ޕްރޮސްޓޭޓް ކެންސަރު: Difference between revisions

Content deleted Content added
ފޮޅުވަތް 14:
 
== އަލާމާތްތައް ==
ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުމުން ފެންނަ އަލާމާތްތަކާއި ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހުމުން ފެންނަ އަލާމާތްތައް ދާދި އެއްގޮތެވެ.
* ކުޑަކަމުދާން ފަށައިގަންނަން އުދަގޫވުން
* ކުޑަކަމުދާއިރު ކުރިންދާ ބާރުމިނުގައި ދެވޭގޮތްނުވުން ނުވަތަ ދަތިވުން
* ކުޑަކަމުދާއިރު ކެނޑިކެނޑިގެން ދެވޭގޮތްވުން
* ކުޑަކަމުގޮސް ނިމޭއިރު ނުވަތަ ނިމުމަށްފަހު ތިކިޖެހޭގޮތްވުން / ކުޑަކަމުދާ ވަގުތު މަސާނާ ހުސްނުވުން
* އަވަސް އަވަހަށް (ޚާއްޞަކޮށް ރޭގަނޑު) ކުޑަކަމުދާން ޖެހުން
* ރޭގަނޑު ނިދާފައި އޮންނަ ވަގުތު ކުޑަކަމުދާން ތެދުވާންޖެހުން
* ކުޑަކަމުދާ ތަކެތީގައި ލޭ ނުވަތަ ދޮސް ހުރުން
* ކުޑަކަމުދާއިރު ތަދުވުން ނުވަތަ ދިލަނެގުން
* ޖިންސީ އެދުން ފުދޭއިރު ތަދުވުން
* އުކުޅުވަޅުގައި ނުވަތަ އުނަގަނޑުގައި ފިލައިގެންނުދާ ތަދެއް ހުރުން
* ލޭގެ ޕީއެސްއޭ (ޕްރޮސްޓެޓިކް ސްޕެސިފިކް އެންޓިޖަން) ޓެސްޓްގައި މިމާއްދާ ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވުން
މިއިން އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަކާ މަޝްވަރާކުރާށެވެ.
 
* ޅިނދުމައްޗަށާއި އުނަގަނޑު ކަށިގަނޑަށާއި، ފައިގެ ފަލަމަސްގަނޑުގެ މަތީބަޔަށް ތަދުވުނ
* ކުޑަކަމުދާއިރު ތަދުވުން
* ކުޑަކަމުދާ ނަޖިހުގައި ލޭހުރުން
 
މިއިން އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަކާ މަޝްވަރާކުރާށެވެ.
 
ފަހުން މިލިޔުނު 3 އަލާމާތް ފެންނަނީ ކެންސަރުގެ އަސަރު ބޮޑުވުމާއި ގުޅިގެންނެވެ.
ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހި އޭގެ އެއްވެސް އަލާމާތެއް ނުފެނި ދިގުމުއްދަތެއް ވޭތިވެހިގައިދާނެ އެވެ. މިގްލޭންޑަށް ކެންސަރުޖެހޭ މީހުންގެ ތެރެއިން %90 މީހުންނަށް މިކަން އެނގެނީ މިގްލޭންޑްގައި އުފެދޭ ކެންސަރު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރުމާއި ގުޅިގެންނެވެ.
 
== ދެނެގަތުން ==