Content deleted Content added
No edit summary
No edit summary
Tags: Visual edit Mobile edit Mobile web edit
ފޮޅުވަތް 66:
}}
 
'''އެމެރިކާ''' ނުވަތަ '''ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ''' ([[އިނގިރޭސި]]: United States of America) އަކީ 50 އަށް ވުރެ ގިނަ ދައުލަތް ނުވަތަ ރާއްޖެ އެކުވެގެން އުފެދިފައިވާ ފެޑެރަލް ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ.އެމެރިކާގެ ގުޅިފައިވާ 48 ސިޓީ އުތުރު އެމެރިކާ ބައްރު ގައި ވެއެވެ. މިބައި ބޯޑަރު ކުރެވިފައިވަނީ އުތުރުން ކެނެޑާ އާއެވެ. އަދި ދެކުނުން މެކްސިކޯ އާއެވެ. މީގެ އިތުރުން އެމެރިކާގެ އެންމެ ބޮޑު އެއް ސްޓޭޓް އެލަސްކާ އޮންނަނީ ކެނެޑާގެ ހުޅަގު އިރުން ޕެސިފިކް ކަނޑުގެ އައްސޭރި އަށް ވާގޮތަށެވެ. އަދި ހަވާއީ އޮންނަނީ ޕެސިފިކް ކަނޑުގެ މެދުތެރޭގައެވެ. މީގެ އިތުރުން އެމެރިކާގެ އެތައް ޓެރިޓަރީތައް ޕެސިފިކް އަދި ކެރީބިއަން ސަރަޙައްދު ގައި ވެއެވެ.
3.7 މިލިއަން އަކަމޭލުގެ ބޮޑުމިނާއި އަދި 310 މިލިއަންގެ އާބާދީ އަކާއެކު އެމެރިކާ ވެފައިވަނީ ދުނިޔޭގެ 3 ވަނަ ނުވަތަ 4 ވަނަ އަށް އެންމެ ބިންބޮޑު އަދި ބިމުގެ ނިސްބަތަށް ބަލާއިރު 3 ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައެވެ. ގިނަ ބަޔަކު ހިޖުރަ ކުރާ ގައުމެއްގެ ގޮތުގައި ބެލެވޭ އެމެރިކާގެ އިގްތިޞާދަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގްތިޞާދެވެ. 2005ގެ ހިސާބުތައް ދައްކާގެ ގޮތުން އެމެރިކާ ''ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް'' އުޅެނީ 13 ޓްރިލިއަން އަށްވުރެ މަތީގައެވެ.