ޕްރޮސްޓޭޓް ކެންސަރު: Difference between revisions

Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: ko:전립선암
No edit summary
ފޮޅުވަތް 1:
ޕްރޮސްޓޭޓް ކެންސަރު({{en|Prostate cancer}}) އަކީ [[ޕްރޮސްޓޭޓް ގްލޭންޑް]] އަށް ކެންސަރު ޖެހުމެވެ. މިއީ ހަމައެކަނި ފިރިހެނުންގެ [[ނަސްލު އުފައްދާ ނިޒާމް]] ގައި ހިމެނޭ ގުނަވަނެއް ކަމުން މިބާވަތުގެ ކެންސަރު ޖެހޭނީ ހަމައެކަނި ފިރިހެނުންނަށެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހެން ދިމާވަނީ [[ޕްރޮސްޓޭޓް ގްލޭންޑް]] ގައި ހިމެނޭ ސެލްތައް މިއުޓޭޓްވެ، ކޮންޓްކޮންޓްރޯލް ނުވާ މިންވަރަށް އިތުރުވާން ފެށުމުންނެވެ. އަދި މިސެލްތައް ހަށިގަނޑުގެ އެހެން ބައިތަކަށް ދެއެވެ.
 
ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނުންގެ ދަރިމައިވުމުގެ ނިޒާމް ނުވަތަ [[ނަސްލު އުފައްދާ ނިޒާމް]] ގެ ބައެކެވެ. ދަރިފަނި ރަހިމާއި ހަމައަށް ގެންދިއުމާއި، ދަރިފަނި ދުޅަހެޔޮ ކަންމަތީ ދެމެހެއްޓުމަށްޓަކައި ޕްރޮސްޓޭޓް ގްލޭންޑް އިން އުފައްދާ ދިޔަވަރު މުހިއްމު ބައެއް ދައުރެއް އަދާކުރެއެވެ. ޕްރޮސްޓޭޓް ކެންސަރު އާންމުކޮށް ފެތުރެނީ ޕްރޮސްޓޭޓް ގްލޭންޑްގެ ބޭރު ފަށަލައިންނެވެ. އެއަށްފަހު ދުރަށްފެތުރި އެހެނިހެން ގުނަންތަކާއި، މައިބަދަ އާއި ކަށިތަކަށް މިކެންސަރު ފެތުރިދާނެއެވެ.
 
ޕްރޮސްޓޭޓް ކެންސަރު އަކީ ފިރިހެނުންގެ ތެރޭގައި ފާހަގަ ކުރެވޭ ޢާންމު ކަމެކެވެ.
 
 
== ޕްރޮސްޓޭޓް ކެންސަރު ޖެހޭ ސަބަބު ==
 
ޕްރޮސްޓޭޓް ކެންސަރު ޖެހޭ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑީ ކޮން ބަޔަކަށް ކަން ދެނެގަނެވިދާނެ އެވެ. މިގޮތުން ފާހަގަ ކުރެވޭ ކަންކަމަކީ :-
* ޢުމުރުން ދުވަސްވުން : ޕްރޮސްޓޭޓް ކެންސަރު ޖެހޭ މީހުންގެ %70 އަށްވުރެ ގިނަ މީހުންނަކީ 65 އަހަރަށްވުރެ މަތީ ޢުމުރުގެ މީހުންނެވެ.
* ޢާއިލާ މެންބަރަކަށް މިބަލި ޖެހުން : މިގޮތުން ބައްޕަ، ބޭބެ، ކޮއްކޮ އަށް މިބަލި ޖެހިފައިވާނަމަ ތިމާ އަށް މިބަލި ޖެހުމުގެ ފުރުސަތު 11-2 ގުނައާއި ދެމެދުގެ މިންވަރަކަށް އިތުރުވެގެން ދެއެވެ.
 
 
== އަލާމާތްތައް ==
* ކުޑަކަމުދާން ފަށައިގަންނަން އުދަގޫވުން
* ކުޑަކަމުދާއިރު ކުރިންދާ ބާރުމިނުގައި ދެވޭގޮތްނުވުން ނުވަތަ ދަތިވުން
* ކުޑަކަމުދާއިރު ކެނޑިކެނޑިގެން ދެވޭގޮތްވުން
* ކުޑަކަމުގޮސް ނިމޭއިރު ނުވަތަ ނިމުމަށްފަހު ތިކިޖެހޭގޮތްވުން
* އަވަސް އަވަހަށް (ޚާއްޞަކޮށް ރޭގަނޑު) ކުޑަކަމުދާން ޖެހުން
* ކުޑަކަމުދާ ތަކެތީގައި ލޭ ނުވަތަ ދޮސް ހުރުން
* ކުޑަކަމުދާއިރު ތަދުވުން ނުވަތަ ދިލަނެގުން
* ޖިންސީ އެދުން ފުދޭއިރު ތަދުވުން
* އުކުޅުވަޅުގައި ނުވަތަ އުނަގަނޑުގައި ފިލައިގެންނުދާ ތަދެއް ހުރުން
މިއިން އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަކާ މަޝްވަރާކުރާށެވެ.
 
== ދެނެގަތުން ==
* މިބަލި ހުރިތޯ ދައްކަންޖެހޭނީ ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކަށެވެ. ނުވަތަ އޮޕަރޭޝަން ޑޮކްޓަރަކަށެވެ.
* ޕްރޮސްޓޭޓް ގްލޭންޑްގެ އެއްވެސް މައްސަލައެއް ހުރިތޯ ބެލުމަށް ފުރަތަމަ ކުރެވޭ ކަމަކީ ފުރަގަސް ފަރާތުން އެތެރެއަށް އިނގިލި ލައްވައިގެން ބެލުމެވެ. މިގޮތުން ބަލާއިރު ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒަށް ނުވަތަ ސިފަޔަށް ބޮޑު ބަދަލެއް އައިސްފައިވާނަމަ އެކަން ދެނެގަނެވޭނެ އެވެ.
* ޕްރޮސްޓޭޓް ކެންސަރު އިތުރަށް ތަހްލީލު ކުރުމަށްޓަކައި ލޭގެ ޓެސްޓް ހަދަން ޖެހެއެވެ.
* ސްކޭން ކުރުން : މިއީ ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒު ދެނެގަތުމަށް ކުރެވޭ ކަމެކެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހުމުން މިގުނަވަން ދުޅަވެ ބޮޑުވެއެވެ. ނަމަވެސް ޕްރޮސްޓޭޓް ބޮޑުވާން ދިމާވާ އެންމެ އާންމު ސަބަބަކީ ޕްރޮސްޓޭޓް ކެންސަރެއް ނޫނެވެ.
* ބަޔޮޕްސީ ހެދުން : މިއީ ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާ އެންމެ ބޮޑަށް ޔަގީންކޮށްދޭނެ ޓެސްޓެވެ. މިއީ ޕްރޮސްޓޭޓުން ކުޑަ އެތިކޮޅެއް ނަގައިގެން ކުރާ ތަހްލީލެކެވެ.
 
== ސްކްރީންކުރުން ==
=== ސްކްރީން ކުރަންޖެހޭ މީހުން ===
== ފަރުވާ ==
 
 
 
ޕްރޮސްޓޭޓް ކެންސަރު ޖެހުމުން، ރިއްސައި ތަދުވުން، ކުޑަކަމުދާން އުދަގޫވުން، ރަގަޅަށް ފިރިހެން ހަށީގައި ވަރުނުޖެހުން އަދި މިނޫން އުދަގޫތައް ވެސް ކުރިމަތި ކުރުވައެވެ.
[[ޤިސްމު:ބަލިތައް]]