Content deleted Content added
ފޮޅުވަތް 81:
 
==އިންފްރާސްޓްރަކްޗަރ==
ތަރައްގީވެފައިވާ ސިޓީއެއްގައި ހުންނަ ގިނަ ފަސޭހަތައް ކޮޅުނބުގައި ލިބެން ހުރެއެވެ. އޮޅުދޫކަރައިގެ މައިގަނޑު ހުރިހައި ވިޔަފާރިއެއް ހެންމެ މިތަނުގައި ހިންގައެވެ. މީގެ އިތުރުން ވައި-ފައި ހިދުމަތް މި ސަރަހައްދުން ލިބޭނެއެވެ. ދާދި ފަހަކުން، ބިމުގެ އަގު ބޮޑުވުމުގެ ސަބަބުން ކޮންޑޮމީނިއަމް އަށް ބޭނުންވާ މީހުންގެ އަދަދު ވަނީ ބަރަށް ބޮޑަށް އިތުރުވެފައެވެ.
===ބަނދަރު===
ގައުމުގެ އެންމެ ބޮޑު ބަނދަރު އޮންނަނީ މި އަވަށުގައެވެ. އިސްތިއުމާރީންގެ ދުވަސްވަރުން ފެށިގެން ހެދިފައިވާ، އަދި އެކި ފަހަރުމަތިން ބޮޑުކުރެވިފައިވާ ކޮޅުނބު ބަނދަރު، އެއީ ގުދުރަތީ ބަދަރެއް ނޫނެވެ.
===ދަތުރުފަތުރު===
ބަހުގއި ދަތުރު ކުރެވޭ ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް ކޮޅުބުގައި ގާއިމްވެފައި ވެއެވެ. ސަރުކާރާއި އަމިއްލަ ބަސް ހިމެނޭގޮތަށް ގުޅާލެވިފައިވާ ނިޒާމު ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް ބޯޑުންނެވެ. ރޭލު ދަތުރު ކުރަނީ މައިގަނޑު ގޮތެއްގައި ސިޓީން ސިޓީ އަށެވެ. އެހެންކަމުން ސިޓީ ތެރޭގައި ރޭލުގައި ދަތުރު ކުރުން އުނދަގޫ ވާނެއެވެ. މީގެ އިތުރުން ރޭލުތައް އޮންނަނީ މީހުންނައިގެން ފުރިފައެވެ. މީގެ އިތުރުން ރިކްޝޯ (ދިވެހިން އާއްމުކޮށް ކިޔާނީ [[ކޮރޮޅީ]])އާއި ޓެކްސީ ގއި ދަތުރު ކުރެވޭނެ އިންތިޒާމު ވެއެވެ.
 
==ތައުލީމް==