ވިލްމުސް ޓިއުމަރު: Difference between revisions

Content deleted Content added
Created page with 'ގުރުދާގެ ކެންސަރު({{en|Nephroblastoma}})ގެ ތަފާތު ވައްތަރު ތައް ހުރެއެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ އެ...'
(No difference)

20:30, 5 ޖޫން 2010ގެ ނުސްހާ

ގުރުދާގެ ކެންސަރު(އިނގިރޭސި ބަހުން: Nephroblastoma)ގެ ތަފާތު ވައްތަރު ތައް ހުރެއެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ އެއް ވައްތަރަކީ ވިލްމްސް ޓިއުމަރު(އިނގިރޭސި ބަހުން: Wilms Tumour) އެވެ. އަނެއް ވައްތަރަކީ ގުރުދާ ސެލް ކެންސަރު(އިނގިރޭސި ބަހުން: Hypernephroma) ގެ ނަމުން މަޝްހޫރު ވެފައިވާ ވައްތަރެވެ. ވިލްމްސްޓިއުމަރު އަށް ނެފްރޯބްލާސްޓޯމާ އޭ ވެސް ކިޔައެވެ. މިޓިއުމަރު އެންމެ ފުރަތަމަ ހޯދީ ޖަރުމަނުގެ ސާޖަރީ ޑޮކްޓަރެއް ކަމުގައި ޑރ ވިލްމްސް އެވެ. އެހެންކަމުން މިޓިއުމަރަށް މިބުނި ޑޮކްޓަރުގެ ނަމުން ނަންދެވުނެވެ. އާންމު ގޮތެއްގައި ވިލްމްސް ޓިއުމަރު ކުރިމަތިވަނީ ކުޑަކުދިންނަށް ކަން ފާހަގަ ކުރެވެއެވެ.

ވިލްމުސް ޓިއުމަރު އަކީ އުމުރުން 5-1 އަހަރާއި ދެމެދުގެ ކުދިންގެ ގުރުދާ އަށްޖެހޭ ކެންސަރުގެ ބާވަތެކެވެ.

އަލާމާތްތައް

  • ބަނޑުގައި އަތްލާ ބެލުމުން އޮމާންކަމެއްނެތް ހަރުތަނެއްގައި އަތްޖެހުން
  • ކުޑަކަމުދާ ނަޖިހުގައި ލޭހުރުން
  • ބަނޑަށް އުދަގޫވުން
  • ހުންއައުން
  • ކާހިތްނުވުން
  • ބަރުދަން ލުއިވުން

ފަރުވާ

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މަރުޖިޢުތައް

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005

dv:ގުރުދާގެ ކެންސަރު