Content deleted Content added
No edit summary
No edit summary
ފޮޅުވަތް 12:
* އެހެން ކުދިންނާއެކު ކުޅެ މަޖާކުރަން ނޭގުން
 
 
== ފަރުވާ ==
 
އޯޓިޒަމް އަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް ދިރާސާތަކުން ސާބިތުވާ ގޮތުގައި ކުއްޖާގެ އުމުރުން ހަނގުއިރު މިކަން ދެނެގަނެވި، އެކަމަށް ޚާއްޞަ ކުރެވިފައިވާ ތާވަލެއްގެ ދަށުން ތަޖުރިބާ ކާރުންގެ އެހީތެރިކަން ލިބޭ ކުދިންގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ލުއިކުރެވެއެވެ. އަދި އެކުދިންނަކީ އެހެން މީހުންގެ އެހީތެރިކަމާނުލައި އެކަނި އުޅެވޭވަރުގެ ކުދިންތަކަކަށް މިޕްރޮގްރާމްގެ ދަށުން ދެވޭ ތަމްރީން ތަކެއްގެ ސަބަބުން ބަދަލު ކޮށްލައެވެ. މާނައަކީ އެކުދިންނަށް ވާހަކަ ދައްކަން ދަސްކޮށްދިނުމާއި، ސަމާލުކަން ދޭން ދަސްކޮށްދިނުމާއި، އަދި ދިރިއުޅުމުގެ ބައެއް ހުނަރުތައް ދަސްކޮށްދެވެއެވެ.
 
== އޯޓިޒަމްގެ މެދުވެރިވާ ސަބަބު ==
 
ޒަމާންތަކެއް ކުރިން އޯޓިޒަމް އަކީ މައިންބަފައިންގެ އިހުމާލުން ދިމާވާ ކަމެއްކަމަށް ބެލުނެވެ. މައިންބަފައިން ކުއްޖާ ބޭނުންނުވުމާއި ކުއްޖާއާއި މެދު އިހްމާލުކޮށްލުމަކީ އެކުދިންގެ ސިކުނޑިއަށް ލިބޭ ޝޮކަކަށްވެ، ވާހަކަ ދެއްކުމާއި އެހެން ހުނަރުތައް ތަރައްގީ ނުވުމުގެ ސިއްރަކީ މައިންބަފައިން ކަމުގައި ބެލެވުނެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ހާމަވާގޮތުގައި އެފަދަ ކަންތައްތަކެއް އޯޓިޒަމް މެދުވެރިވުމުގައެއް ނުހިމެނެއެވެ. އޯޓިޒަމްގެ ހަގީގީ ސަބަބުތައް އަދިވެސް ވަނީ ދިރާސާ މަރުހަލާގައެވެ.
އޯޓިޒަމް އަށް މަގުފަހިވާ ކަންތައްތަކެއް ފާހަގަކުރެވިފައި ވެއެވެ.