ޙުސައިން ޝަމީމް ( ހ.ޝޭޑީކޯނަރ، މާލެ ) އަކީ މަޝްހޫރު ގާނޫނީ ވަކީލެކެވެ. މިޞްރުގެ އަލް އަޒްހަރު ޔުނިވަސިޓީ އިން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވުމަށްފަހު ޙުސައިން ޝަމީމް މާލެ ވަޑައިގަތީ 2005 ވަނަ އަހަރު އެވެ.

ޙުސައިން ޝަމީމް

ތަޢުލީމް ޙާޞިލް ކުރެއްވުން އުނިއިތުރު ގެންނަވާ

ޙުސައިން ޝަމީމްގެ ތަޢުލީމީ މަރުހަލާ ފެށުނީ އިސްކަންދަރު ސުކޫލުންނެވެ. އެއަށްފަހު ޖަމާލުއްދީން މައުހަދު އަރަބިއްޔާ ގައި ކިޔަވާ ވިދާޅުވިއެވެ. މަތީ ތައުލީމް އުގެނުމަށް މިޞްރަށް ވަޑައިގަތީ އޮކްޓޯބަރު 1999 ގައެވެ.

  • އިސްކަންދަރު ސްކޫލް : ޕްރައިމަރީ ތައުލީމް
  • ޖަމާލުއްދީން ސްކޫލް : ޕްރައިމަރީ ތައުލީމް
  • މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ : މެދުމަދަރުސީ ތަޢުލީމް
  • މަޢުހަދުއް ދިރާސާތުލް އިސްލާމިއްޔާ : ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް
  • ފެކަލްޓީ އޮފް ލޯ - އަލް އަޒުހަރު ޔުނިވަސިޓީ : ފުރަތަމަ ޑިގްރީ

އަދާކުރެއްވި ސަރުކާރުގެ ވަޒީފާތައް އުނިއިތުރު ގެންނަވާ

  • ސްޓޭޓް އެޓާނީ - ބަންޑާރަ ނާއިބުގެ އޮފީސް : 2005 - 2007
  • ޑެޕިއުޓީ ޑިރެކްޓަރ - ބަންޑާރަ ނާއިބުގެ އޮފީސް : 2007 - 2008
  • ސީނިއަރ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރ : ޑިސެމްބަރ 2008 - ފެބުރުއަރީ 2009
  • ލޭބަރ ޓްރައިބިއުނަލް ގެ މެންބަރުކަން
  • ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް : ފެބުރުއަރީ 2009 - މިހާރު ވެސް