12 ޖަނަވަރީ 1967 ގައި ސ. މީދޫއަށް އުފަންވެވަޑައިގެންނެވި އޮނަރަބްލް އަލްއުސްތާޛް ޙުސްނުއް ސުޢޫދު ފުރަތަމަ ޑިގްރީ އެލް.އެލް.ބީ (އޮނަރސް) ޙާޞިލް ކުރެއްވީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. އަދި 2002 ވަނަ އަހަރު އެ މަނިކުފާނު ވަނީ އޮސްޓްރޭލިއާގެ ދަ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑް އިން އެލް.އެލް.އެމް (މާސްޓަރ އޮފް ލޯސް) ޙާޞިލް ކުރައްވާފައެވެ. މީގެ އިތުރުން 2011 ވަނަ އަހަރު، އެ މަނިކުފާނު ޤާނޫނީ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކޮށްދެއްވުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވާފައެވެ. ޙުސްނުއް ސުޢޫދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެވުނީ 08 ޑިސެންބަރު 2019 ގައެވެ.

ޙުސްނުއް ސުޢޫދު

ޙުސޙުސްނުއް ސުޢޫދު ފުރުއްވާފައިވާ އިސްމަޤާމްތަކުގެ ތެރޭގައި؛

އުނިއިތުރު ގެންނަވާ
  • 2018 އިން 2019 އަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ރިޔާސީ ކޮމިޝަންގެ ޗެއަރމަން ކަން.
  • 2011 އިން 2019 އަށް މޯލްޑިވްސް ލޯ ރިވިއުގެ ޕްރިންސިޕަލް އެޑިޓަރު ކަން.
  • 2011 އިން 2019 އަށް މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް ކަން.
  • 2013 އިން 2014 އަށް މޯލްޑިވްސް ބަރ އެސޯސިއޭޝަންގެ ރައީސް ކަން.
  • 2009 އިން 2010 އަށް ދިވެހިރާއްޖޭގެ ބަންޑާރަ ނާއިބުގެ ކަން.
  • 2009 އިން 2010  އަށް ދަ ލޯ ކޮމިޝަން އޮފް މޯލްޑިވްސްގެ ޗެއަރމަން ކަން.
  • 2009 އިން 2010 އަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު ކަން.
  • 2009 އިން 2010 އަށް ކްލެމެންސީ ބޯޑްގެ ރައީސް ކަން.
  • 2005 އިން 2008 އަށް، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޑްރާފްޓްކޮށް އެކުލަވާލުމަށް އުފެއްދި ޚާއްސަ މަޖިލީހުގެ އައްޑޫ ދާއިރާގެ މެމްބަރު ކަން.
  • 2003 އިން 2005 އަށް ދިވެހިރާއްޖޭގެ ފުރަތަމް ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރު ކަން.
  • 1997 އިން 1999 އަށް ސިވިލް ކޯޓުގެ އިސް ޤާޟީ ކަން.
  • 1994 އިން 1997 އަށް ބަންޑާރަ ނާއިބުގެ އޮފީހުގެ ސްޓޭޓް އެޓަރނީ ކަން.
  • 1989 ބަންޑާރަ ނާއިބުގެ އެހީތެރިޔާ.
  • 1987 އިން 1989 އަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އޮފިސަރ (ޓްރެއިނީ).

ޙުސްނުއް ސުޢޫދު ބައިވެރިވެ ވަޑައިގެންފައިވާ ޓްރެއިނިންގ ޕޮރޮގްރާމް ތަކުގެ ތެރޭގައި؛

އުނިއިތުރު ގެންނަވާ
  • 1998 ވަނަ އަހަރު މިނިސްޓްރީ އޮފް ޖަސްޓިސް އިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ބޭއްވުނު ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ތަމްރީން ޕޮރޮގްރާމް.
  • 1996 ވަނަ އަހަރު ސިންގަޕޯރ އޭވިއޭޝަން އެކަޑެމީއިން ސިންގަޕޫރުގައި ހިންގި "ސެޓްފިކެޓް އިން އެއަރ ލޯ" ތަމްރީން ޕްރޮގްރާމް.
  • 1995 ގައި ފްރާންސްގެ ސްޓްރަސްބޯގް ގައި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސް އިން ބޭއްވި "ސެޓްފިކެޓް އިން ހިއުމަން ރައިޓްސް ލޯ" ތަމްރީން ޕްރޮގްރާމް.

ޙުސްނުއް ސުޢޫދު ލިޔުއްވާފައިވާ ފޮތްތައް؛

އުނިއިތުރު ގެންނަވާ
  • ދިވެހި ޤާނޫނީ ރަދީފު، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2019
  • އިސްލާމީ ޝަރީޢާގައި ތަރިކަ މުދާ ބެހުން، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2018
  • ޑްރާފްޓިންގ ކޮމަރޝަލް ކޮންޓްރެކްޓްސް، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2018
  • ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ތަރުތީބު، މޯލްޑީވްސް ލޯ އިންސްޓިޓިއުޓް، 2017
  • ދިވެހިބަސް ތާނައިން ލިޔުމުގެ ޤަވައިދު، ދިވެހި ރިސަރޗް ސެންޓަރ، 2017
  • ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ދެނެގަތުން، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2016
  • މޮޑެލް ސިވިލް ޕްރޮސީޖަރ، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2015
  • ޤާނޫނާއި މުޖުތަމަޢު، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2014
  • ދަ މޯލްޑިވިއަން ލީގަލް ސިސްޓަމް، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް 2014
  • ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ދެނެގަތުން، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް، 2009
  • ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް، ލޯމާފާނު ޕްރިންޓަރސް އެންޑް ޕަބްލިޝާސް، 2007
  • އަހަރެމެންގެ ރާއްޖެ - އަހަރެމެންގެ ޙައްޤުތައް، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް، 2005
  • ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތައް - ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް، 2004

ޙުސްނުއް ސުޢޫދު ލިޔުއްވާފައިވާ ޢިލްމީ ބައެއް ލިޔުންތައް؛

އުނިއިތުރު ގެންނަވާ
  • ޓޯޗަރ: އަ ހޯލް މަރކް އޮފް މޯލްޑިވްސް ކްރިމިނަލް ޖަސްޓިސް ސިސްޓަމް، އޮންލައިން ކޮށް ކިޔުއްވޭނީ http://www.minivannews.com/news/news.php?id=1353
  • އެބިއުސް އިން ޖެއިލް އިޒް އަ މޭޖަރ ކްރައިމް، އޮންލައިންކޮށް ކިޔުއްވޭނީ
  • http://minvanradio.com/adduvas/torture_in_maldives_250420052.htm
  • އެޗް.އައި.ވީ/އެއިޑްސް ލޯ އެންޑް ރިފޯރމް އިން ދަ މޯލްޑިވްސް، އެޗް.އައި.ވީ ލޯ އެންޑް ރިފޯރމް-އޭޝިއާ އެންޑް ދަ ޕެސިފިކް، އެޑިޓްކުރީ ޑީ.ސީ ޖަޔާސުރިޔާ، 1995، ހަރ-އާނަންދް ޕަބްލިކޭޝަންސް، ނިއު ދިއްލީ،235.
  • "ނިއު ޑައިރެކްޝަންސް ފޯ އަލްޓަރނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން އިން މޯލްޑިވްސް"، ސާކް ލޯ އެންޑް ދަ ގަވަރމެންޓް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބަނޑޮސް އައިލެންޑް ރިޒޯޓްގައި ހިންގި "ސާކް ލޯ ސެމިނަރ އޮން އޮލްޓަރނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން އެންޑް ލީގަލް އެޑިއުކޭޝަން" 1996،ގައި ބޭނުންކުރެވުމަށް ހުށައެޅުނު ލިޔުމެއް.
  • ސްރީލަންކާގެ ކޮލަމްބޯގައި 1997 ވަނަ އަހަރުގެ ޖުލައި 3 އިން 6 އަށް ބޭއްވުނު "ޑިވެލޮޕްމެންޓް އޮފް އެންވަޔަރަންމަންޓަލް ލޯ އިން ސައުތް އޭޝިއާ" ވޯރކްޝޮޕްގައި ބޭނުންކުރެވުމަށް ހުށައެޅުނު "ދަ ޑިވެލޮޕްމެންޓް އޮފް އެންވަޔަރަންމަންޓަލް ލޯ އިން މޯލްޑިވްސް".
  • ދަ އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް އެމިނެންޓް ޕެނަލް އޮން ޓެރަރިޒަމް އަށް ހުށައެޅުނު ސަބްމިޝަން، 2007، އޮންލައިން ކޮށް ކިޔުއްވޭނީ http://www.dhivehiobserver.com/pressreleases/MCHR/mchrd_ICJ_28022007_submission.pdf
  • ރެޕިއުޑިއޭޝަން އޮފް ކޮންޓްރެކްޓް އަންޑަރ މޯލްޑިވިއަން ލޯ - Maldives Law Review, 2012 Volume 1, 5
  • ޑޮކްޓްރީން އޮފް އެސްޓޮޕެލް އަންޑަރ މޯލްޑިވިއަން ކޮންޓްރެކްޓް ލޯ - Maldives Law Review, 2012 Volume 1,  20   
  • ދިވެހިރާއްޖޭގައި ބިން ރަޖިސްޓަރީ ކުރުމާއި އެކަމުގެ ޤާނޫނީ ނަތީޖާ - Maldives Law Review, 2012 Volume 1,  40  
  • ކުށް ސާބިތުކުރުމުގައި ޝަރީއަތުގެ މަޖިލީހުން ބޭރުގައި ވާ އިޢުތިރާފުގެ ބުރަދަން ، Maldives Law Review, 2013 Volume 1, 66
  • ދަޢުވާ ކުރާ ފަރާތުގެ "ނިއުކްލިއަރ ހަތިޔާރު" – ފްރީޒިންއޯޑަރ، Maldives Law Review, 2013 Volume 3, 66
  • ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުން، Maldives Law Review, 2014 Volume 1, 38   
  • ފަޅު ކުއްޔަށް ދޫކުރުމާއި ބިން ހިއްކުން، Maldives Law Review, 2017 Volume 1, 21
  • އިންވޮއިސްގައި ބަޔާންކުރާ ޖުރިމާނާގެ މައްސަލަ ގާނޫނީ ގޮތުން ހަމަމަގު ކުރަންޖެހޭ، Maldives Law Review, 2017 Volume 2, 34   
  • ޕްރިވިޓީ އޮފް ކޮންޓްރެކްޓް އަދި ތިންވަނަ ފަރާތްތަކުގެ ޙައްޤުތައް - Maldives Law Review, 2017 Volume 2, 31

https://supremecourt.mv/justicedetails/mv-justice-suood