Content deleted Content added
No edit summary
No edit summary
ފޮޅުވަތް 1:
{{Islam}}
 
'''ޔަޙްޔާގެފާނު''' ([[ޢަރަބި|ޢަރަބި ބަހުން]]: يحيى) އަކީ [[ﷲ]] ގެ ނަބީ[[މުސްލިމް އެކެވެނަބީން|ނަބިއްޔެކެވެ]]. ދަރިކަލެއްގެ ނިޢްމަތަށް އެދިވަޑައިގެން [[ޒަކަރިއްޔާގެފާނު|ޒަކަރިއްޔާ]] ޢަލައިހިއްސަލާމް ކުރެއްވެވި ދުޢާފުޅު މާތްﷲ އިޖާބަކުރައްވަވާ، މަލާއިކަތްބޭކަލުން މެދުވެރިކުރައްވަވާ، ޒަކަރިއްޔާ ޢަލައިހިއްސަލާމްއަށް ދެއްވެވި އުފާވެރިކަމުގެ ޚަބަރަށްފަހު، ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ އަނބިކަނބަލުން އާލާސްވެއިންނަވާ، މޫނު އަލިވެގެންވާ، ބަރަކާތްތެރި ދަރިކަލަކާއިގެން ރައްކާވެވަޑައިގަތެވެ. ﷲ ދެއްވެވި އުފާވެރިކަމުގެ ޚަބަރުގައި އަންގަވާފައިވާ ފަދައިން، އެ ދަރިކަލުންނަށް ޔަޙްޔާ އޭ ވިދާޅުވެ، ޒަކަރިއްޔާގެފާނު ނަންދެއްވިއެވެ.
 
ފަހެ، ޔަޙްޔާ ޢަލައިހިއްސަލާމް ވެވަޑައިގަތީ އެންމެ ތުއްޕުޅު އިރުއްސުރެ ވެސް ތޫނުފިލި ވިސްނުންތެރި ދަރިކަލަކަށެވެ. ފޮތުގެ ޢިލްމަށް ލޯބިކުރައްވަވާ، އަޅުވެރި ތަޤްވާވެރި ދަރިކަލަކަށެވެ. މާތްﷲ ނަބިއްޔެއްކަމުގައި އެކަލޭގެފާނު އިޚްތިޔާރުކުރެއްވިއެވެ. އަދި މީސްތަކުންނަށް ޢިލްމާއި ޙިކްމަތް އުނގަންވައިދެއްވާ ތަޤްވާވެރިއަކު ކަމުގައި އެކަލޭގެފާނުވިއެވެ.