Content deleted Content added
No edit summary
Tags: Mobile edit Mobile app edit Android app edit
Tags: Mobile edit Mobile app edit Android app edit
ފޮޅުވަތް 19:
 
===ޢިސްމާއީލިއްޔާ===
އިސްމާއިލީންނަކީ އިމާމް ޖައުފަރުންޞާދިޤުގެ ފަހުން އިމާމްކަން ނުވަތަ އިމާމަތުކަން ހައްގުވެގެންވަނީ އެކަލޭގެފާނުގެ ދޮށީ ދަރިކަލުން އިސްމާއީލްއަށް ކަމަށް ގަބޫލުކުރާ ޝީޢީންނެވެ. މައީ ޝީޢީންގެ ދެވަނައަށް އެންމެ ބޮޑު ފިރުޤާ ވެސްމެއެވެ. އިސްމާއިލީންނަށް ބާޠިނީންނޭ ވެސް ކިޔެއެވެ. އެއީ އެމީހުން ގަބޫލުކުރާ ގޮތުގައި ދީނުގެ ކޮންމެ ކަމެއްގައި ވެސް ފާޅުވެގެންވާ ހަގީގަތަކާ ފޮރުވިގެންވާ ހަގީގަތްތަކެއްވެއެވެ. މީގެ އިތުރުން އެބައިމީހުން ގަބޫލުކުރާ ގޮތުގައި ޤިޔާމަތާ ޖެހެންދެން އިމާމަތުކަން ދެމިގެންވެއެވެ އަދި އިމާމަކާނުލައި ދުނިޔެ އެންމެ ހިނދުކޮޅަކު ވެސް ނުހުންނާނެއެވެ.
އިސްމާއީލީންނަކީ 10 ވަނަ ޤަރުނުން ފެށިގެން 12 ވަނަ ޤަރުނުގެ ނިޔަލަށް ޝީޢީންގެ އެންމެ ބޮޑު ޖަމާއަތެވެ.
 
===އިމާމިއްޔާ===
އިމާމިއްޔާ ނުވަތަ އަޘްނާއަޝަރިއްޔާ މިއާ އެންމެ ގިނަ ބަޔަކު ތަބާވާ ޝީޢީ މަޒްހަބެވެ. އަދި ޝީޢީ މިލަފްޒު ބޭނުން ކުރެވެނީ ވެސް މިމަޒްހަބަށް ނިސްބަތްކޮށެވެ.އަރާން، އިރާގް، އަޒަރްބައިޖާން، ބަހްރައިން އަދި ލުބުނާނުގެ މުސްލިމުންގެ ތެރޭގައި އެންމެ ގިނައީ ޢިޘްނާޢަޝަރީ ޝީޢީންނެވެ.