕެޓާ އަކީ ފޯޓް ސަރަހައްދަށް ވުރެ މާ މީސްގިނަ އަވަށެކެވެ. ޕެޓާގެ މަގުތަކުގެ ދުވާރުތައް އަބަދުވެސް އޮންނާނީ ސަރުބަތުން ފެށިގެން އަންނައުނަށް، އެކި ވައްތަރުގެ އެއްޗެހި ވިއްކާ މަގުމަތީފިހާރަތަކުން ފުރިފައެވެ. އެތާގެ މައި މަގުގައި ފޮތި ފިހާރަތައް ހުންނައިރު ހުރަހަށް ހުންނަ ގޯޅިތައް ވަނީ އެކި ވިޔަފާރިތަކަށް ހާއްސަކުރެވިފައެވެ. މިސާލަކަށް އެއްވަނަ ގޯޅީގައި ވިއްކާނީ ކަރަންޓު ސާމާނެވެ. މި ހިސާބުގެ ގިނަ ވިޔަފާރި ހިފަހައްޓަނީ މުސްލިމު ވިޔަފާރިވެރިން ނެވެ. މި މައިމަގު ނިމޭ ހިސާބުގައި ދެން އޮންނަނީ ސީ ސްޓްރީޓް (ކަނޑު މަގު) އެވެ. އެއީ ގަހަނާ ބާޒާރެވެ. މައިގަނޑު ގޮތެއްގައި މި ވިޔަފާރީގައި ހަރަކާތްތެރިވަނީ ތަމަޅައިންނެވެ. މޭލެއްހައި ދިގު މި މަގުގައި ފުނިޖެހިފައި އޮންނާނީ އެކިވައްތަރުގެ ގަހަނާ އެވެ.
 
== ކުށްކުރުން އަދި ޤާނޫނު ތަންފީޒުކުރުން ==
ގާނޫނު ތަންފީޒުކުރުމުގެ މުހިއްމު ދައުރު އަދާކުރާ ފުލުހުން މަސައްކަތް ކުރަނީ ސަރަހައްދުތަކުގެ މުނިސިޕަލް ކައުންސިލްތަކާ ގުޅިގެން އެކަމަކު މަރުކަޒީ ސިފައިންގެ ދަށުންނެވެ. ފުލުހުންގެ ފަރާތުން އެކިއެކި ކަންކަން ބެލެހެއްޓުމަށް އިސްކޮށް ހަރަކާތްތެރިވަނީ ޑެޕިއުޓީ އިނިސްޕެކްޓަރ ޖެނެރަލް އެވެ. ޖިނާއީ ކުށާއި މަދަނީ މައްސަލަތައް ވަކިން ބެލުމަށް ކޯޓު ހެދިފައި ހުންނަނީ ވަކިންނެވެ.
 
އެހެންވެސް ބޮޑެތި އަވައްތަކެކޭ އެއްގޮތަށް ކޮޅުނބުގައިވެސް މަގުމަތީގެ ކުށްކުށާއި ވައްކަންކުރުން ހިނގައެވެ. މީގެ އިތުރުން 1980 އިންސުރެ ޓެރަރިޒަމްގެ ބޮޑެތި ޖަރީމާ ހިނގަމުން އައިސްފައި ވެއެވެ. ޓެރެރިޒަމްގެ މި އަމަލުތައް ގުޅިފައިވަނީ އެލް ޓީ ޓީ އީ އާއެވެ. ވެލިކަޑަ ޖަލު ހުންނަނީ ކޮޅުބުގައެވެ. އަދި މިއީ ގައުމުގެ އެންމެ ބެލެހެއްޓުން ވަރުގަދަ ޖަލެވެ.
 
== އިންފްރާސްޓްރަކްޗަރ ==
ތަރައްގީވެފައިވާ ސިޓީއެއްގައި ހުންނަ ގިނަ ފަސޭހަތައް ކޮޅުނބުގައި ލިބެން ހުރެއެވެ. އޮޅުދޫކަރައިގެ މައިގަނޑު ހުރިހައި ވިޔަފާރިއެއް ހެންމެ މިތަނުގައި ހިންގައެވެ. މީގެ އިތުރުން ވައި-ފައި ހިދުމަތް މި ސަރަހައްދުން ލިބޭނެއެވެ. ދާދި ފަހަކުން، ބިމުގެ އަގު ބޮޑުވުމުގެ ސަބަބުން [[އެއްމެދުއިމާރާތް]] ބޭނުންވާ މީހުންގެ އަދަދު ވަނީ ބަރަށް ބޮޑަށް އިތުރުވެފައެވެ.
=== ބަނދަރު ===
ގައުމުގެ އެންމެ ބޮޑު ބަނދަރު އޮންނަނީ މި އަވަށުގައެވެ. އިސްތިއުމާރީންގެ ދުވަސްވަރުން ފެށިގެން ހެދިފައިވާ، އަދި އެކި ފަހަރުމަތިން ބޮޑުކުރެވިފައިވާ ކޮޅުނބު ބަނދަރު، އެއީ ގުދުރަތީ ބަދަރެއް ނޫނެވެ.
=== ދަތުރުފަތުރު ===
ބަހުގއި ދަތުރު ކުރެވޭ ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް ކޮޅުބުގައި ގާއިމްވެފައި ވެއެވެ. ސަރުކާރާއި އަމިއްލަ ބަސް ހިމެނޭގޮތަށް ގުޅާލެވިފައިވާ ނިޒާމު ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް ބޯޑުންނެވެ. ރޭލު ދަތުރު ކުރަނީ މައިގަނޑު ގޮތެއްގައި ސިޓީން ސިޓީ އަށެވެ. އެހެންކަމުން ސިޓީ ތެރޭގައި ރޭލުގައި ދަތުރު ކުރުން އުނދަގޫ ވާނެއެވެ. މީގެ އިތުރުން ރޭލުތައް އޮންނަނީ މީހުންނައިގެން ފުރިފައެވެ. މީގެ އިތުރުން ރިކްޝޯ (ދިވެހިން އާއްމުކޮށް ކިޔާނީ ކޮރޮޅި)އާއި ޓެކްސީ ގއި ދަތުރު ކުރެވޭނެ އިންތިޒާމު ވެއެވެ.
 
== ތައުލީމް ==
ތައުލީމު ފެތުރުމުގެ މުއައްސަސާތައް ކޮޅުބުގައި ގާއިމްވިތާ ވަރަށް ޒަމާން ވެއްޖެއެވެ.
 
== އިމާރާތްކުރުމުގެ ފަންނު ==
 
== ޘަޤާފަތް ==
 
== އިތުރު ފާލަން ==
http://en.wikipedia.org/wiki/Colombo
 
ފޮޅުވަތް 165:
[[simple:Colombo]]
[[sk:Kolombo]]
[[so:Kolonbo]]
[[sr:Коломбо]]
[[sv:Colombo]]