Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: nds:Root Bloodkörper
m ރޮބޮޓ ފޮހެލުނ: ku:خڕۆکەی سوور; cosmetic changes
ފޮޅުވަތް 4:
== ލޭގެ ރަތް ސެލް އެކުލެވިގެންވާ މިންވަރު ==
 
ފިރިހެނުންގެ ހަށިގަނޑުގައި އެވްރެޖްގޮތެއްގައި ކޮންމެ މައިކްރޯލިޓަރ ( ކޮންމެ ކިއުބިކް މިލިމީޓަރ ) އެއްގައި 5,400,000 ( 5.4މިލިއަން ) ލޭގެ ރަތް ސެލް ހުރެއެވެ. އަންހެނުންގެ ހަށިގަނޑުގައި އެވްރެޖްގޮތެއްގައި ހުންނަނީ ކޮންމެ މައިކްރޯލިޓަރ އެއްގައި 4،600،000(4.6މިލިއަން) ލޭގެ ރަތް ސެލް އެވެ. ދުވަސްފުރާ ވިހާ މައިންނަށް ލިބޭ ކުޑަކުއްޖާގެ ހަށިގަނޑުގައި މިއަދަދު 4.8މިލިއަން ގައި އުޅޭއިރު އެއް އަހަރަށްދާ ކުޑަކުއްޖާގެ ހަށިގަނޑުގައި މިއަދަދު އުޅެނީ 4.3މިލިއަންގައެވެ. 10އަހަރަށްދާ ކުޑަކުއްޖާގެ ހަށިގަނޑުގައި އުޅެނީ 4.7މިލިއަންގައެވެ. ލޭގެ ކޮންމެ 100މައިކްރޯލިޓަރއެއްގައި ލޭގެ ރަތް ސެލް ހުންނަ މިންވަރަށް ކިޔަނީ [[ހިމާޓަކްރިޓް]] އެވެ. ނުވަތަ [[ހިމާޓަކްރިޓް ވޮލިއުމް]](Hematocrit volume) އެވެ. ލޭ ތަތްކޮށް ނުވަތަ އޮލަކޮށް ހުރުން ( Viscosity ) މައިގަނޑުގޮތެއްގައި ބިނާވެފައި އޮންނަނީ ލޭގެ ރަތް ސެލްތައް ލޭގައި އެކުލެވިގެންވާ މިންވަރެއްގެ މައްޗަށެވެ.
 
 
ފޮޅުވަތް 12:
* ލޭގެ ރަތް ސެލް ތަކުގައި ''ނިއުކްލިއަސް'' ( Nucleus ) އެއް ނުހުރެއެވެ.
* ލޭގެ ރަތް ސެލްތައް ފުރިފައި ހުންނަނީ [[ހިމަގްލޯބިން]](Hemaglobin)އޭކިޔޭ ރަތްކުލައިގެ މޮލިކިއުލްތަކަކުންނެވެ. [[ހިމަގްލޯބިން]]ގެ މަސައްކަތަކީ އޮކްސިޖަންގެ މިންވަރު ގިނަ ހިސާބުތަކުން އޮކްސިޖަން މަދުވެފައިވާ ހިސާބުތަކަށް އޮކްސިޖަން ފޯރުކޮށްދިނުމެވެ.
* ލޭގެ ރަތް ސެލްތަކަށް ހަލާކުވުމަކާއި ނުލައި، ބޭނުންވާ ބައްޓަމަކަށް ބަދަލުވުމުގެ ގާބިލިއްޔަތު ( Flexibility ) ލިބިފައިވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައިވާ އެންމެ ހަނި،ނުވަތަ އެންމެ ކުދި ލޭހޮޅިތައްވެސް ކަޑަތުކޮށްދިއުމުގެ ފުރުސަތު ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ހުރިހާ ހިސާބުތަކަށް ވެސް އޮކްސިޖަން ބަރާބަރަށް ގެންގޮސްދެއެެވެ.
 
 
ފޮޅުވަތް 22:
 
 
* ހަށިގަނޑުގައިވާ ކުދިލޭހޮޅި ( Capillary ) ތަކުން އޮކްސިޖަން ބޭރުވުމުން އޭގެ ބޭނުން އެކި ސެލްތައް ކުރެއެވެ. ފުއްޕާމޭގެ ތެރެއިން ލެޔަށް އަންނަ %97ގެ އޮކްސިޖަން ހަށިގަނޑުގެ އެކިހިސާބުތަކަށް ގެންގޮސްދެނީ [[ހިމަގްލޯބިން]]ގެ ޒަރީޢާއިންނެވެ. ބާކީ %3ހުންނަނީ [[ލޭގެ ޕްލާޒްމާ]] ގެ ތެރޭގައެވެ.
 
 
* ކޮންމެ [[ހިމަގްލޯބިން]] މޮލިކިއުލްއެއްގައި ދަނގަޑުގެ 4 ޒައްރާ ( Atom) ހުރެއެވެ. މިއިން ކޮންމެ ޒައްރާއެއް އޮކްސިޖަން މޮލިކިއުލްއަކާ އެކުވެއެވެ. ( އޮކްސިޖަންގެ ކޮންމެ މޮލިކިއުލްއެއްގައި އޮކްސިޖަންގެ 2 ޒައްރާވެއެވެ. މިއަށްކިޔަނީ O2އެވެ. ) މާނައަކީ ކޮންމެ [[ހިމަގްލޯބިން]] މޮލިކިއުލްއެއްގައި 4އޮކްސިޖަން މޮލިކިއުލް ނުވަތަ 8 އޮކްސިޖަން ޒައްރާ ހިމެނެއެވެ. ލޭގެ ރަތް ސެލް ތަކަށް ''ރަތްކަން'' އަންނަނީ [[ހިމަގްލޯބިން]]ގައި ހިމެނޭ ދަނގަޑުގެ ސަބަބުންނެވެ. ހަމަ މިހެން [[ހިމަގްލޯބިން]]ގައި ދެޖޯޑް ޕޮލިޕެޕްޓައިޑް ޗެއިން ( Polypeptide chain ) އެކުލެވެއެވެ. މިޗެއިންތަކަށް ކިޔަނީ ''ގްލޯބިން''( Globin ) އެވެ.
 
 
* ލޭގެ ރަތް ސެލް ތަކުގެ %33އަކީ [[ހިމަގްލޯބިން]] އެވެ. ފިރިހެނުންގެ ހަށިގަނޑުގައި އާންމުގޮތެއްގައި ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 15.5ގްރާމްގެ [[ހިމަގްލޯބިން]] ހުރެއެވެ. އަންހެނުންގެ ހަށިގަނޑުގައި 14ގްރާމް ހުރެއެވެ. ދުވަސްފުރި އުފަންވެފައިވާ ކުޑަކުއްޖާގެ ހަށިގަނޑުގައި ހުންނަނީ 16.6ގްރާމެވެ. 1އަހަރަށްދާ ކުޑަކުއްޖާގެ ހަށިގަނޑުގައި [[ހިމަގްލޯބިން]]ގެ 12ގްރާމް ހުންނައިރު 10އަހަރަށްދާ ކުޑަކުއްޖާގެ ހަށިގަނޑުގައި 13.1ގްރާމް ހުރެއެވެ.
[[Imageފައިލް:Rbc.jpg|thumb|left|ލޭގެ ރަތްސެލް]]
 
 
* ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން ފޯރުކޮށްދޭފަދައިން ކާބަންޑައިއޮކްސައިޑް(CO2 ) ހަށިގަނޑުން ބޭރުކުރުމުގައި ވެސް ލޭގެ ރަތް ސެލްތައް އެހީތެރިވެދެއެވެ. ކާބަންޑައިއޮކްސައިޑް އުފެދެނީ ހަށިގަނޑުގައިވާ އެކިއެކި ސެލްތަކުގައި ހިގާ ކެމިކަލް ރިއެކްޝަން ތަކެއްގެ އާޚިރު ނަތީޖާއެއްގެ ގޮތުންނެވެ. އެއަށްފަހު ކާބަންޑައިއޮކްސައިޑް ސެލްތަކުން ބޭރުވެ ކުދިލޭހޮޅިތަކަށް އާދެއެވެ. ދެން ބޮޑެތި ލޭހޮޅިތަކުގެ އެހީގަައި ފުއްޕާމެޔަށް ވާސިލްވެ، ނޭވާލާ ނޭވަޔާއި އެކު ހަށިގަނޑުން ބޭރުވެއެވެ.
 
 
* ލޭގެ ރަތް ސެލްތަކުގައި ''ކާބަނިކް އެންހައިޑްރޭޒް''(Carbonic anhydrase) ކިޔާ އެންޒައިމެއް ހުރެއެވެ. މި އެންޒައިމް ފެނާއި، ކާބަންޑައިއޮކްސައިޑް އެއްވުން 5000ފަހަރު އަވަސްކޮށްދެއެވެ. ފެނާއި، ކާބަންޑައިއޮކްސައިޑް އެއްވުމުން ''ކާބަނިކް އެސިޑް''(Carbonic acid) އުފެދެއެވެ. އެއަށްފަހު ކާބޮނިކް އެސިޑް ހައިޑްރަޖަން އާއި، ބައިކާބަނޭޓް( Bicarbonate )އަށް ބަދަލުވެއެވެ. ދެން ހައިޑްރަޖަން [[ހިމަގްލޯބިން]]އާއި އެއްވެއެވެ. ބައިކާބަނޭޓް ދަނީ [[ލޭގެ ޕްލާޒްމާ]]ގެ ތެރެއަށެވެ. ކާބަންޑައިއޮކްސައިޑްގެ %70ހަށިގަނޑުން ބޭރުވަނީ މިގޮތުގެ މަތީންނެވެ. ބާކީ %30ގެ ތެރެއިން %7ދަނީ ޕްލާޒްމާގެ ތެރެއަށެވެ. %23 ބަދަލުވުމެއްނެތި [[ހިމަގްލޯބިން]] އާއި، އެއްވެއެވެ. އެއަށްފަހު ފުއްޕާމެޔަށް ވާސިލްވެ، ނޭވާގެ ޒަރީޢާއިން ހަށިގަނޑުން ބޭރުވެއެވެ.
 
* ލޭގެ ރަތް ސެލްތަކުގެ ބޭރުފަށަލަ(Red cell membrane) [[ހިމަގްލޯބިން]] ސެލް އިން ބޭރުވެ، ޕްލާޒްމާގެ ތެރެއަށް ދިޔަނުދީ ހިފަހައްޓައެވެ. މިއީ ވަރަށް މުހިއްމުކަމެކެވެ. އެހެނީ ޕްލާޒްމާގެ ތެރޭގައި [[ހިމަގްލޯބިން]] މިނިވަންކަމާއި އެކު ( އެއްވެސް އެއްޗަކާއި ނުގުޅި ) ހަރަކާތްކުރާނަމަ އަންނަނިވި ކަންތައްތައް ކުރިމަތިވުމަކީ ގާތްކަމެކެވެ.
 
 
ފޮޅުވަތް 47:
- ޕްލާޒްމާގެ އޮންކޮޓިކް ޕްރެޝަރ ( Oncotic pressure ) މަތިވުން: މިއާ ވިދިގެން ޓިޝޫތަކުގައި ދިޔާތަކެތި އުފެދުމަށް ހުރަސްއަޅައެވެ.
 
- ހީމޯގްލޯބިން ޕްލާޒްމާގެ ތެރޭގައި ފެނާ އެއްވެ، އޭގެ ތާސީރު ދަށްވުން ( Dilution ) : މިފަދަ ހާލަތުގައި [[ހިމަގްލޯބިން]]ގައި އޮކްސިޖަންއަށް ހުންނަ އެފިނިޓީ ( ވަކި އެއްޗަކާއި ގުޅުން ނުވަތަ އެއްވުމުގެ ބާރު / އެކަތި އަނެކައްޗަކާއި އޮންނަ ގުޅުން ނުވަތަ ގާތްކަން ) އިތުރުވެއެވެ. ނަތީޖާއެއްގެ ގޮތުން އޮކްސިޖަން ޓިޝޫތަކަށް ފޮނުވައިދޭ މިންވަރު ދަށްވެއެވެ.
 
== ބަލިތައް ==
ފޮޅުވަތް 54:
== އިތުރު ފާލަންތައް ==
 
[[Categoryޤިސްމު:އިންސާނާގެ ހަށިގަނޑު]]
[[Categoryޤިސްމު:ލޭދައުރުކުރާ ނިޒާމް]]
 
[[af:Rooibloedsel]]
ފޮޅުވަތް 86:
[[ka:ერითროციტები]]
[[ko:적혈구]]
[[ku:خڕۆکەی سوور]]
[[la:Erythrocyti]]
[[lt:Raudonasis kraujo kūnelis]]