Content deleted Content added
ފޮޅުވަތް 30:
 
 
ޙަކީމް އަބުލް ޤާސިމް ފިރުދޯސީ ތޫސީ (935- 1025މ)، ނުވަތަ ފިރުދޯސީ އަކީ މަޝްހޫރު [[ޝާހްނާމާ]] ލިޔުއްވި މަޝްހޫރު އަދީބެވެ. ފިރުދޯސީ އަކީ ފާރިސީންގެ އަދަބިއްޔާތުގައި އެންމެ ނުފޫޒު ގަދަ ޅެންވެރިޔާއެވެ. އަދި އަދަބިއްޔާތުގެ ތާރީހުގައި އެއްވަނައިގައި ގުނޭ އަދީބެވެ. އޭނާގެ ހިދުމަތް ފާހަގަކުރުމުގެ ގޮތުން "ލަފުޒުގެ ރަސްގެފާނު" އަދި "ފާރިސީ ބަސް ނަޖާކޮށްދިން ފާރަވެރިޔާ" ފަދަ ލަގަބުތަކުން މުހާތަބު ކުރެވެއެވެ.
==ނަން==
ފިރުދޯސީގެ ނަމުގެ އަބުލް ޤާސިމް (ޤާސިމްގެ ބައްޕަ) ނިސްބަތް ވަނީ އޭނާގެ ދޮށީ ދަރިއަށެވެ. މިއީ ބައެއް އަރަބި ގައުމުތަކުގައި ނަންދިނުމުގައި ގެންގުޅޭ ސަގާފަތެކެވެ. ފިރުދޯސީ އަކީ އޭނާއަށް ދެވިފައިވާ ލަގަބެކެވެ. މާނައަކީ ސުވަރުގޭގެ ބަގީޗާ އެވެ.
ފޮޅުވަތް 42:
ފިރުދޯސީ ނިސްބަތް ވަނީ ދަހްގާނުންގެ ދަރިކޮޅަށެވެ. މިއީ ބިންވެރިންނެވެ. އަދި އިއްޒަތްތެރިންނެވެ. އީރާނުގައި ސާސާނިޔާން ދަރިކޮޅުގެ (އިސްލާމީ ވެރިކަން ފެށުމާ ހަމަޔަށް އީރާނުގައި ވެރިކަން ކުރަމުން އައި ދަރިކޮޅު) ވެރިކަމުގައި ބިންވެރިންނަކީ ނުފޫޒުގަދަ ބައެކެވެ. ސާސާނިޔާންގެ ވެރިކަމުގެ ބާރުތައް މަޑުމަޑުން ދޫވަމުން ދިޔަ ކަމުގައި ވިޔަސް، 7 ވަނަ ގަރުނުގައި އަރަބި އިސްލާމުން އީރާން ފަތަހަ ކުރުމާ ހަމައަށް އެ ވެރިކަން ދެމި އޮތެވެ. ދަހްގާނުން ނަކީ ގައުމުދެކެ އިންތިހާއަށް ލޯބިވީ ބައެކެވެ. އަދި އީރާނުގެ ސަގާފީ އާދަކާދަތަކާއި، ވަރުގަދަ ރަސްރަސްކަލުންގެ ވާހަކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެމީހުންގެ ޒިންމާއެއް ކަމުގައި އެމީހުން ދުއްޓެވެ.
 
7 ވަނަ ގަރުނުގައި މުސްލިމުން އީރާނު ފަތަހަކުރުން ވެގެންދިޔައީ މުޅި އީރާނުގެ ތާރީހު ބަދަލުކޮށްލި ހާދިސާއަށެވެ. އާ ދީނަކަށް އުޅެނެން ފެށުމާއި، އިސްލާމީ ހިލާފަތުގެ ދަށަށް އިރާނު ދިޔުމާއި، ފާރިސީ ބަހުގެ މައްޗަށް އަރަބި ބަހާއި ސަގާފަތު އިސްކުރުން ހިމެނެއެވެ. 9 ވަނަ ގަރުނުގެ ފަހުކޮޅަށް އެޅި އިރު އިސްލާމީ ހިލާފަތުގެ ބާރު ނެތެން ފަށައިފިއެވެ. ނަތީޖާއެއްގެގޮތުން އީރާނުގެ ސަމާނިޔާން ދަރިކޮޅަކުން ވެރިކަން ކުރުން ފެށުނެވެ. ސަމާނިޔާން އަކީ އޭގެ ކުރީގައި ވެރިކަން އޮތް ސާސާނިޔާން ދަރިކޮޅާ ގުޅިފައިވާ ދަރިކޮޅެއް ކަމުގައި ބުނެވެއެވެ. ފިރުދޯސީ ބޮޑުވެގެން އައީ މި ވެރިކަމުގެ ސަރަހައްދުގެ ތޫސް ގައެވެ. މި ވެރިކަމުގެ ފަރާތުން، އަރަބި ބަހުގެ ބަދަލުގައި އާ ފާރިސީބަސް ބޭނުންކުރަން ފެށިއެވެ. އަދި އިސްލާމީ ހިލާފަތުގެ ކުރީގެ އިރާނުގެ ސަގާފަތަށް ހާއްސަ ޝައުގެއް ބެހެއްޓިއެވެ. މިގޮތުން މުސްކުޅި ޕާލަވީ ބަހުން ލިޔެވިފައިވާ ލިޔުންތައް އާ ފާރިސީ އަށް ތަރުޖަމާ ކުރެވުނެވެ. އަދި ތޫސް ގެ ގަވަރުނަރު އަންގަވައިގެން އެތައް އިލްމުވެރިންނެއް އެއްކުރައްވައި ޝާހްނާމާ (ރަސްރަސްކަލުންގެ ވާހަކަ ނުވަތަ ރާދަވަޅި) އެއް ލިޔުއްވި އެވެ. 1010 ވަނަ އަހަރު ލިޔުނު މި ޝާހްނާމާ މިހާރަށް ފެންނަން ނެތްކަމުގައި ވިޔަސް އޭގެ ފަހުން ފިރުދޯސީ ޅެމުން އެކުލަވައިލެއްވި ޝާހްނާމާ ލިޔުއްވުމުގައި ކުރިން މިބުނި ފޮތް އަސްލެއްކަމުގައި ބެއްލެވިއެވެ. އެދުވަސްވަރުގެ ޅެންވެރިންގެ ތެރޭގައި ފާހަގަކުރެވޭ ރުދަކީ އާއި ދަގީގީ ފަދަ ބޭފުުންނަށް ވެރިކަމުގެ ފަރާތުން ގިނަގުނަ އެހީތައް ވެދެއްވާފައި ވާއިރު، ފިރުދޯސީ ޅެންހެއްދެވުމުގައި ހިންގަވާފައިވަނި މިފަދަ ބޭފުޅުންގެ ފިޔަވަލުމަތިން ނެވެ.
 
===ޅެންވެރިކަން===
ޝާހްނާމާ ފިޔަވާ އިތުރު ޅެންތައް ފިރުދޯސީ ލިޔެފައިވާނެކަމަށް ބެލެވެއެވެ. އެކުވެރި ޅެންވެރިޔާ ދަގީގީ ގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ފިރުދޯސީ ޝާހްނާމާގެ މަސައްކަތް ފެށީ 977 ވަނައަހަރުއެވެ. ސަމާނިންދުސަމާނިޔާން ވަލީއަހްދު މަންސޫރުގެ ދީލަތި އެހިތެރިކަމާ އެކު ޝާހްނާމާގެ ފުރަތަމަ ބައި 994 ގައި ނިންމާލިއެވެ. އޭގެ ފަހުން ތުރުކީގެ ގަޒްނަވިންދުން އައިސް ސަމާނިންދުންސަމާނިޔާން ބަލިކޮށް ވެރިކަން އަތުލުމަށް ފަހު ފިރުދޯސީ އަނެއްކާވެސް ޝާހްނާމާގެ މަސައްކަތް ފެށިއެވެ. އަދި ގަޒްނަވިންދް ސުލްތާން މަހްމޫދަށް ސަނާކިޔާ ޅެންތައް ލިޔުނެވެ. މުޅި ޝާހްނާމާ އެކީގައި ލިޔެ ނިމުނީ 8 މާރޗް 1010 ގައެވެ.
 
===ޒިޔާރަތް===
ފޮޅުވަތް 51:
 
==ހިދުމަތް==
ފިރުދޯސީގެ އެންމެ މަގްބޫލް މަސައްކަތަކީ ޝާހްނާމާ އެވެ. އީރާނާއި ފާރިސީ ބަހުން ވާހަކަދައްކާ ގައުމުތަކުގައި މިހާރުވެސް އެންމެ މަޝްހޫރު އަދި ނުފޫޒުގަދަ ފޮތަކީ މިއެވެ. މީގެ އިތުރުން އެތައް ޅެމެއް އޭނާ ލިޔެފައި ވާނެކަން ކަށަވަރެވެ. ނަމަވެސް އޭނާގެ މިފަދަ ގިނަ މަސައްކަތްތައް މިހާރަށް ފެންނާކަށް ނެތެވެ. ވާހަކަ ޅެން "ޔޫސުފާއި ޒުލޭހާ" އަކީވެސް ފިރުދޯސީގެ މަސައްކަތެއް ކަމުގައި ގަބޫލުކުރެވެއެވެ.
 
<gallery>